[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

البيقونية 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

މިއީ މުޞްޠަލަޙުލް ޙަދީޘްގެ ފަންނުގައި ލިޔެފައިވާ ޅެމެއްގެ ތަރުޖަމާއެވެ. މި ޅެން ލިޔުއްވާފައިވަނީ عمر (أو طه) بن محمد بن فتوح البيقوني އެވެ. ކޮންމެ ބައިތަކަށް ފަހުގައިވެސް އެ ބައިތެއްގެ ޖުމްލަ މާނަ ގެނެސްދީފައި ވާނެއެވެ. އަދި ބައެއް ބައިތުތަކާ ގުޅުން ހުރި މުހިންމު ނުކުތާތައް ފާހަގަކޮށްފައިވާނެއެވެ. ދުޢާއަކީ މި ލިޔުމަކީ ކިޔުންތެރިންނަށް ފައިދާކުރަނިވި ލިޔުމެއްކަމުގައި ލެއްވުމެވެ.

 


 

1- أبدأُ بالحمدِ مُصَلِّياً على ** مُحمَّدٍ خَيِر نبيْ أُرسِلا

(ﷲ ތަޢާލާއަށް) ޙަމްދުކުރާ ޙާލު، ފޮނުއްވިގެންވާ އެންމެ ހެޔޮ ނަބިއްޔާ ﷺ މުޙައްމަދުގެފާނަށް ޞަލަވާތް ކިޔަމުން ފަށަމެވެ.

 

2- وذِي مِنَ أقسَامِ الحديث عدَّة ** وكُلُّ واحدٍ أتى وحدَّه

މިއީ ހަދީޘްގެ ގިނަ ވައްތަރުތަކެކެވެ. މީގެ ކޮންމެ ބަޔެއްވެސް އޭގެ ތަޢުރީފާ އެކީ އަންނަ ހުށްޓެވެ.

 

3- أوَّلُها ‏(‏الصحيحُ‏)‏ وهوَ ما اتَّصَلْ ** إسنادُهُ ولْم يُشَذّ أو يُعلّ

4- يَرْويهِ عَدْلٌ ضَابِطٌ عَنْ مِثْلِهِ ** مُعْتَمَدٌ في ضَبْطِهِ ونَقْلِهِ

ފުރަތަމަ ބަޔަކީ ޞަޙީޙް (ޞައްޙަ) ޙަދީޘެވެ. އެއީ ސަނަދުން ގުޅިފައިވާ ޝާޛުކަމެއް ނުވަތަ ޢިއްލަތެއް ނެތް, އަދުލުވެރި، ހަނދާން ވަރުގަދަ މީހެއް، ހަމަ އެފަދަ  މީހެއްގެ ކިބައިން ރިވާކުރާ ޙަދީޘެވެ. (އެރާވީ އަކީ) އޭނާގެ ހަނދާން ވަރުގަދަ ކަމާއި އޭނާގެ ނަޤުލުކުރުމުގައި ބަރޯސާވެވޭ ވަރުގެ މީހަކަށް ވާންޖެހޭނެއެވެ. [1]

 

5- وَ‏(‏الَحسَنُ‏)‏ الَمعْرُوفُ طُرْقاً وغَدَتْ ** رِجَالُهُ لا كالصّحيحِ اشْتَهَرَتْ

ޙަސަން (ނުވަތަ ރަނގަޅު) ޙަދީޘަކީ އެޙަދީޘް އައިސްފައިވާ މަގުތައް އެނގޭ (ގިނަ މަގުތަކަކުން ވާރިދުވެފައިވާ) އަދި އެހަދީޘްގެ ރާވީންނަކީ (ހަނދާންވަރުގަދަކަމުގެ ގޮތުން) ޞައްޙަ ޙަދީޘުގެ ރާވީންނަށްވުރެ މަޝްހޫރުކަން ކުޑަ ރާވީން ރިވާކޮށްފައިވާ ޙަދީޘެވެ.

= ނުނިމޭ =

______________________

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1]*  ސަނަދަކީ: ޙަދީޘް ރިވާކުރާ ރާވީންގެ ސިލްސިލާއެވެ.

* ސަނަދު ގުޅިފައިވުމަކީ ޙަދީޘްރިވާކުރާ ރާވީންގެ ސިލްސިލާގައި މެދުކެނޑުމެއް ނެތި ކޮންމެ ރާވީއެއްވެސް އެކަކު އަނެކެއްގެ ކިބައިން ޙަދީޘްރިވާކޮށްފައި ވުމެވެ.

* ޝާޛުކަމަކީ: ހަރުދަނާ، ޤަބޫލުކުރެވޭ، ޢަދުލުވެރި ރާވިއަކު ހަދީޘް ރިވާކުރުމުގައި އޭނާއަށް ވުރެ ފެންވަރުގެ ގޮތުން މަތީ ދަރަޖައެއްގެ ރާވީއަކާ ޚިލާފުވުމެވެ.

* ޢިއްލަތަކީ: ބޭރުފުށުން ބަލާއިރު ޙަދީޘް ޞައްޙަވުމަށް ހުރަސްއަޅާ އެއްވެސް ސަބަބެއް ފެންނަން ނެތުމާއެކު ޙަދީޘް ޞައްޙަވުމަށް ހުރަސްއަޅާ ފޮރުވިފައިވާ ސަބަބުތަކެވެ.

* ޢަދުލުވެރި ރާވީއެކޭ ބުނެވެނީ: އެރާވީއަކީ މުސްލިމަކަށްވެފައި، ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުމާއި ފާސިޤަކަށް ނުވުމާއި މުރޫއަތްތެރިކަން ގެއްލިފައިވާ މީހެއްކަމުގައި ނުވާނަމައެވެ.

* ހަނދާން ވަރުގަދަ މީހަކަށް ވުމޭ ބުނެވޭބަހުގެ މާނައަކީ: އެމީހަކު އެޙަދީޘެއް ރަނގަޅަށް ހިތުގައި ނުވަތަ ލިޔެގެންވެސް ރައްކާކޮށް، ބޭނުން ޖެހިއްޖެ ޙާލަތެއްގައި އެ ކިޔައި ދިނުމުގެ ފެންވަރު ހުރުމެވެ. 2ވަނަ ބައިތާ 3ވަނަ ބައިތުގައި ބަޔާންކޮށްފައި އެވަނީ ޞައްޙަ ޙަދީޘްގެ 5 ޝަރުތެވެ. އެއީ ހަދީޘް ސަނަދުން ގުޅިފައިވުމާއި، ޢިލްލަތެއް ނެތުމާއި، ޝާޛުކަމެއް ނެތުމާއި، ރާވީއަކީ ޢަދުލުވެރި އަދި ހަނދާންވަރުގަދަ މީހަކަށްވުމެވެ.