[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 19

  • ﷲ އަށް އީމާންވުމަށް ގޮވައިލެއްވުން

މޫސާގެފާނަށް ޖަވާބެއް ދިނުމަށް ފިރުޢަައުނު ނުކުޅެދުނެވެ. މޫސާގެފާނަށް ދޭނެ ޖަވާބެއް އޭނާ އަކަށް ނޭނގުނެވެ. އެ ވާހަކަ ނިންމާލަން އޭނާ ބޭނުންވިއެވެ. އޭނާ މޫސާގެފާނަށް ދެންނެވިއެވެ.

(وَمَا رَبُّ الْعَالَمِينَ)[1]

މާނަ: ކަލޭގެފާނު އެފަރާތަކުން ރަސޫލުކަމާއިގެން ވަޑައިގެންނެވި) ޢާލަމުތަކުގެ ރައްބު ކޮބައި ހެއްޔެވެ؟

މޫސާގެފާނު ޖަވާބުގައި ދެންނެވިއެވެ.

(رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ)[2]

މާނަ: އެއީ އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ އެއްޗެއްގެ ރައްބެވެ. ތިޔަބައިމީހުން އެކަން ޔަޤީންކުރާ ކަމުގައިވާނަމައެވެ.

މޫސާގެފާނު ވާހަކަފުޅު ކުރިއަށް ގެންދިޔައެވެ. އަދި ފިރުޢައުނަށް އިސްލާމްދީން ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ.

(قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ)[3]

މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ރައްބެވެ.

ފިރުޢައުނުގެ ރުޅި އިތުރަށް ގަދަވެގެން ދިޔައެވެ. އޭނާއަކަށް މޫސާގެފާނުގެ ވާހަކަ އަޑު އެހުމުގައި ކެތްތެރި ނުވިއެވެ. އޭނާ ބުންޏެވެ.

(إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ)[4]

މާނަ: ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ ރަސޫލަކީ، މޮޔައެއްކަން ކަށަވަރެވެ.

(قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ)[5]

މާނަ: އޭނާގެ ވަށައިގެން ތިބި (ބޮޑުންގެ) މީހުންނަށް އޭނާ ބުންޏެވެ. ކަލޭމެންނަކަށް ނީވޭ ހެއްޔެވެ؟

އަނެއްކާވެސް މޫސާގެފާނު ވާހަކަފުޅު މެދުކަނޑާ ނުލާ ކުރިއަށް ގެންދެވިއެވެ. ފިރުޢަައުނަށް އިތުރު ޙަމަލާއެއް ފޮނުއްވިއެވެ.

(قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِن كُنتُمْ تَعْقِلُونَ)[6]

 މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ މަޝްރިޤާއި، މަޣްރިބާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ރައްބެވެ. ތިޔަބައިމީހުން އެކަން ވިސްނާކަމުގައި ވާނަމައެވެ.

މަޢުޟޫ ބަދަލުކުރަން ފިރުޢަައުނު ބޭނުންވިއެވެ. އޭނާ ބޭނުންވީ މީހުން ރުޅިވެރިކަން މޫސާގެފާނަށް އަމާޒުވުމަށެވެ. އޭނާ މޫސާގެފާނަށް ދެންނެވިއެވެ.

(قَالَ فَمَا بَالُ الْقُرُونِ الْأُولَىٰ)[7]

މާނަ: އޭނާ ބުންޏެވެ. އިހުގެ ޖީލުތަކުގެ ކަންތައް ހުރިގޮތަކީ، ފަހެ، ކޮބައި ހެއްޔެވެ؟

އެކަލޭގެފާނު ދެންނެވިއެވެ.

(عِلْمُهَا عِندَ رَبِّي فِي كِتَابٍ)[8]

މާނަ: އެކަމުގެ ޢިލްމުވަނީ، ތިމަންގެ ރައްބުގެ ޙަޟްރަތުގައި ލިޔުއްވާފައެވެ.

ފިރުޢައުނު އެކަމަކުން ބިރު ގަންނަ ކަންތަކުގެ ވާހަކައިން އޭނާއަށް ޚަބަރު ދިނުމަށް މޫސާގެފާނު ބޭނުންފުޅުވިއެވެ. އަދި އެކީއެކައްޗަކަށް އެ މައުޟޫ ނިންމަވާލައްވަން ބޭނުންފުޅުވެވަޑައިގަތެވެ.

(لَّا يَضِلُّ رَبِّي وَلَا يَنسَى ) [9]

މާނަ: ތިމަންގެ ރައްބަށް އޮޅިވޮޑިއެއް ނުގަންނަވަތެވެ. އަދި އެކަލާނގެ ހަނދުމަނެތިވެވޮޑި އެއްވެސް ނުގަންނަވަތެވެ.

(الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنزَلَ مِنَ السَّمَاءِ مَاءً)[10]

މާނަ: އެކަލާނގެއީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި، ބިންލެއްވި އިލާހެވެ. އަދި އެތާނގައި، ތިޔަބައިމީހުންނަށް މަގުތައް ދެއްކެވި އިލާހެވެ.

އެހިނދު ފިރުއައުނު ވަރަށް ރުޅި އައިސްފައި މޫސާގެފާނަށް ދެންނެވިއެވެ.

(قَالَ لَئِنِ اتَّخَذْتَ إِلَـٰهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ)[11]

މާނަ: އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިމަން ފިޔަވައި އެހެން އިލާހަކު ހިއްޕަވައިފިނަމަ، ހަމަކަށަވަރުން، ހުރަގޭގައި ހައްޔަރުކުރެވިގެންވާ މީހުންގެ ތެރެއަށް ކަލޭގެފާނު ލާހުށީމެވެ.

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް

 

[1]           23            الشعراء

[2]             24             الشعراء

[3]             26                الشعراء

[4]    27        الشعراء

[5]    25            الشعراء

[6]     28            الشعراء

[7]         51         طه

[8]      52          طه

[9]    52-53                 طه

[10] 29            الشعراء

[11]     29   الشعراء