[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

البيقونية 3

11- كذَاكَ قَدْ حَدَّثَنِيهِ قائِماً ** أوْ بَعْدَ أنْ حَدَّثَنِي تَبَسَّمَا

ހަމަ އެފަދައިން އެބޭފުޅާ ކޮޅަށްހުރެ އަހަރެންނަށް ހަދީޘް ކިޔައިދެއްވިއެވެ. ނުވަތަ  އެބޭފުޅާ  އަހަރެންނަށް ކިޔައި ދެއްވުމަށްފަހު ހިނިތުންވިއެވެ. [1]

 12-“عَزيزٌ” مَروِيُّ اثنَيِن أوْ ثَلاثهْ  … “مَشْهورٌ” مَرْوِيُّ فَوْقَ ما ثَلاثهْ

ޢަޒީޒު ޙަދީޘަކީ (ޙަދީޘްގެ ސަނަދުގެ ކޮންމެ ހަރުފަތެއްގައިވެސް މަދުވެގެން) ދެމީހެއް ނުވަތަ ތިން މީހެއްގެ ކިބައިން އެ ޙަދީޘް ރިވާކުރުމެވެ.

މަޝްހޫރު ޙަދީޘަކީ (ސަނަދުގެ ކޮންމެ ހަރުފަތެއްގައިވެސް) ތިން މީހުންނަށް ވުރެ ގިނަ މީހުންގެ ކިބައިން ރިވާކޮށްފައިވާ ޙަދީޘެވެ. [2]

13- “مَعَنْعَنٌ” كَعَن سَعيدٍ عَنْ كَرَمْ … “وَمُبهَمٌ” مَا فيهِ رَاوٍ لْم يُسَمْ

މުޢަންޢަން ޙަދީޘަކީ ( ތިމަންނަ އަޑުއެހީމޭ ނުވަތަ މިވެނި މީހަކު ކިޔައި ދިނޭ ބުނުމެއް ނެތި) عَنْ (އަރިހުން) މިލަފްޒު ބޭނުންކޮށްގެން ޙަދީޘް ރިވާކުރުމެވެ. މިސާލަކަށް ސަޢީދު ކަރަމްގެ އަރިހުން “ޢަން” މިލަފްޒު ބޭނުންކޮށްގެން ޙަދީޘް ރިވާކުރުމެވެ.

އަދި މުބްހަމް ޙަދީޘަކީ (އެޙަދީޘެއްގެ ސަނަދުގައި)  ނަން ހާމަވެގެން ނުވާ (ކަނޑައެޅިގެން ކޮން ރާވީއެއްކަން ނޭނގޭ) ރާވީއެއްވާ ޙަދީޘެވެ.

14- وكُلُّ مَا قَلَّت رِجَالُهُ “عَلا” … وضِدُّهُ ذَاكَ الذِي قَدْ “نَزَلا”

( ޙަދީޘްގެ ސަނަދުގައި ތިބޭ ރާވީން) މަދުވެއްޖެނަމަ އެއީ ޢާލީ ޙަދީޘެވެ. އަދި އޭގެ އިދިކޮޅަކީ (އެބަހީ: ހަދީޘްގެ ސަނަދުގައި ތިބޭ ރާވީން ގިނަވެއްޖެނަމަ) އެއީ ނާޒިލް ޙަދީޘެވެ.

 15- ومَا أضَفْتَهُ إلى الأصْحَابِ مِنْ … قَوْلٍ وفعْلٍ فهْوَ “مَوْقُوفٌ” زُكنْ

އަދި ބަހުންނާއި ޢަމަލުން އަޞްޙާބު ބޭކަލުންނަށް ތިބާ ނިސްބަތް ކޮށްފި ކޮންމެ ރިވާޔަތަކީ އެއީ މައުޤޫފު ރިވާޔަތެއްކަންވަނީ އެނގިގެންނެވެ.

= ނުނިމޭ =

______________________

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1] ދެން ހުރިހާ ރާވީންވެސް އެ ޙަދީޘް ރިވާކުރާއިރު ކޮޅަށްހުރެ ރިވާކުރުމެވެ. މިގޮތަށް ހުރިހާ ރާވީން އެއްސިފައެއްގައި ޙަދީޘެއް ރިވާކުރާނަމަ އެއީ މުސަލްސަލް ޙަދީޘެވެ.

[2] އަދި ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢަޒީޒު ޙަދީޘަކީ ޙަދީޘްގެ ސަނަދުގެ ކޮންމެ ހަރުފަތެއްގައިވެސް މަދުވެގެން ދެމީހެއްގެ ކިބައިން އެ ޙަދީޘް ރިވާކުރުމެވެ.

އަދި މަޝްހޫރު ޙަދީޘަކީ ޙަދީޘްގެ ސަނަދުގެ ކޮންމެ ހަރުފަތެއްގައިވެސް މަދުވެގެން ތިން މީހެއްގެ ކިބައިން އެ ޙަދީޘް ރިވާކުރުމާއެކު މުތަވާތިރުގެ ދަރަޖަައަށް ނުދިޔުމެވެ.