[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

البيقونية 6

26 – وَ”الُمدْرَجاتُ” في الحديثِ ما أتَتْ … مِنْ بَعْضِ ألفاظِ الرُّوَاةِ اتَّصَلَتْ

މުދުރަޖު ޙަދީޘަކީ ޙަދީޘްގެ މަތަނުގައި ޙަދީޘް ރިވާކުރާ ރާވީންގެ ބަސް (ވަކިނުވާ ގޮތަށް) އިތުރުކުރެވިފައިވާ ޙަދީޘެވެ. [1]

27 – ومَا رَوى كلُّ قَرِينٍ عنْ أخهْ … “مُدَبَّجٌ” فَاعْرِفْهُ حَقًّا وانْتَخهْ

މުދައްބަޖު ޙަދީޘަކީ (އެއް ޢުމުރެއްގެ ދެމީހުން ނުވަތަ އެކުގައި އުޅުނު ދެ މީހަކު) ކޮންމެ މީހަކުވެސް އެކަކު އަނެކެއްގެ ކިބައިން ރިވާކުރާ ޙަދީޘެކެވެ.

ފަހެ ތިބާ ރަނގަޅަށް އެފަދަ ޙަދީޘް ދެނެގަނެ އެކަމަށް އުފާކުރާށެވެ.

28 –  مُتَّفِقٌ لَفْظاً وخطاً “مُتَّفقْ” … وضِدُّهُ فيما ذَكَرْنَا “الُمفْترقْ”

މުއްތަފިޤު މުފްތަރިޤު ޙަދީޘަކީ (ދެރާވީއެއް ނުވަތަ އެއަށްވުރެ ގިނަ ރާވީންތަކެއްގެ) ނަން  ލިޔުމުގައިވެސް ކިޔުމުގައި އެއްގޮތްވެފައި (ނަމަވެސް ޝަޚްޞު ތަފާތުވެގެންވާ) ޙަދީޘެވެ.

29 – “مُؤْتَلِفٌ” مُتَّفِقُ الخطِّ فَقَطْ … وضِدُّهُ “مُختَلِفٌ” فَاخْشَ الغَلَطْ

މުއްތަލިފް މުޚްތަލިފް ޙަދީޘަކީ (ދެރާވީއެއް ނުވަތަ އެއަށްވުރެ ގިނަ ރާވީންތަކެއްގެ ނަން) ހަމައެކަނި ލިޔުމުގައި އެއްގޮތްވުމެވެ. (އެހެނަސް ކިޔުމުގައި އޭގައި ނުކުތާ ޖަހާގޮތުން ތަފާތުވާނެއެވެ.) އޮޅުން އަރާފާނެތީ މިކަމަށް ސަމާލުވާށެވެ. [2]

30 – و”الُمنْكَرُ” الفَردُ بهِ رَاوٍ غَدَا … تَعْدِيلُهُ لا يْحمِلُ التَّفَرُّدَا

މުންކަރު ޙަދީޘަކީ އެރާވީއެއްގެ (ޢަދުލުވެރިކަން ދަށްވުމުގެ ސަބަބުން) އެކަނި ރިވާކުރާ ރިވާޔަތެއް ބަލައިނުގަނެވޭނެ ރާވީއެއް އެކަނި ރިވާކޮށްފައިވާ ޙަދީޘެކެވެ. (ނުވަތަ ޢަދުލުވެރި ނޫން އިތުބާރު ނުކުރެވޭ ޟަޢީފު ރާވީއެއް ޢަދުލުވެރި އިތުބާރުކުރެވޭ ثقة ރާވީންނާއި ޚިލާފަށް ރިވާކޮށްފައިވާ ޙަދީޘެވެ.(

= ނުނިމޭ =

______________________

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1] އެފަދައިން ވާރިދުވެފައިވާ ޢިބާރާތްތަކަކީ ގިނަ ފަހަރަށް ޙަދީޘްގެ ލަފްޒެއް ޝަރަޙަކުރެއްވުމަށް ގެންނަވާފައި ހުންނަ ޢިބާރާތްތަކެވެ.

[2] މީގެ މިސާލަކީ عباس އަދި عياش އެވެ. އިހު ޒަމާނުގައި، ނުކުތާ ނުޖަހާ ބައެއް ލިޔުންތައް ލިޔެފައިވާތީ މިފަދަ ނަންތައް އެޒަމާނުގައި ވަރަށް އޮޅުން އަރާފާނެއެވެ.