[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަރަބި އިނގިރޭސި ރަދީފު ޑައުންލޯރޑު ކުރައްވާ

އިނގިރޭސި ބަހަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ބަހެކެވެ. ނާސަރީން ފެށިގެން މަތީ ތަޢުލީމީ މަރުހަލާތަކާއި ހިސާބަށް މިކިޔަވަނީ އިނގިރޭސި ބަހުންނެވެ. ވީމާ ޢަރަބި ބަސް ދަސްކުރައްވާ ބޭފުޅުންނަށް އަރަބި އިނގިރޭސި ރަދީފުގެ މުހިންމުކަން ވަރަށް ބޮޑުވާނެކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ. ޚާއްޞަކޮށް މިޒަމާނުގައި ޢަރަބި ބަސް އަލަށް ދަސްކުރަން ފަށާކުދިންނަށެވެ. ވީމާ މިހުށައަޅާލަނީ އިނގިރޭސި ޢަރަބިބަހު ދެތިން ރަދީފެއްގެ ޕީޑީއެފް ފައިލް ޑައުންލޯރޑުކުރެއްވޭނެ ދެތިން ލިންކެކެވެ.

ހ. ފޮތުގެ ނަން: المورد قاموس انكليزي ـ عربي

     އިނގިރޭސި އަރަބި އަލްމައުރިދު ޤާމޫސް

    މިއީ ވަރަށް އިނގިރޭސި ޢަބަރި ރަދީފުގެ ތަކުގެ ތެރެއިން ވަރަށް މަޝްހޫރު ފޮތެކެވެ.

     ލިޔުއްވީ: މުނީރު އަލްބަޢުލަބަކީ

      ޑައުންލޯރޑުކުރެއްވޭނެ ލިންކު: އަލްމައުރިދުލް ޤާމޫސް

ށ. ފޮތުގެ ނަން: އޮކްސްފޯރޑު އިނގިރޭސި ޢަރަބި ރަދީފު

     ލިޔުއްވީ: އެން.އެސް.ޑޮނިއަޗް

     ޑައުންލޯރޑުކުރެވޭނެ ލިންކު: އޮކްސްފޯރޑު ރަދީފުގެ މުގައްދިމާ

         އޮކްސްފޯރޑު ރަދީފު

ނ. ފޮތުގެ ނަން: قاموس الألفاظ الإسلامية عربي إنكليزي – إنكليزي عربي

     އިސްލާމީ ލަފުޒުގެ ތަކުގެ އިނގިރޭސި ޢަރަބި އަދި އަރަބި އިނގިރޭސި ރަދީފު

     ލިޔުއްވީ: ދީބުލް ޚަޟްރާވީ

     ޑައުންލޯރޑުކުރެއްވޭނެ ލިންކު: ރަދީފު

ރ.    ފޮތުގެ ނަން: ޢަރަބި އިނގިރޭސި ރަދީފު

       ފޮތް އެކުލަވާލީ: މަކްތަބަތުއް ދިރާސާ ވަލްބުޙޫޘް

       ޑައުންލޯރޑުކުރެވޭނެ ލިންކު: ރަދީފު

       ހަމައެމަކްތަބާއިން ތައްޔާރުކޮށްފައިވާ އިނގިރޭސި އަރަބި ރަދީފު ޑައުންލޯރޑުކުރެއްވޭނެ ލިންކު: ރަދީފު

ނޯޓު: ޢަރަބި އިނގިރޭސި ރަދީފާއި، އިނގިރޭސި ޢަރަބި ރަދީފުގެ ތަފާތަކީ ފުރަތަމަ ބަހުން ދެވަނަ ބަހަށް (ނަންކިޔޭ އުސޫލުން) ތަރުޖަމާކުރެވިފައިވުމެވެ.

މިފޮތްތަކަކަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ފައިދާކުރާނެ ފޮތްތަކެއްކަމުގައި ލައްވާށިއެވެ. ޢާމީން.

وصلى الله وسلّم على نبينا محمد وعلى آله وصحبه وسلّم.

މަސްދަރު: އަލްމަކްތަބަތުލް ވަޤުފިއްޔާ ވެބްސައިޓު