[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة المدثر

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު

 

ދީނަށް ގޮވާލެއްވުމުގައި ގަދައަޅާ މަސައްކަތްކުރުން

 

 

މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް

 

– ދީނަށް ގޮވައިލެއްވުމުގެ މަސްއޫލިއްޔަތާއިގެން ތެދުވެވަޑައިގަތުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މާތްﷲ އަމުރުކުރެއްވުން (1 ވަނަ އާޔަތުން 7 ވަނަ  އާޔަތަށް)

– ކާފަރުންނަށް ވޭންދެނިވި ޢަޛާބު ހުރިކަމުގެ ވަޢީދު (8 ވަނަ އާޔަތުން 10 ވަނަ އާޔަތަށް)

– މާތްﷲގެ އާޔަތްތަކަށް ދެކޮޅު ހަދާ މީހުންގެ ސުލޫކާއި ވިސްނުން ހުންނަ ގޮތުގެ މިސާލެއް، އަދި އެބައިމީހުން އެފަދައިން ދެކޮޅު ހަދާ ސަބަބު. މި އާޔަތްތަކުގައި ބަޔާން ވެފައިވަނީ الوليد بن المغيرة المخزومي ގެ ވާހަކަ އެވެ. (تفسير ابن كثير) (11ވަނަ އާޔަތުން 25 ވަނަ އާޔަތަށް)

– ކާފިރުވި މީހުންނަށް ﷲ ތަޢާލާ ތައްޔާރު ކުރައްވާފައިވާ ނަރަކަޔަކީ ކޮންތަނެއްކަން ބަޔާންކޮށްދެއްވުން އަދި ނަރަކައިގެ ބަނޑޭރިންގެ ސިފަތައް ބަޔާންކޮށްދެއްވުން (26 ވަނަ އާޔަތުން 31 ވަނަ އާޔަތަށް)

– މުސްލިމުންނާއި މުޖުރިމުންގެ ދެމެދުގައި ދެކެވޭނެ ވާހަކަ ބަޔާންކުރެއްވުން (42ވަނަ އާޔަތުން 47ވަނަ އާޔަތަށް)

– މާތްﷲގެ އާޔަތްތައް އަޑުއިވޭއިރު މުޝްރިކުންގެ ޙާލަތު (49 ވަނަ އާޔަތުން 56 ވަނަ އާޔަތަށް)

 

 

މި ސޫރަތުން ލިބިދޭ މުހިއްމު ފައިދާތައް

 

– އިސްލާމްދީނަށް ދަޢުވަތު ދޭން ނުކުންނަ ކޮންމެ މީހަކަށް މަލާމާތާއި ފުރައްސާރަ ކުރިމަތިވާނެއެވެ. މި ފަދަ ޙާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިސޫރަތުގައި އަންގަވާފައިވެއެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން އަންނަަ ކޮންމެ ދާޢީއަކަށްވެސް މެއެވެ. (7 ވަނަ އާޔަތް)

– އަވަސްއަރުވާލުމަކާއި ނުލާ  އޭނާއަށް ލިބިފައިވާ ޢިލްމާމެދު ފިކުރުކުރުން އަޅާގެ މައްޗަށް އެދެވިގެންވެއެވެ. ފަހެ އިންސާނާއަކީ އޭނާ ނުދަންނަ ކަންކަމުގެ ޢަދުއްވެކެވެ. ﷲ އިންސާނާއަށް ކުރިމަތި ކުރައްވާފައިވާ ބޮޑު ހެވަކަށް ނޭނގިހުރެ އޭނާއަށް ފުރަގަސް ދެވިދާނެއެވެ .(49 ވަނަ އާޔަތުން 51ވަނަ އާޔަތަށް)

– އެއްވެސް ޙާލެއްގައި ތިބާ މީހެއްދެކެ ބިރުގެންފިނަމަ، ހަނދާންކުރާށެވެ. އެންމެ ބޮޑަށް ބިރުވެތިވާންޖެހޭނީ މާތްﷲ ދެކެއެވެ. ތިބާ ފާފައިން އިސްރާފުކޮށްފައިވާނަމަ މާޔޫސްނުވާށެވެ. މާތްﷲއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. (56 ވަނަ އާޔަތް)

– ނަރަކައިގައި ނަވާރަ ބަންޑޭރިންވެއެވެ. (26 ވަނަ އާޔަތުން 30 ވަނަ އާޔަތް)

__________________________

މަޞްދަރު: أول مرة أتدبر القرآن

 

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް