އަޅުގަނޑުމެންގެ ޢިލްމީ ތަރިކައިން ގެއްލިފައިވާ މުސްނަދު ފޮތްތަކެއްވެސް ވެއެވެ. އޭގެ ތެރޭގައި:
– مسند مسدد بن مسرهد (އަވަހާރަވީ 228 ހ).
– مسند محمد بن يحيى بن أبي عمر العدني (އަވަހާރަވީ 243 ހ).
– مسند أحمد بن منيع أبو جعفر البغوي (އަވަހާރަވީ 244 ހ).
– ހަމައެފަދައިން بقي بن مخلد القرطبي (އަވަހާރަވީ 276 ހ) ލިޔުއްވާފައިވާ މުސްނަދަކީ އެފަދަ ދެވަނަ މުސްނަދެއް ނުވާ ފަދަ ފޮތެކެވެ. އޭގެ މުއްލިފުވަނީ ކޮންމެ ޞަޙާބީއެއްގެ މުސްނަދުގެ ތެރޭގައިވާ ޙަދީޘްތައްވެސް ބާބުތަކަށް ބައްސަވާފައި ތަރުތީބުކުރައްވާފައެވެ. އެއީ ކިޔަވާ ކުދިންނަށް ޙަދީޘް ޙޯދުން ފަސޭޙަކުރެއްވުމަށެވެ. އެފޮތާ ބެހޭގޮތުން الأستاذ الدكتور أكرم العمري ވަނީ ވަރަށް ރަނގަޅު ދިރާސާއެއް ލިޔުއްވާފައެވެ. އެފޮތުގެ ނަމަކީ “بقى بن مخلد ومقدمة مسنده، دراسة وتحقيق” އެވެ.
ސަމާލުކަމަށް:
މުސްނަދު ފޮތްތަކެކޭ އެއްގޮތަށް، ޞަޙާބީ ބޭކަލުންގެ ނަންފުޅުގެ ތަރުތީބުން ލިޔުއްވާފައިވާ އެހެން ފޮތްތަކެއްވެސް ވެއެވެ. އެހެނަސް އެފޮތްތައް ލިޔުއްވި ބޭކަލުން އެފޮތްތަކަށް މުސްނަދުގެ ނަމުން ނަންދެއްވާފައި ނުވެއެވެ. އެފޮތްތަކުގެ މިސާލުތަކަކީ:
ހ. المعجم الكبير للطبرانى.
ށ. العلل للدارقطني.
އަދި އެ ނޫން ފޮތްތައްވެސް ވެއެވެ.
އަދި މުސްނަދު ފޮތްތަކުގެ ތެރޭގައި ހިމަނުއްވާފައިވާ ފޮތްތަކުގެ ތެރޭގައި މުސްނަދުތަކެއްގެ ގޮތުގައި ތަރުތީބުކޮށްފައި ނުވާ ފޮތްތަކާއި ބާބުތަކަށް ބަހާފައި ނުވާ ފޮތްތައްވެސް ވެއެވެ. އޭގެ ތެރޭގައި:
ދެމުޖައްލަދުގައި ޗާޕުކޮށްފައިވާ “مسند علي بن الجعد” އާއި “مسند يحيى بن معين”، އާއި “مسند السراج” ފަދަ ފޮތްތައް ހިމެނެއެވެ. “مسند علي بن الجعد” އަށް “حديث علي بن الجعد الجوهري” ވެސް ކިޔާ އުޅެއެވެ. އަދި ޡާހިރިއްޔާ މަކްތަބާގެ ފިހުރިސްތުގައި އޭގެ ނަމަކަށް ލިޔުއްވާފައިވަނީ “الجعديّات” މިފަދައިންނެވެ.
= ނުނިމޭ =