[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 84

އަލްމުސްނަދުގައި ޞަޙާބީންގެ މުސްނަދު ގެންނަވާފައިވާ ޢަދަދު:

أبو موسى ވިދާޅުވިއެވެ.

“ފިރިހެން ޞަޙާބީބޭކަލުންގެ ގާތްގަނޑަކަށް 700 މުސްނަދުވެއެވެ، އަދި އަންހެން ޞަޙާބީ ބޭކަނބަލުންގެ ސަތޭކަ އެކަކުން ތިނަކާ ދެމެދުގެ މިންވަރަކަށެވެ.” [1]

އަދި ابن الجزرى ވިދާޅުވިއެވެ.

“އެބޭކަލުންގެ ޢަދަދު ތިމަން ބެލި އިރު، އެބޭކަލުންގެ ޢަދަދަކީ ހަ ސަތޭކަ ނުވަ ދިހަ އެކަކުން ތިނަކާއި ދެމެދުގެ ޢަދަދެކެވެ. އެއީ އަންހެން ބޭކަނބަލުން ނުހިމަނައެވެ. އެކަނބަލުންގެ ޢަދަދަކީ ނުވަދިހަ ހައެކެވެ. އެހެންކަމުން މުސްނަދުގައި ވަނީ ގާތްގަނޑަކަށް އަށް ސަތޭކަ ޞަޙާބީ ބޭކަލުންގެ މުސްނަދެވެ. އެއީ ނަން ޛިކުރުކުރައްވާފައި ނުވާ ކުޑަކުދިންނާއި ނަން އެނގިފައި ނުވާ ބޭކަލުން ފިޔަވައެވެ. [2] 

 

އިމާމު އަޙްމަދުގެ ޝަރުޠު:

الحافظ أبو موسى المديني ވިދާޅުވިއެވެ.

“އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރައްވާފައިވަނީ އެކަލޭގެފާނުގެ އަރިހުގައި އެބޭކަލެއްގެ ތެދުވެރިކަމާއި ދީންވެރިކަން ޘާބިތުވެފައިވާ ބޭކަލުންގެ އަރިހުންނެވެ. އަދި އެމީހެއްގެ އަމާނާތްތެރިކަމުގައި މައްސަލަ އުޅޭ މީހެއްގެ ކިބައިން ރިވާ ނުކުރައްވައެވެ. [3]

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.

“އަބޫ ދާވޫދުކުރެއްވި ޝަރުޠަށް ވުރެ އިމާމު އަޙްމަދު މުސްނަދުގައި ކުރައްވާ ޝަރުޠު މާ ވަރުގައެވެ. އެއީ އަބޫ ދާވޫދެ އެކަލޭގެފާނުގެ ސުނަނުގައި އިމާމު އަޙްމަދު ދޫކޮށްލެއްވި ރާވީންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. އެހެންކަމުން އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ދޮގުވެރިއެއްކަން އެނގިފައިވާ މީހެއްގެ އަރިހުން ރިވާ ނުކުރައްވައެވެ. މިސާލަކަށް محمد بن سعيد المصلوب އާއި އެފަދަ މީހުންގެ ކިބައިންނެވެ. އެހެނަސް އެމީހެއްގެ ހިތުދަސްކުރުމުގެ ބާރު ދަށްވެގެން ޟަޢީފުވެފައިވާ ރާވީއެއްގެ ކިބައިން ރިވާކުރައްވަފާނެއެވެ. އެހެނީ އެހެން ޙަދީޘްތަކަށް ބާރުދޭން އެފަދަ މީހެއްގެ ޙަދީޘް ބޭނުންކޮށްފާނެއެވެ.” [4]

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] شمس الدين ابن الجزري: المصد الأحمد (1 / 34 – 35) من المسند بتحقيق أحمد شاكر.

[2] އިސްވެދިޔަ މަޞްދަރު ބައްލަވާށެވެ.

[3] انظر: المصعد الأحمد المطبوع في مقدمة المسند بتحقيق الشيخ أحمد شاكر (1 / 34).

[4] أبو العباس بن تيمية: الفتاوى 18 / 26، ابن الجزري: المصعد الأحمد ص: 34 – 35 من مقدمة أحمد شاكر للمسند.