[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 92

  1. ފޮތް ލިޔުމަށް މެދުވެރިވި ސަބަބު:

 

ހ. الحافظ ابن حجر ވިދާޅުވިއެވެ.

“އިމާމު ބުޚާރީގެ ދުވަސްވަރުގެ ކުރިން ލިޔެފައިވާ ފޮތްތައް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ ފޮތްތަކުގައި ޞައްޙަ ޙަދީޘްތަކާއި ޙަސަން ދަރަޖައިގެ ޙަދީޘްތައް އެކުލެވިގެންވާ ތަނެވެ. އަދި ވަރަށް ގިނަ ފޮތްތަކުގައި ޟަޢީފް ޙަދީޘްތައްވެސް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އަދި ރަނގަޅެއް ނުބައެއް އެއިން ވަކި ނުވެއެވެ. އެހެންވެ އަމާނާތްތެރި މީހަކު ޝައްކު ނުކުރާނޭ ވަރުގެ ޞައްޙަ ޙަދީޘްތައް އެއްކުރެއްވުމަށް އެކަލޭގެފާނު ޢަޒުމުކަނޑައެޅުއްވިއެވެ.”

 

ށ. އަދިވެސް ވިދާޅުވިއެވެ.

“އެކަލޭގެފާނު އެކަމަށްޓަކައި ޢަޒުމުކަނޑައެޅުއްވި ސަބަބަކީ، އެކަލޭގެފާނުގެ އުސްތާޛު ވިދާޅުވި ބަސްފުޅަކުންނެވެ. އެއީ ޙަދީޘާއި ފިޤުހުގެ އަމީރުލް މުއުމިނީންގެ ނަމުން މަޝްހޫރުވެފައިވާ إسحاق بن راهويه ވިދާޅުވި ބަސްފުޅެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ‘ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތްތައް ޖަމާކޮށްފައިވާ ފޮތެއް ތިޔަ ބޭކަލުން ލިޔުއްވާނެ ނަމައެވެ.’ އިމާމުލް ބުޚާރީ ވިދާޅުވިއެވެ. ‘އެކަން ތިމަންކަލޭގެފާނު ހިތްޕުޅަށް ވަދެ، ޖާމިޢުއް ޞަޙީޙު އެއްކުރައްވަން ތިމަންކަލޭގެފާނު ފެއްޓެވީމެވެ.’ ” 

 

ނ. އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

” محمد بن سليمان بن فارس ގެ އަރިހުން ޞައްޙަ ސަނަދަކުން ރިވާވެގެން އައިސްފައިވެއެވެ. أبو عبد الله البخاري ވިދާޅުވިއެވެ. ‘ހުވަފެނުގައި ނަބިއްޔާ صلى الله عليه وسلم ފެނިވަޑައިގަތެވެ. އެކަލޭގެފާނުގެ ކުރިފުޅު މަތީ ހުންނަވައިގެން، ތިމަންކަލޭގެފާނުގެ އަތްޕުޅުގައި އޮތް ފަންކާއަކުން ކޮންމެވެސް އެއްޗެހިތަކެއް ދުރުކުރާހެން ތިމަންކަލޭގެފާނަށް ފެނިވަޑައިގެން ފަދައެވެ. ހުވަފެން ތަޢުބީރުކުރާ ބައެއް ބޭކަލުންގެ އަރިހުގައި އެވާހަކަ އަހާލުމުން ވިދާޅުވިއެވެ. އެކަލޭގެފާނުގެ މައްޗަށް ހަދާފައިވާ ދޮގުތައް ކަލޭގެފާނު ދުރުހެލިކުރާނެއެވެ. އަލްޖާމިޢު (އެބަހީ: ޞަޙީޙުލް ބުޚާރީ) ލިޔުއްވުމަށް މެދުވެރިވި ސަބަބަކީ އެއީއެވެ.” [1]

 

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] ބައްލަވާ: هدي الساري لابن حجر (ص: 6) الفصل الأول.