[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 96

އިމާމު ބުޚާރީ ޞަޙީޙުގައި ކުރައްވާފައިވާ ޝަރުޠު:

 

الحافظ ابن طاهر ވިދާޅުވިއެވެ.

“ދަންނާށެވެ. އިމާމުލް ބުޚާރީއާއި މުސްލިމާއި އަދިވެސް އަޅުގަނޑުމެން އެއަށް ފަހު ބަޔާންކޮށްފައިވާ ސުނަނުގެ އަހުލުވެރިންގެ ތެރެއިން އެއްވެސް ބޭކަލަކު އެބޭކަލެއްގެ ފޮތުގައި މިވެނި ޝަރުޠުތަކެއްގެ ޙަދީޘްތަކެއް ގެންނަވާނެކަމަށް ވިދާޅެއް ނުވެއެވެ. އެހެނަސް އެބޭކަލުން ކުރައްވާފައިވާ ޝަރުޠު އެނގެނީ އެ ބޭކަލުންގެ ފޮތްތައް ދިރާސާކުރުމުންނެވެ.”

ދެން އެއަށް ފަހުގައި ވިދާޅުވިއެވެ.
“ފަހެ ދަންނާށެވެ. އިމާމު ބުޚާރީއާއި މުސްލިމުގެ ޝަރުޠަކީ އެ ޙަދީޘް ޞަޙާބީ އާ ހަމައަށް ރިވާކުރައްވާ ބޭކަލުންނަކީ އިތުބާރު ހުރި (ޘިޤާ) ރާވީންނަށްވުމާއި އެ ޙަދީޘްގެ ސަނަދުގައި މެދު ކެނޑުމެއް ނުވުމެވެ… އެހެނަސް އިމާމު ބުޚާރީއަށް ޝައްކުވެވަޑައިގެން ދޫކޮށްލެއްވި ބައެއް ބޭކަލުންގެ އަރިހުން އިމާމު މުސްލިމު ޙަދީޘް ރިވާކުރެއްވިއެވެ. އިމާމު މުސްލިމު އެ ޙަދީޘްތައް ރިވާކުރެއްވީ އިމާމު ބުޚާރީއަށް ޝައްކުވެވަޑައިގެންނެވި ސަބަބު ދުރުކުރެއްވުމަށް ފަހު އެކަން ޔަޤީންކުރައްވާފައެވެ. އެގޮތުން حماد بن سلمة، وسهيل بن أبي صالح، وداود بن أبي هند، وأبى الزبير المكي، والعلاء بن عبد الرحمن އަދި މި ނޫން ބޭކަލުންގެ އަރިހުންވެސް އިމާމު މުސްލިމު ރިވާކުރެއްވިއެވެ.” [1]

އަދި الحازمي ވިދާޅުވިއެވެ.
“ޞައްޙަ ޙަދީޘް ރިވާކުރައްވާ ބޭކަލުންގެ ގޮތަކީ އެބޭކަލުންގެ ޝައިޚުންގެ ތެރެއިން ޢަދުލުވެރި ބޭކަލުންނަށް ބެއްލެވުމެވެ. އަދި އެބޭކަލުންގެ އަރިހުން ރިވާކުރެއްވި އިތުބާރު ހުރި ބޭކަލުންނަށްވެސް ބެއްލެވުމެވެ. އަދި އެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލެއްގެ އަރިހުން ރިވާކުރެއްވި ޞައްޙަ ޙަދީޘްތައް އެއްކުރެއްވުމެވެ. އަދި އޮޅުން އަރާފައި ހުރި ޙަދީޘްތައް އިތުރަށް ބާރުދޭ (الشواهد والمتابعات) ގެ ގޮތުގައި ނެރުއްވުމެވެ.”

ދެން އެއަށްފަހުގައި މިޘާލެއްގެ ގޮތުގައި އިމާމުއް ޒުހުރިއްޔާ އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވި ބޭކަލުންގެ ވާހަކަ ބަޔާންކުރެއްވިއެވެ. [2]

 

= ނުނިމޭ =


 

އެހެނިހެން ބައިތައް

[1] محمد بن طاهر المقدسي: شروط الأئمة الستة ص: 11 -12، މި ބަޔާންކުރި ބޭކަލުންގެ ޙަދީޘްތައް ރިވާކުރެއްވި އިރު އިމާމު މުސްލިމު ރިވާކުރެއްވީ އެބޭކަލުންގެ ޙަދީޘްތަކުގެ ތެރެއިން ބާރު ލިބޭ (މުތާބަޢާ) ލިބެން ހުރި ޙަދީޘްތަކެވެ.

[2] محمد بن موسى الحازمي: شروط الأئمة الخمسة ص: 56 – 61.