[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމުލް މުއުމިނީން ޚަދީޖާ ބިންތު ޚުވައިލިދު رضي الله عنها – 4

* އަވަހާރަވުން

 

އެކަމަނާ އަވަހާރަވީ ހާޝިމް ވަންހައިގެ މީހުން ޝިޢުބު އަބީ ޠާލިބުން ނެރުނުތާ ދުވަސްކޮޅެއް ފަހުން، ނަބިއްޔާ صلى الله عليه وسلم ނަބީކަމައިގެން ފޮނުއްވުނު ފަހުން، ދިހަވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމުގެ ތިން އަހަރު ކުރިންނެވެ.

އެކަމަނާ އަވަހާރަވީއިރު ނަމާދު ފަރުޟު ނުކުރައްވައެވެ. އަދި ކަށުނަމާދުވެސް ޝަރުޢު ނުކުރައްވައެވެ.

އެކަމަނާ ފަސްދާނުލެވުނީ މައްކާގެ އަލްޙަޖޫންއޭ ކިޔުނު ސަރަހައްދުގައެވެ. އެއީ މައްކާގެ އަހުލުވެރިންގެ ޤަބުރުސްތާނެކެވެ.

އެކަމަނާ ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނު އިތުރު ކައިވެންޏެއް ނުކުރައްވައެވެ.

 

 

* ޚަދީޖަތުގެފާނު އަވަހާރަވުމަށް ފަހު

 

ޚަދީޖަތުގެފާނު އަވަހާރަވުމުން ނަބިއްޔާ صلى الله عليه وسلم ނުހަނު ހިތާމަކުރެއްވިއެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

“مَا غِرْتُ عَلَى امْرَأَةٍ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، مَا غِرْتُ عَلَى خَدِيجَةَ، هَلَكَتْ قَبْلَ أَنْ يَتَزَوَّجَنِي، لِمَا كُنْتُ أَسْمَعُهُ يَذْكُرُهَا”. [رواه البخاري  (3815)]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޚަދީޖަތުގެފާނުގެ މައްޗަށް، ތިމަންކަމަނާ ޣީރައްތެރިވެވަޑައިގެންނެވި ވަރަށް، އެހެން އެއްވެސް އަނބިކަނބަލެއްގެ މައްޗަށް ޣީރަތްތެރިވެވަޑައި ނުގަންނަވަމެވެ. އެއީ އެކަލޭގެފާނު ތިމަންކަމަނާއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން އެކަމަނާ އަވަހާރަވިކަމުގައި ވިޔަސް، އެކަމަނާގެ ވާހަކަ އެކަލޭގެފާނު ޛިކުރު ކުރައްވާ އަޑު އިވިވަޑައިގަންނަވާލެއް ގިނަކަމުންނެވެ.”

އަދިވެސް އެކަމަނާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

مَا غِرْتُ عَلَى نِسَاءِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِلَّا عَلَى خَدِيجَةَ وَإِنِّي لَمْ أُدْرِكْهَا، قَالَتْ: وَكَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا ذَبَحَ الشَّاةَ، فَيَقُولُ: «أَرْسِلُوا بِهَا إِلَى أَصْدِقَاءِ خَدِيجَةَ» … فَقَالَ: رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «إِنِّي قَدْ رُزِقْتُ حُبَّهَا» [رواه مسلم (75 – (2435))]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޚަދީޖަތުގެފާނާ ތިމަންކަމަނާއާ ބައްދަލުވެފައި ނުވިޔަސް އެކަމަނާގެ މައްޗަށް، ތިމަންކަމަނާ ޣީރައްތެރިވެވަޑައިގެންނެވި ވަރަށް، އެހެން އެއްވެސް އަނބިކަނބަލެއްގެ މައްޗަށް ޣީރަތްތެރިވެވަޑައި ނުގަންނަވަމެވެ.”

އެކަމަނާ ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ކަންބަޅިއެއް ކަތިލައްވައިފިނަމަ ޙަދީޘްކުރައްވައެވެ. “ޚަދީޖަތުގެފާނުގެ އެކުވެރިންނަށް އެއިން ބައެއް ފޮނުވާށެވެ.” …

ފަހެ، ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އެކަމަނާއަށްޓަކައި ތިމަންކަލޭގެފާނުގެ (ހިތްޕުޅުގައި) ލޯބިވަނީ ލެއްވިފައެވެ.”

=ނިމުނީ=

________________________

މަޞްދަރު: الإصابة في تمييز الصحابة لابن حجر

 

މި ލިޔުމުގެ އެހެން ބައިތައް