[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަށުނަމާދުގައި ދޭނީ އެއް ސަލާމްތަ؟ ނުވަތަ ދެ ސަލާމްތަ؟ – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعبن.

 

ފުރަތަމައީ:

ދަންނަބޭކަލުންގެ ގިނަ ބޭކަލުންގެ ރައުޔު: ޢިލްމުވެރިން ކުރެ ގިނަ ބޭކަލުން ދެކިވަޑައިގަންނަވާ ގޮތުގައި ކަށުނަމާދުގައި ސަލާމު ދޭނީ އެއް ފަހަރެވެ. އެއީ އޭނާގެ ކަނާތް ފަރާތަށެވެ. އިބްނުޢަބްދިލްބައްރު ވިދާޅުވެފައި ވެއެވެ.

“ސަލަފުންނާއި ޚަލަފުން (ޞަޙާބީންނާއި ތާބިޢީންނާއި ފަހުގެ އިމާމުވެރި ޢިލްމުވެރީން) ކުރެ ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔަކީ (ކަށުނަމާދުގައިވަނީ) އެއް ސަލާމުކަމެވެ.” [الاِسْتِذْكَار (32/3)].

އިމާމު އިބްނު ޤުދާމާ ވިދާޅުވެފައި ވެއެވެ.

“ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ހަ ޞަޙާބީންގެ ކިބައިން އައިސްފައިވަނީ ކަށުނަމާދުގައިވަނީ އެއް ސަލާމުކަމެވެ. އަދި އެ ބޭބޭކަލުންގެ ޒަމާނުގައި އެ ހަ ބޭކަލުންނާއި ޚިލާފަށް އެހެން އަސަރެއް އައިސްފައިވާކަމެއް ނުއެނގެއެވެ. އެހެންކަމުން މިއީ އިޖުމާޢެކެވެ.”

އިމާމު އަޙްމަދު ވިދާޅުވިއެވެ.

“އިބްރާހީމު (އައްނަޚަޢީ) ފިޔަވާ އެހެން ބޭކަލެއް މި މައްސަލައިގައި ޚިލާފުވެފައި ނުވެއެވެ.”  [المُغْنِي (3 / 418)]

އަޙްމަދު ބުން އަލްޤާސިމު ވިދާޅުވިއެވެ.

“އަބޫ ޢަބްދިﷲ (އިމާމު އަޙްމަދު)އާ ސުވާލު ދެންނެވުނެވެ. ޞަޙާބީން ކުރެ އެއްވެސް ބޭކަލެއްގެ ކިބައިން ކަށުނަމާދުގައި ދެ ސަލާމު ދެއްވިކަން ދެނެވަޑައިގަންނަވަން ތޯއެވެ؟

ޖަވާބުގައި އިމާމު އަޙްމަދު ވިދާޅު ވިއެވެ. “ނޫނެކެވެ! އެހެނެއްކަމަކު ޞަޙާބީން ކުރެ ހަ ބޭކަލެއްގެ ކިބައިން އައިސްފައިވަނީ އެ ބޭބޭކަލުން ކަށުނަމާދުގައި ސަލާމުދެއްވަނީ ލުއި ގޮތަކަށް، ކަނާތްފަރާތަށް އެއްފަހަރު ކަމެވެ.” މި ފަދައިން ވިދާޅުވެ އަންނަނިވި ޞަޙާބީންގެ ނަންފުޅުތައް ޒިކުރުކުރެއްވިއެވެ. “އިބްނު ޢުމަރު، އިބްނު ޢައްބާސް، އަބޫ ހުރައިރާ، ވާޘިލަތު ބުނުލްއަސްޤަޢު، އިބްނު އަބޫ އައުފާ އަދި ޒައިދު ބުން ޘާބިތު”؛ މި ބޭބޭކަލުންގެ އިތުރަށް އަލްބައިހަޤީ އަންނަނިވި ބޭބޭކަލުން އިތުރު ކުރެއްވިއެވެ. ޢަލީ ބުން އަބީ ޠާލިބު، ޖާބިރު ބުން ޢަބްދިﷲ، އަނަސް ބުން މާލިކު، އަބޫ އުމާމަތަ ބުން ސަހްލު ބުން ޙަނީފް؛ މިއެވެ. މިއީ ޞަޙާބީ ބޭބޭކަލުން ކުރެ ދިހަ ބޭކަލުންނެވެ.” [زَادُ المَعَاد (1 / 490)]

އިބްނު އަބޫޝައިބާ މި އަސަރުތައް އޭގެ ސަނަދުތަކާއެކު އެކަލޭގެފާނުގެ މުޞައްނަފުގައި ނަޤުލު ކުރައްވައިފައި ވެއެވެ.

އަބޫޢަބްދިﷲ އަލްޙާކިމު އައްނައިސާބޫރީ ވިދާޅުވިއެވެ.

“ކަށުނަމާދުގައިވަނީ އެއް ސަލާމެވެ. މިކަން އަންނަނިވި ބޭބޭކަލުންގެ އަރިހުން ސާބިތުވެގެން އައިސްފައި ވެއެވެ؛ ޢަލީ ބުން އަބީ ޠާލިބު، ޢަބްދިﷲ ބުން ޢުމަރު، ޢަބްދިﷲ ބުން ޢައްބާސް، ޢަބްދިﷲ ބުން އަބީ އައުފާ އަދި އަބޫ ހުރައިރާ؛ މިއެވެ. މި ބޭބޭކަލުން ކަށުނަމާދުގައި ދެއްވަވަނީ އެއް ސަލާމެވެ.” [المُسْتَدْرَك عَلَىٰ الصَّحِيحَيْن (1 / 479)]

އައްޝައިޚް އިބްނު ބާޒް ވިދާޅުވިއެވެ.

“ސުންނަތަކީ މިއީއެވެ. އެއް ސަލާމު ދިނުމެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ޞަޙާބީންގެ ކިބައިން ސާބިތުވެގެން އައިސްފައިވަނީ އެ ބޭކަލުން ކަށުނަމާދުގައި ކަނާތްފަރާތަށް އެއް ސަލާމު ދެއްވާކަމަށެވެ.” [فَتَاوَىٰ نُورٌ عَلَىٰ الدَّرْب (14 / 19)]

 

= ނުނިމޭ =


މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް