[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަށުނަމާދުގައި ދޭނީ އެއް ސަލާމްތަ؟ ނުވަތަ ދެ ސަލާމްތަ؟ – 3

ތިންވަނައީ:

އެ މީހަކު ނަމާދު ކުރަނީ ކަށުނަމާދުގައި ދެ ސަލާމު ދޭ އިމާމެއްގެ ފަހަތުގައިނަމަ، އެ މީހެއްގެ މައްޗަށް އޮތީ އެ އިމާމާއަށް އެ ކަމުގައި ތަބާވުމެވެ. އެހެނީ ދެވަނަ ސަލާމަކީ ދަންނަބޭކަލުންގެ މެދުގައި އޮތް މުޢުތަބަރު ޚިލާފެއްކަމުގައި ވާތީއެވެ. އަދި ސުންނަތް ގޮތަކީ އިމާމަށް ތަބާ ވުމެވެ. އިމާމާއި ޚިލާފުވެ ނުގަތުމެވެ.

إِمَامُ الْبُهُوتِيُّ ވިދާޅު ވިއެވެ.

“ދެވަނަ ސަލާމު މީހާގެ ވާތްފަރާތަށް ދިނުން ޙުއްދަ ވެގެން ވެއެވެ … އަދި (އެ ކަމުގައި) އިމާމަށް ތާބާވާށެވެ.” [كَشَّافُ الْقِنَاع (4 / 140)].

އައްޝައިޚު އިބްނު ޢުޘައިމީނާ ސުވާލު ދެންނެވުނެވެ.

“އިސްލާމީ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ކަށުނަމާދުގައި އިމާމު ދެ ސަލާމުން ސަލާމު ދޭތީ އަޅުގަނޑު ދުށީމެވެ. މިކަމުގައި އަޞްލެއް ވޭ ތޯއެވެ؟”

ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.

“ކަށުނަމާދުގައި ދެ ސަލާމު ދިނުމަށް ބައެއް ދަންނަބޭކަލުން ދެކިވަޑައިގަންނަވައެވެ. އަދި މކަށުނަމާދުގައި ދެ ސަލާމު ދިނުމަކީ މައްސަލައެއް ނޫނެކެވެ.” [މަޖުމޫޢު ފަތާވާ (17 / 130)]

އަދިވެސް ޝައިޚު ވިދާޅުވިއެވެ.

“(އަޞްލަކީ) ކަށުނަމާދުގައިވަނީ ކަނާތްފަރާތަށް އެއް ސަލާމު ދިނުމެވެ. އެހެންނަމަވެސް، ކަށުނަމާދުގައި އޭނާގެ ކަނާތްފަރާތަށާއި ވާތްފަރާތަށް ސަލާމު ދިނުމަކީ މައްސަލައެއް ނޫނެކެވެ. އެހެނީ މި ދެ ގޮތަށްމެ ޢަމަލުކުރުމަށް މިކަމުގައި ތަނަވަސް ވެގެންވެއެވެ. މިކަމުގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުން އެކަލޭގެފާނު ވާތްފަރާތަށް ސަލާމު ދެއްވާ ކަމުގައިވެސް ވާރިދުވެފައި ވެއެވެ.” [ފަތާވާ ނޫރުން ޢަލާ އައްދަރްބު (9 / 2) ترقيم الشاملة].

އަދި އެއް ސަލާމުން ފުއްދައި ލުމުގައިވެސް މައްސަލައެއް ނެތެވެ. އެހެނީ އެގޮތަށް ޢަމަލު ކުރިކަމުގައި ވިޔަސް އޭނާ އިމާމަށް ތަބާނުވާ ކަމުގައި ނުވާނެތީއެވެ. އެހެނީ ފުރަތަމަ ސަލާމުން މީހާ ނަމާދުން ބޭރުވާނޭ ކަމުގައި ދަންނަބޭކަލުން އިއްތިފާޤުވެފައި ވެއެވެ.

 

ޖަވާބުގެ ޚުލާޞާ

ކަށުނަމާދުގައިވަނީ ކަނާތްފަރާތަށް އެއް ސަލާމް ދިނުމެވެ. ނަމަވެސް ކަނާތަށާއި ވާތްފަރާތަށް ސަލާމު ދީ ދެ ސަލާމު ދިނުމުގައިވެސް މައްސަލައެއް ނެތެވެ. وَاللهُ أَعْلَمُ.

 

 =ނިމުނީ=


މަޞްދަރު

 

މި ލިޔުމުގެ އެހެން ބައިތައް