[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަޤާމާތުތަކަށް ކީރިތި ޤުރުއާން ކިޔެވުމުގެ ޙުކުމް – 1

ޤުރްއާން ކިޔެވުމުގައި ބޭނުންކުރާ މަޤާމާތުތައް ދަސްކޮށް ފަރިތަކުރުމަކީ ހުއްދަކަމެއް ހެއްޔެވެ؟


 

ޖަވާބު:

 

ﷲއަށް ޙަމްދު ހުއްޓެވެ!

މަޤާމާތުތަކަކީ ލަވަ ކިޔުންތެރީން ލަވަ ކިޔައި އުޅުމަށް ބޭނުންކުރާ ހަމަތަކެކެވެ. އެ ފަންނުގެ މީހުންވަނީ އެ ހަމަތަކުގެ ބާވަތްތައް އެކި ބައިބަޔަށް ބަހާ، އެ ބާވަތްތަކަށް ‘މަޤާމާތު’ އޭ ކިޔާފައެވެ. މިއީ އީޖާދުކުރެވިފައިވާ ޢިލްމެއް ނޫނެވެ. އެހެނަސް މި މަޤާމާތުތައް ޖަމާވެފައިވަނީ މީސްތަކުން ލަވަ ކިޔައި އުޅުނު ރާގުތަކަށް އެއް ޖީލަށްފަހު އަނެއް ޖީލު ތާބާވެ، އެ ގޮތުގެ މަތީގައި އައިސް އިސްތިޤުރާރު ވެގެންނެވެ. ޅެމުގެ ވަޒަންތައް ޖަމާކުރެއްވި އަޙްމަދު އަލްފަރާހީދީވެސް ޅެމުގެ ވަޒަންތައް އެއްކުރައްވައި ޖަމާކުރެއްވީ މިފަދައިންނެވެ. މި ގޮތުން އަލްޚަލީލް ބުން އަޙްމަދު އަލްފަރާހީދީ ޅެމުގެ ސޯޅަ ވަޒަން ޖަމާކުރެއްވިއެވެ. ލަވަ ކިޔުންތެރީންގެ ފަންނުގެ މީހުން އެއްކޮށް ޖަމާކޮށްފައިވާ ރާގުތަކުގެ ޢަދަދަކީ ހައެކެވެ. އެއީ އަންނަނިވި ހަ މަޤާމެވެ.

 

  1. މަޤާމުލްބައްޔާތު

މިއީ ޚުޝޫޢަތާއި މަޑުމައިތިރިކަމާއި މަޑުމޮޅިކަމުގެ މަޤާމެވެ. އަދި މިއީ ހިތް މަޑުމޮޅިކުރުވާ ﷲގެ އާޔަތްތަކާއި އެ އާޔަތްތަކުގެ މާނައާމެދު ފިކުރުކުރުމަށް ހިތްޖައްސާ މަޤާމެވެ.

 

  1. މަޤާމުއްރިސްތު

‘ރިސްތު’ މިއީ ފާރިސިއްޔަ ކަލިމައެކެވެ. މި ކަލިމައިގެ މާނައަކީ ‘އިސްތިޤާމާ’އެވެ. މަޤާމާތުގެ ފަންނުގެ އަހުލުވެރީން މި މަޤާމު ޚިޔާރުކުރަނީ އެކިއެކު ވާހަކަތައް ބަޔާންކުރައްވާފައިވާ އާޔަތްތަކާއި ޝަރުޢީ ޙުކުމުތައް ބަޔާންކުރައްވާފައިވާ އާޔަތްތައް ކިޔެވުމުގައެވެ.

 

  1. މަޤާމުއްނަހާވަންދު

މިއީ މަޑުމައިތިރި މަޑުމޮޅި ޝުޢޫރުތައް އުފައްދަނިވި މަޤާމެކެވެ. އަދި ވިސްނުމާއި ފިކުރު ހިންގުމަށް މީހާ ގެންދެއެވެ. ‘ނަހާވަންދު’އަކީ އީރާނުގެ ރަށެކެވެ. މި މަޤާމަށް މިފަދައިން ނަން ދީފައި މިވަނީ އެ ރަށާ ގުޅުވައިގެންނެވެ.

 

  1. މަޤާމުއްސީކާ

މިއީ ލަސް ކޮށް މަޑުމައިތިރިކަމާއެކު ކިޔެވުމުގައި ފާހަގަވާ މަޤާމެކެވެ.

 

  1. މަޤާމުއްޞަބާ

މިއީ ރޫޙާނިއްޔަތާއި ބާރުވެރިކަމާއި ރަޙުމު އުފައްދަނިވި މަޤާމެކެވެ.

 

  1. މަޤާމުލްޙިޖާޒު

މިއީ އޭގެ އަޞްލު ޢަރަބި މަޤާމެކެވެ. ނިސްބަތް ކުރެވެނީ ޙިޖާޒަށެވެ. ޤުރްއާން ކިޔެވޭ މަޤާމާތުތަކުގެ ތެރެއިން އެންމެ ބޮޑަށް ރޫޙާނިއްޔަތާއި ޚުޝޫޢަތްތެރިކަން ގެނެސްދެނިވި މަޤާމަކީ މިއީއެވެ.

 

މިއީ މި ފަންނުގެ އަހުލުވެރީންގެ ވާހަކައެވެ. އަދި މިއީ އެ މީހުން މި މަޤާމުތަކަށް ދީފައިވާ މާނަތަކެވެ. މީގެން ސާފު ވާނޭހެން މި މަޤާމުތަކުގެ ތެރެއިން އެންމެ ފަހު މަޤާމު ފިޔަވައި އެހެން ހުރިހާ މަޤާމަކީ ޢަޖަމިއްޔަ މަޤާމުތަކެވެ. ހަމަ މި ގޮތަށް މީގެން އެނގޭ ގޮތުގައި މި މަޤާމުތަކަކީ މީސްތަކުން ލަވަ ކިޔައި އުޅުނު ރާގުރާގެވެ. އެހެންކަމުން މި ޢިލްމަކީ ޤުރުއާނާއި މީސްތަކުން ޤުރުއާން ކިޔަވަން ފަށާފައިވާ ދުވަސްވަރަށްވުރެ އިހުގެ ޢިލްމެކެވެ. އެހެންކަމުން ފަހަރުގައި މީހަކު ޤުރުއާން ކިޔަވާ ކިޔެވުމުގައި، އޭނާއަށް އެނގުމަކާ ނުލައި، މީގެ މަޤާމަކާ އޭނާގެ ކިޔެވުން ދިމާވެދާނެއެވެ. ހަމަ އެހެންމެ އެ ކިޔަވަމުންދާ އާޔަތެއްގެ މާނައާ އެކަށޭނަ މޭރުމަކުން އެކި އާޔަތުގައި އެކި މަޤާމުންވެސް ކިޔަވަފާނެއެވެ.

 

=ނުނިމޭ=

 


މަޞްދަރު

 

މި ލިޔުމުގެ އެހެންބައިތައް