- އަލްޢަޤީދާ :
މިނަމުގައި އިމާމު އަބޫ ޢުޘްމާން އައްޞާބޫނީ -رحمه الله- ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “عقيدة السلف أصحاب الحديث” މިފޮތެވެ.
- އަލްއިޢުތިޤާދު:
މިނަމުގައި އިމާމު އަބޫބަކުރު އަލްއިސްމާޢީލީ -رحمه الله- ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “اعتقاد أئمة الحديث” މިފޮތެވެ. އަދި އިމާމު އަބުލްޤާސިމު އައްލާލަކާއީ -رحمه الله- ވެސް މިނަމުގައި ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “شرح أصول اعتقاد أهل السنة والجماعة” މިފޮތެވެ.
- އައްތައުޙީދު:
މިނަމުގައި އިމާމު އިބްނު ޚުޒައިމާ -رحمه الله- ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “كتاب التوحيد” މިފޮތެވެ. އަދި ހަމަ މިނަމުގައި އިމާމު އިބުނު މަންދާ -رحمه الله- ވެސް ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ.
- އައްސުންނާ:
މިނަމުގައި އިމާމު އަޙްމަދު ޙަންބަލު -رحمه الله- ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “السنة” މިފޮތެވެ. އަދި ހަމަ މިނަމުގައި އިމާމު އަޘްރަމް -رحمه الله- އާއި، އަބޫބަކުރު އަލްމަރުވަޒީ -رحمه الله- ވެސް ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ.
- އައްޝަރީޢާ:
މިނަމުގައި އިމާމު މުޙައްމަދު ބުން އަލްޙުސައިން އަލްއާޖުރީ -رحمه الله- ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “كتاب “الشريعة” މިފޮތެވެ. އަދި އިބްނު ބައްޠާ -رحمه الله- ލިޔުއްވާފައިވާ “الإبانة عن شريعة الفرقة الناجية ومجانبة الفرق المذمومة” މިފޮތެވެ.
- އަލްއީމާން:
މިނަމުގައި އިމާމު އިބްނު އަބީ ޝައިބާ -رحمه الله- ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “كتاب الإيمان” މިފޮތެވެ. އަދި ހަމަ މިނަމުގައި އިމާމު އިބްނު މަންދާ -رحمه الله- ވެސް ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ.
- އުޞޫލުއް ދީން:
މިނަމުގައި އިމާމު އަބުލްޙަސަން އަލްއަޝްޢަރީ -رحمه الله- ޢަޤީދާގެ ފޮތެއް ލިޔުއްވާފައިވެއެވެ. އެއީ “الإبانة عن أصول الديانة” މިފޮތެވެ.
- އަލްފިޤްހުލް އަކްބަރް:
މިނަމުގައި އިމާމު އަބޫ ޙަނީފާ -رحمه الله- އަށް ނިސްބަތްކުރެވޭ ފޮތެއް ވެއެވެ. އެއީ “الفقه الأكبر” މިފޮތެވެ.
المصادر:
- مدخل لدراسة العقيدة الإسلامية، د عثمان جمعة ضميرية
- تأصيل علم العقيدة، عبد الرحيم بن صمايل العلياني السلمي
- الموسوعة العقدية، مجموعة من الباحثين بإشراف الشيخ عَلوي بن عبد القادر السقاف