[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 17 (ރޯދަ ފަސާދަ ކުރަނިވި ކަންކަމާއި ފަސާދަ ނުކުރަނިވި ކަންކަން: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ނިދުން، މުރުތައްދުވުން، ރޯދަ ވީއްލުމަށް ނިޔަތް ގަތުން)

ހަތްވަނައީ: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ނިދުނު މީހާގެ ޙުކުމް

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ނިދާފައި، ހިނދުކޮޅަކަށް ވިޔަސް ދުވާލުގެ ވަގުތުގައި ހޭލައިފި މީހާގެ ރޯދައިގެ ޙުކުމު:

ދުވާލުގެ ހިނދުކޮޅަކަށްނަމަވެސް ހޭލުމަށް ފަހު، ދެން މުޅި ދުވަހު ނިދައިފި މީހަގެ ރޯދަ ޞައްޙަ ވާނެއެވެ. މި ކަމުގެ މައްޗަށް ނަވަވީވަނީ އިޖުމާޢު ނަޤުލު ކުރައްވާފައެވެ.

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ނިދާފައި ހޭނުލެވުނު މީހާގެ ރޯދައިގެ ޙުކުމު:

ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި ނިދައި، އިރު އޮއްސުނު ފަހުން މެނުވީ ހޭލައިފި މީހާގެ ރޯދަ ޞައްޙަ ވާނެއެވެ. މިއީ ޖުމުހޫރު -މާލިކީ، ޝާފިޢީ އަދި ޙަންބަލީ- ދަންނަބޭކަލުންގެ މަޛްހަބެވެ.

 

 

އަށްވަނައީ: މުރުތައްދުވުން

 

ރޯދައަށް ހުރެ މުރުތައްދުވެއްޖެ މީހާގެ ރޯދަ ބާޠިލުވާނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޤުދާމާއާއި ނަވަވީ އަދި މަރްދާވީ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.

 

 

ނުވަވަނައީ: ރޯދަ ވީއްލުމަށް ނިޔަތް ގަތުން

 

ރޯދައަށް ހުރެ، ރޯދަ ވީއްލުމަށް ނިޔަށް ގެންފިނަމަ، އެ މީހާގެ ރޯދަ ގެއްލޭނެއެވެ. އެއީ ރޯދަ ގެއްލެނިވި އެހެނިހެން ކަންކަމުން ދުރުހެލިވެގެންވީ ކަމުގައި ވިޔަސް މެއެވެ. މިއީ މާލިކީންނާއި ޙަންބަލީންގެ ރައުޔެވެ. އަދި މިއީ ބައެއް ޝާފިޢީ ދަންނަބޭކަލުންގެ ރައުޔުވެސް މެއެވެ. އަދި އިބްނު ޙަޒްމު މި ރައުޔު އިޚްތިޔާރު ކުރެއްވިއެވެ.

 


 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް