[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – 2

ޤަވާޢިދުގައި ބޭނުންކޮށްފައިވާ ބަސްކޮށާރު:

 

މަޞްލަޙަތުތަކަކާއި ފަސާދަތަކެއް ފުށު އަރައިފިނަމަ، ރިޢާއަތްކުރެވޭނީ އެންމެ މަތީ މަޞްލަޙަތު ޙާޞިލުކޮށްފައި އެންމެ ގެއްލުން ބޮޑު ގޮތް އެއްކިބާކުރުމަށް

މަޞްލަޙަތު: ފަސާދައިގެ އިދިކޮޅު. އުޞޫލު ޢިލްމުވެރިންގެ އިޞްޠިލާޙުގައި އެއީ: އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މައިގަނޑު ފަސް ކަންތަކަށް ރައްކާތެރިވުމެވެ. އެއީ: ދީނާއި ނަފްސާއި ބުއްދިއާއި ނަސްލާ އަދި މުދަލެވެ. މިކަންތައްތައް ޙާޞިލުކުރުމުގައި ތިން ދަރަޖައެއް ވެއެވެ. އެއީ: ޟަރޫރީ ކަންކަމާއި ޙާޖަތްތަކާއި ފުރިހަމަކަން ގެނެސްދޭ ކަންކަމެވެ. އެ ހުރިހާކަމެއްވެސް ރުޖޫޢަވަނީ މި މަޞްލަޙަތުތައް ރައްކާތެރިކުރުމަށެވެ. [1]

ފުށު އެރުން: ހުރިހާކަމެއް އެއް ތަނަކަށް ޖަމާވެ، ދަތިވުން [2]

ފަސާދަ: އެއްޗެއް ބާޠިލުވުން އަދި ތަޣައްޔަރުވުމުގެ މާނައިގައިވެސް ބޭނުން ކުރޭ [3]

އެއްކިބާކުރުން: އެއް ފަރާތްކުރުން [4]

 

 

ޤަވާޢިދުގެ ޖުމްލަ މާނަ:

 

މި ޤަވާޢިދު އަސާސަކީ: މުޅި އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤްޞަދަކީ މަޞްލަޙަތުތައް ގެނެސްދިނުމާއި ފަސާދަތައް އެއްކިބާކުރުން ކަމުގައެވެ.

އަދި ކޮންމެ މަޞްލަޙަތެއްގެ އަޞްލަކީ އެ ޙާޞިލުކޮށް އަދި އެ ވުޖޫދަށް ގެނައުމެވެ. އަދި ކޮންމެ ފަސާއެއްގެ އަޞްލަކީ އެ އެއްކިބާކޮށް އަދި އެ މަނާކުރުމެވެ. [5]

ދެ މަޞްލަޙަތެއް ފުށު އަރައިފިނަމަ، އެ ދެ ކަންތައް އެއްކޮށް ޙާޞިލުކުރެވެން ނެތިއްޔާ ދެން ބަލާނީ އޭގެ ތެރެއިން އެންމެ މަޞްލަޙަތު ބޮޑު ކަމަށެވެ. އެއީ އެކަން ޙާޞިލުކުރުމުން އެއަށް ވުރެ ކުޑަ މަޞްލަޙަތު އޮތް ކަން ފާއިތުވިޔަސް މެއެވެ.

އަދި ދެ ފަސާދައެއް ފުށު އަރައިފިނަމަ، އެ ދެ ކަންތައް އެއްކޮށް އެއްކިބާ ކުރެވެން ނެތިއްޔާ ދެން ބަލާނީ އޭގެ ތެރެއިން އެންމެ ފަސާދަ ބޮޑު ކަންތައް އެއްކިބާ ކުރުމަށެވެ. އެއީ އެކަން ކުރުމަށްޓަކައި ފަސާދަ ކުޑަ ކަމަށް އަރައިގަންނަން ޖެހުނަސް މެއެވެ. [6]

އަދި މަޞްލަޙަތުތައް ދަރަޖައިގެ ގޮތުން ތަފާތުކުރުމުގައި ބަލަކީ އެއީ ޟަރޫރީ ކަމެއް ތޯ ނުވަތަ ޙާޖަތެއް ތޯ ނުވަތަ ފުރިހަމަ ކޮށްލުމުގެ ތެރެއިންވާ ކަމެއްތޯއެވެ. [7] އަދި ފަސާދަތައްވެސް ހަމަ އެފަދައެވެ. އެހެނީ އެއީ މަޞްލަޙަތުތަކުން ކޮންމެވެސް މިންވަރެއް ފާއިތުވެގެންދާ ކަންކަމެވެ. [8]

 


 

[1] ބައްލަވާ: المستصفى ( 1 / 286 – 287) ،  والموافقات ( 2 / 8 – 12) ، وتعليل الأحكام (ص: 278)، وضوابط المصلحة الشرعية (ص: 119.(

[2] ބައްލަވާ: مقاييس اللغة (3 / 49) ، والقاموس المحيط  (4 / 124).

[3] ބައްލަވާ: مقاييس اللغة ( 3/ 303) ، ولسان العرب (3 / 348) ، وتاج العروس ( 8  / 496).

[4] ބައްލަވާ: مقاييس اللغة  (2 / 271) ، والصحاح ( 1 /  48).

[5] ބައްލަވާ: الفروق (2 / 126 – 127) ، والموافقات (2 / 6 – 7) ، وقواعد الأحكام ( 1 / 14) ،  (2 / 189) ، والقواعد والأصول الجامعة لابن سعدي (ص: 5)، وضوابط المصلحة في الشريعة الإسلامية (ص: 73 – 74) ، وكتاب تعليل الأحكام لمحمد مصطفى شلبي (ص: 287) ، والجامع لأحكام القرآن (10 / 165) في تفسير قوله تعلى: {إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالأِحْسَان} الآية، وروح المعاني  (14 /  219) ، في تفسير الآية نفسها.

[6] ބައްލަވާ: شرح القواعد الفقهية (ص: 145)، ورسالة ابن سعدي في القواعد (ص : 16 – 18. (

[7] މިކަމުގައި ޢިލްމުވެރިން އިތުރު މިންގަނޑުތަކެއްވެސް ގެންގުޅުއްވައެވެ. އިތުރު ތަފްޞީލަށް ބައްލަވާ: الموافقات (2 / 8 – 12 )، وضوابط المصلحة (ص: 249 – 254.(

[8]ބައްލަވާ:  المستصفى  ( 1 / 287. (

 

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – އެހެން ބައިތައް