[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: 2 ގެތަކަށް ވަނުމުގެ އަދަބުތައް

 

يَا أَيُّهَا الَّذِينَ آَمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ ــــ سورة النور 27

މާނައީ:“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމް ކޮށް އިޛުނަ ލިބިގެންފުމަށްދާންދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.”

(ޚާލިދުއާއި އޭނަގެ ރަޙުމަތްވެރިޔާ ފަސީހު، އެމީހުންގެ ރަޙުމަތްތެރިޔާ އަޙުމަދުގެ ގޭގެ ދޮރު ކުރިމަތީގައި ހުއްޓިލައިގެން ތިއްބައި، ދޮރު ހުޅުވިއްޖެއެވެ.)

ޚާލިދު: ފަސީހު ބަލާލަބަލަ! އެހުރީ އަޙުމަދުގެ ގޭގެ ދޮރު ހުޅުވިފައި. މިހާރު އަހަރުމެންނަށް ވަދެވިދާނެ.

ފަސީހު: ޚާލިދު ކީކޭތަ ތިކިޔަނީ؟

ޚާލިދު: އަހަރެމެން ހަލުވިކަމާއެކު އަވަހަށް ވަދެއްޖެއްޔާ އަޙުމަދަށް އެވާނީ ވަރަށް ބޮޑު ސަޕްރައިޒް އަކަށް ނޫންތަ؟

ފަސީހު:  އެކަމަކު ތީ ގޯސްކަމެއް. އަހަރުމެން ތިފަދައިން ކަންތައް ކޮށްފިނަމަ އަޙުމަދުގެ އަމިއްލަވަންތަކަމަށް އަރައިގަނެވޭނެ. އަދި އޭނަ ހިތްހަމަ ނުޖެހުންވެސް އެކަށީގެންވެއެވެ.

ޚާލިދު: އެއީ ކީއްވެ؟

ފަސީހު: އަހަރުމެން މަދަރުސާގަ ކިޔެވި ތަކެތި ހަނދާންނެތުނީތަ؟

ޚާލިދު: އަހަރެންނަށް ހަނދާނެއް ނުވޭ. ފަސީހު އަހަންނަށް ހަނދާކޮށްދީބަލަ!

ފަސީހު: އަހަރުމެންގެ އުސްތާޛު ކިޔަވައިދިނެއްނު، އަހަރުމެން ގޭގެޔަށް ވަނުމުގެ ކުރިން ދޮރުގައި ޓަކި ދިނުމާއި، އަދި ވަނުމުގެ ކުރިން އެމީހުންގެ ފަރާތުން ހުއްދައަށް އެދެން ޖެހޭނެކަން. އެހެންވީމަ އަހަރުމެން މިހާރު މިދޮރު ލައްޕާފައި، ދޮރުގައި ޓަކި ދޭނީ.

ޚާލިދު: އާން، މިހާރު ހަނދާންވެއްޖެ.

ފަސީހު: ހަނދާންވެއްޖެތަ މިކަމާބެހޭގޮތުން އައިސްފައިވާ ޢިބުރަތްތެރި އާޔަތް؟

ޚާލިދު: އާން، ﷲ ވަޙީކުރައްވާފައިވަނީ މިފަދައިން:  يَا أَيُّهَا الَّذِينَ آَمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ ــــ سورة النور 27 މާނައީ:” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރުންނަށް ސަލާމްކޮށް އިޛުނަ ލިބިގެންފުމަށްދާންދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.”

ފަސީހު: ރަނގަޅު! ﷲ ޚާލިދުއަށް ހެޔޮ ޖަޒާ ދެއްވާށި. އެހެންވީމަ ހިނގާ މިއާޔަތަށް އަމަލުކުރަމާ.