عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ : قَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ الله وَ سَقَاهُ )). (متفق عليه )
ޙަދީޘްގެމާނަ:
އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަލައްލަމަ ޙަދީޘްކުރެއްވިއެވެ. “މީހަކު ރޯދައަށްހުރެ ހަނދާންނެތިގެން ކައިފިނަމަ ނުވަތަ ބޮއެފިނަމަ، ފަހެ އެމީހެއްގެ ރޯދަ ފުރިހަމަކުރާށެވެ. ފަހެ އެއީ ﷲ އެމީހަކަށް ދެއްވި ކެއުމެއް ނުވަތަ ބުއިމެކެވެ.”
މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީ އަދި މުސްލިމެވެ.
މިޙަދީޘުންލިބޭ ބައެއް ފައިދާ:
* ރޯދަވެރިޔަކު ހަނދާންނެތިގެން ކެއިންބުއިމުގެ ޢަމަލެއް ކުރެވިއްޖެނަމަ، ރޯދަ ޞައްޙަވާނެކަން، އަދި ކައްފާރާ ދިނުމެއް ރޯދަ އަލުން ހިފުމެއްވެސް ނެތްކަން މިޙަދީޘްގެ އަލީގައި ދެނެގަނެވެއެވެ.
* ރޯދަވެރިޔަކު ހަނދާންނެތިގެން ކެއިންބުއިމުގެ ޢަމަލެއް ކުރެވުނުނަމަ، އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ހަނދާންވިހާ އަވަހަކަށް ކެއުން ހުއްޓާލާފައި ރޯދައިގެމަތީގައި ދެމިހުރުންކަން.
* ފަރުޟުރޯދައެއް އަދާކުރާމީހަކު މިފަދަ ޢަމަލެއް ކުރުންމަތީހުއްޓައި ހަނދާންވުމުން، ނުވަތަ ހަނދާންކޮށްދެވުމުންވެސް އެކަމާއިގެން މަޝްޣޫލުވެއްޖެނަމަ އޭނާ ފާފަވެރިވާނެކަމާއި، ރޯދަ އަލުން ޤަޟާކުރަންޖެހޭނެކަމަށް މިޙަދީޘުން ދަލީލު ލިބެއެވެ.