[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޚާދިމާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގޭތެރޭގެ މަސައްކަތްތައްކުރުމަށްޓަކައި ރަށްރަށުންނާއި އަދި ބޭރު ޤައުމުތަކުން ޚާދިމުން ގެނައުންވަނީ މިއަދު އިތުރުވެފައެވެ. ޙާއްސަކޮށް މިފަދައިން ގެނެވޭ ޚާދިމުންނަކީ އަންހެނުންކަމުގައި ފާހަގަކުރެވެއެވެ. ޝަރުޢީ މީޒާނުގައި ކިރާލައިފިނަމަ ޚާދިމުން ގެނެސް ގޭތެރޭގައި ގެންގުޅުމުގައި ގިނަގުނަ ފަސާދަތަކެއް ވާކަން ފާހަގަކުރެވެއެވެ.

 “1. ހަމަކަށަވަރުން އަންހެނުންގެ ތެރެއިން ގިނަ މީހުން (ޚާދިމާއިންގެ ގޮތުގައި) ތިބެނީ މަޙުރަމަކާނުލައެވެ.1 އަންހެނަކު މަޙުރަމަކާނުލަ ދަތުރުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ ޞަޙީޙް ބުޚާރީއާއި އަދި ޞަޙީޙް މުސްލިމުގައި އިބްނު ޢުމަރު رضي الله عنهما ރިވާކުރެއްވިކަމަށް ޘާބިތުވެފައިވާ ޙަދީޘްފުޅުގައިވާ ފަދައިންނެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. ((لاَ تُسَافِرِ الْمَرُأَةُ إِلَّا مَعَ ذِيْ مَحْرَمٍ)) [أخرجه البخاري / كتاب: جزاء الصيد/ باب: حج النساء / رقم الحديث: ١٨٦٢،   ومسلم / كتاب: الحج / باب: سفر المرأة مع محرم… / رقم الحديث: ١٣٤١]  މާނައީ: “މަޙުރަމަކާއެކު މެނުވީ އަންހެނުން ދަތުރު ނުކުރާށެވެ.”

2. ހަމަކަށަވަރުން މިފަދަ ޚާދިމާއިން ގޭގެ ސިއްރުތައް ފެނި ދެނެގަނެއެވެ. ފަހަރުގައި މިފަދަ މީހުންނަކީ މުސްލިމުންގެ ޙާލަތު ދެނެގަނެ އެމީހުންގެ ސިއްރުކަންތައްތައް ހޯދުމަށް އުޖޫރަދެވިފައިވާ ބަޔަކަށް ވެދާނެއެވެ.

3. ހަމަކަށަވަރުން (ޚާދިމާއިން ގެންގުޅުމުން) އަންހެނުން ކަންނެތްވެ ކަންފަސޭހަވެއެވެ. މިއީ އެކަނބަލުންގެ ފިކުރުތަކަށްވެސް ގެއްލުން ލިބޭނެ ކަމެކެވެ. ފަހެ ގޭތެރޭގެ ކަންތައްތައް ނުކޮށް އަންހެނާ އިންނަނަމަ އޭނަގެ ވިސްނުންކޮށިވެ، ހަނދާން ބަލިވެއެވެ.

4. ހަމަކަށަވަރުން މިފަދަ ބައެއް ޚާދިމާއިންނަކީ ޒުވާން، ރީތި ޚާދިމާއިންނަށްވުމުން، ފަހެ ފިތުނަވެރިކަން މެދުވެރިވެއެވެ. ބައެއް ފަހަރު (ގޭގެ އިސް) ފިރިހެނާގެ ފުށުންނެވެ. އަދި އަނެއްބައި ފަހަރު އޭނާގެ ދަރިންވާނަމަ އޭނާގެ ދަރިންގެ ފުށުންނެވެ…

5. ހަމަކަށަވަރުން މިފަދަ ގިނަ ޚާދިމާއިން މޫނާއި ދެއަތާއި، އަތްތިލައާއި، ފައިތިލަ އަދި ކަށިމަތިވެސް ކަޝްފުކޮށްގެންތިބެ ފިރިހެނުންގެ ގާތަށް ގޭގެއަށް ގޮސް ބޭރުތެރެއަށް ނުކުމެ އެޅެއެވެ. އަދި މި އެންމެ ކަންކަމީ ހުއްދަނޫން، ޙަރާމް ކަންކަމެވެ.

އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އެކަށީގެންވަނީ ޚާދިމާއިން ގެނައުމުން ފުރިހަމައަށް ރައްކާތެރިވުމެވެ.2

ދުޢާއަކީ ﷲ ތަޢާލާ މިފަދަ އިޖްތިމާޢީ ބަލިމަޑުކަމުން އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢު ރައްކާތެރިކޮށްދެއްވުމެވެ.

_____________________________________________

[1] މަޙުރަމަކީ އަންހެނާގެ ފިރިމީހާއެވެ. އަދި އޭނާއާއި އަބަދުގެ އަބަދަށް ކައިވެނި ޙަރާމްވެފައިވާ ފިރިހެނުންނެވެ. (އިތުރު ތަފްޞީލު)

[2] މިދާރުލްވަޠަނި ލިންނަޝްރި އިން ޗާޕްކޮށްފައިވާ (އައްޞަޙްވަތުލް އިސްލާމިއްޔާ – ފަޟީލަތުއްޝައިޚް މުޙައްމަދު އިބުނު ޞާލިޙު އަލްޢުޘައިމީން رحمه الله) އެފޮތުން ނަގާފައި