[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްތިޢުމާރުން ފެށިފެށުން ފިކުރީ ވަކިތަކަކަށް

handcuff

ޤަދީމީ އިސްތިޢުމާރަކީކޮބާ؟

އެއީ ޖޯގްރަފީގޮތުން ހޯދޭ ބިންތަކުގައި މީހުން ވަޒަންވެރިކުރުވައި އެތަންތަން ފައިދާ ލިބިގަތުމަށްޓަކައި އާރާސްތުކޮށް ބިނާކުރުމެވެ.

ޒަމާނީ އިސްތިޢުމާރަކީ ކޮބާ؟

ޒަމާނީ އިސްތިޢުމާރަކީ ސިނާޢީ އިންޤިލާބުގެ ނަތީޖާއެއްގެ ސަބަބުން ނުފޫޒު ފެތުރުމާއި ވެރިވެގަތުމާއި އަތްގަދަ ކުރުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އަދި އޭގައި ތަފާތު އުކުޅުތައް ބޭނުންކުރެވެއެވެ.

ޢާއްމުގޮތެއްގައި އިސްތިޢުމާރު ކުރެވޭ ސަބަބުތައް

 – ދުނިޔޭގެ ޤައުމުތަކުން ފަޤީރުކަން ނައްތާލައި ތަރައްޤީ ކުރުމުގެ ނަމުގައި.

 – ބައިނަލް އަޤުވާމީ ދަނޑުގައި އެބައިމީހުންގެ އާރާއި ބާރު ދެމެހެއްޓުމަށް.

 – ޔޫރަޕްގެ އުފެއްދުންތައް ވިއްކާނެ ބާޒާރުތައް ހޯދުމަށާއި

   – މަސައްކަތްކުރާނެ އަގުހެޔޮ އަތްތަކެއް ހޯދުމަށް.

 – ތަކެތި އުފެއްދުމަށްޓަކައި ހެޔޮއަގުގައި ނުވަތަ ހިލޭ ރޯމެޓީރިއަލް ހޯދުމަށް.

 – ޔޫރަޕްގެ ބޮޑެތި ސިޔާސީ ވެރިން މަޝްހޫރުވެގަތުމަށް.

އިސްތިޢުމާރުގައި އެންމެ ކުރިއަރައިފައިވާ ޤައުތައް

އިގިރޭސިވިލާތް، ފަރަންސޭސިވިލާތް، ރަޝިޔާ، އިޓަލީ

އިގިރޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:

ޢަދަން، މިޞްރު، އިންޑިޔާ، ދިވެހިރާއްޖެ، ޢިރާޤު، ކުވައިތު

ފަރަންސޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:

ލުބްނާން، މަޣުރިބް، އަލްޖަޒާއިރު، ސޫރިޔާ

އިސްލާމީ ޤައުމުތައް އިސްތިޢުމާރު ކުރުމަށް އެންމެ ބޮޑު ހުރަހަކަށްވީ:

މުސްލިމުންގެ ޢަޤީދާއެވެ. މުސްލިމުން ދެކޭގޮތުގައި މުސްލިމުން ބޯލަބަންޖެހޭ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމުގައި ވުން، އަދި އިސްލާމް ދީނަކީ މިނިވަންކަމުގެ އަގު ވަޒަންކުރާ ދީނަކަށްވުމާއި އިސްލާމްދީނުގެ އަޞްލުތައް ބިނާވެފައިވަނީ މީސްތަކުންގެ އަޅުވެތިކަމުން މީސްތަކުންނެރެ، ﷲގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުންކަމުގައި ވުން.

ހަނދާންކުރަންޖެހޭ މުހިއްމު ނުކުތާއެއް:

އިސްތިޢުމާރު އިސްލާމީ ދުނިޔެއިން ފުހެވިގެން ދިޔަނަމަވެސް އެބައިމީހުން ޙަޤީޤަތުގައި އަދިވެސް އިސްލާމީ ޤައުމުތަކުގައި އެބަ ތިއްބެވެ. މިހެން ބުނެވޭ ސަބަބު ތައް:

– މުސްލިމުންގެ ކުރިއެރުމާއި ހޭލުންތެރިކަން ނައްތައިލުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރުން.

– މުސްލިމުން ބިނާކުރި އިންސާނީ ޙަޟާރަތް ނައްތާލުމަށް މަސައްކަތްކުރުން.

– އިސްލާމީ ޝަޚްޞިއްޔަތު ނައްތާލަން މަސައްކަތްކުރުން.

– އެބައިމީހުން ބޭނުންވާ ފަސާދައިގެ “އޮއްތައް” އަމިއްލަ ފަސްގަނޑުގައި “މުޑުވައްކުރާނެ” އެބައިމީހުން ގެ ފިކުރުގެ “ދަނޑުވެރިންތައް” އެފަދަ ޤައުމުތަކުގައި އުފައްދާފައިވުން. މިފަދަ މީހުންނަކީ ޢާއްމުކޮށް ހުޅަނގުން ތަޢުލީމު ޙާޞިލްކުރުމުގެ ސަބަބުން އެބައިމީހުންގެ ސިކުނޑި ދޮވެވިފައި ތިބޭ، ލާދީނީ، އަދި ސެކިއުލަރ ވިސްނުމާއި އެމީހުން ބުނާ “މެދުމިނުގެ އިސްލާމްދީން” ނުވަތަ މޮޑަރޭޓް އިސްލާމްދީނަށް އަރާތިބި މީހުން

– އިސްލާމީ އުސޫލުތަކާ މުސްލިމުން ދުރުކުރުމަށް މަސައްކަތްކުރުން – މިކަން ޢާއްމުގޮތެއްގައި ކުރަނޭ އެކިއެކި ތަންތާޖެހޭ ތަޢުލީމާއި (ވަށާޖެހޭ ތަޢުލީމާއި) ޤައުމުގެ މަންހަޖު ނޮޓް ސޯ އިސްލާމިކް (އިސްލާމްދީނާ ބީރައްޓެހި) ގޮތަށް ބަދަލުކޮށްގެން

  – ދީނަށް ކުރާ އިތުބާރު ނައްތާލުމަށް މަސައްކަތްކުރުން- ދީނުގައިވާ ޙައްދުތަކަށް ޖޯކުޖެހުމާއި ޙަޖޫޖެހުމަކީ ޢާއްމުކަމަކަށް ހަދައި އެކަމަކީ ޤައުމުގެ މުސްލިމުން ކަންބޮޑުވާކަމެއް ކަމުގައިވެފައި ވަނިކޮށް އެކަން ޢާއްމު ކުރިމިންވަރުން އެކަމަކީ އެހާ ބޮޑު ކަމަކަށް މުސްލިމުންނަށް ނުވެ، ދީނީ ކަންތައްތަކަކީ އާދައިގެ ކުދި ކުދި ކަންތައްތައް ކަމުގައި ބަލަންފަށާ ދަރަޖައަށް އެބައިމީހުންވެސް ވިސްނުންދެއެވެ.

– މުސްލިމުންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުން – ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަމާއި، އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި – ބައިބައިވެ ކުނިވެ ފުޅައަޅާފައިވާ ނާކާމިޔާބު ދުނިޔަވީ ނިޒާމްތައް ގެނެސް – ކުލައަށް އަޅުކަންކޮށް، އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅާ، ޢާއިލާގެ އަފުރާދުންގެ މެދުގައިވެސް ސިޔާސީ ދެކޮޅުވެރިކަން އުފައްދާ ރަށްރަށުގެ މުޖްތަމަޢުތައްވެސް ފަސާދަކޮށް މުޅި ޤައުމުގެ އެކުވެރިކަން ނަގާލަނީވެސް “ހެޔޮވެރިކަމާއި” “ރައްޔިތުންގެ ވެރިކަމާއި” “ޑިމޮކްރަސީ” ގެ ނަމުގައެވެ.

އިސްތިޢުމާރުގެ އަސަރު

އިސްތިޢުމާރުގެ ސަބަބުން ޤައުމުގެ އަފުރާދުންގެ ވިސްނުމާއި ދެކޭގޮތް ބަދަލުކޮށްލައެވެ. ވިސްނުން މިގޮތަށް ބަދަލުވުމުން އެމީހެއްގެ ހުރިހާކަމެއް މަޑުމަޑުން ނުވަތަ ލަސްލަހުން ނަމަވެސް ބަދަލުވަމުން ދާނީ އިސްތިޢުމާރު (އަޅުވެތި) ކޮށްގެން އުޅޭބަޔެއްގެ ވިސްނުމާއި، ދީނާއި، ޘަޤާފަތާ އެއްގޮތަށެވެ. މިސާލަކަށް އިނގިރޭސި ވިލާތުން އިސްތިޢުމާރު (އަޅުވެތި) ކޮށްގެންތިބި ޤައުމުތަކުގައި ފެތުރިފައި ވަނީ އިނގިރޭސިބަހާއި، އިނގިރޭސީންގެ އާދަކާދައެވެ. އަދި ކިއެއްތަ ބައެއް ޤައުމުތަކުގެ މަސްވެރިން ލޯބޯ ފީއްސައިގެން ދޭހާ އަތްވެއްގައި އަދި ވެހޭހާ ވާރޭއެއްގައި ގުދާރުބިންދައިގެން ހޯދާ ފައިސާކޮޅުވެސް ދޭންޖެހެނީ ކުއީން އެލިޒަބަތަށެވެ. ކޮންމެވެސް ޖީސީ އޯލެވެލްއެއްގެ ނުވަތަ އޭލެވެލްއެއްގެ ފީގެ ނަމުގައެވެ. ފަރަންސޭސިވިލާތުން އަޅުވެތިކޮށްގެންތިބި ޤައުމުތަކުގައި އޮތީ، ފަރަންސޭސީންގެ ޘަޤާފަތާއި، ގޮތްތަކެވެ. މިކަންތައް ޚާއްޞަކޮށް އެފްރިކާގެ ޤައުމުތަކުން ފެންނަން އެބަހުއްޓެވެ

އިސްތިޢުމާރުގެ ސަބަބުން އިސްލާމީ ދުނިޔެއަށް ލިބުނު ގެއްލުންތައް:

– އިންޑިޔާ، ޒެންޒިބާރު، އަދި ޗާޑް ފަދަ އިސްލާމީ ބައެއް ޤައުމު ތަކުގައި ޢަރަބި އަކުރުގެ ބަދަލުގައި ލެޓިން އަކުރު ބޭނުންކުރަން ފެށުން. ޢަރަބި ބަސް އިސްތިޢުމާރު ކުރުމަކީ އިސްލާމްދީން އިސްތިޢުމާރުކުރުން ފަދަކަމެކެވެ. އެހެނީ އެދީނުގެ ކަންޒުތަކުގެ ތަޅުދަނޑިތަކަކީ ޢަރަބި ބަހެވެ. ޢަރަބި ބަހާ ނުލާ އެ ނުހުޅުވޭނެއެވެ.

– ތުރްކީ، މެލޭޝިއާ، ވަޟަޢީ ޤާނޫނު ތަޢާރަފްވުން. – ޔުނިވަރސިޓީ ތަކުގެ މަންހަޖުތައް ހުޅަނގުގެ ތައްގަނޑަށް ކަފާ، އެފަދަ ތަންތަނަކީވެސް “މޮޑެރޭޓް” އިސްލާމުން އުފައްދާ ތަންތަނަށް ހަދައި ޖިހާދުކުރުންފަދަ ދީނުގެ މުހިއްމު ވާޖިބުތައް އެއީ އިސްލާމުން ކިޔަވަން ނުޖެހޭ ކަންކަމަށް ހަދައިފިއެވެ.

– އިސްލާމީ ޡަޤާފަތް ގެއްލިގެން ދިއުން – އިސްލާމީ ޘަޤާފަތަކީ ބީރައްޓެހި އެއްޗަކަށް ހެދުމަށްޓަކައި ސިޔާސީގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެއެވެ.  ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަންޖެހޭނެ އެއްޗަކަށް ހަދައި ދައުލަތް ހިންގުމުގެ ނިޒާމުން އިސްލާމީ ޘަޤާފަތް ފޭކޮށް، ހުޅަނގުގެ ވަޟަޢީ ނިޒާމްތައް ވައްދައި، ކޮރަޕްޝަނާއި ފަސާދައިގެ ވިހަގަދަ މޫތައް ފަތުރައި، މަސްތުވާތަކެއްޗާއި މާރާމާރީ ޢާއްމުކޮށް، މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ވެއްޔާ މޮޑެވި، ޒަމާނީ މުވާޞަލާތީ ވަޞީލަތްތަކުގެ އެހީގައި މުސްލިމުން އެމީހުންގެ ޘަޤާފަތާ އަދި ދީނާ ދުރުކުރުވައެވެ.

މަޤްޞަދަކީ ފިކުރު އިސްތިޢުމާރު ކުރުމެވެ. ފިކުރީ ހަނގުރާމައިގެ ވަކިތަކުން ސަލާމަތްވުމަކީ ހަނގުރާމައިގެ މައިދާނެއްގައި ދުޝްމަނެއްގެ ޙަމަލާއިން ސަލާމަތްވުމަށްވުރެ އުނދަގޫކަމެކެވެ.