إِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ (ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.) 4
ޢިލްމުގެ އަހުލުވެރިންނަކީ އެއީ، ޤިޔާމަތަށް ދާންދެން ﷲގެ އަމުރުފުޅުތަކުގެމަތީ ޤާއިމުވެތިބޭނެ ބައެކެވެ. އެކަމުގެ ދަލީލަކީ މުޢާވިޔާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “مَنْ يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ وَإِنَّمَا أَنَا قَاسِمٌ وَاللَّهُ يُعْطِي وَلَنْ تَزَالَ هَذِهِ الأُمَّةُ قَائِمَةً عَلَى أَمْرِ اللَّهِ لاَ يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ…