ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-7
ޚަދީޖާ ރަޟިޔަﷲ ޢަންހާއާ ކައިވެނިފުޅު ބައްލަވައިގެންނެވުން ޤުރައިޝުންނަކީ ވިޔަފާރީގައި އަރައިހުރި ބައެކެވެ. ޝާމްކަރައާއި އެނޫންވެސް އެކި ރަށްތަކަށް، ފިނިމޫސުމުގައާއި ހޫނު މޫސުމުގައި އެބައިމީހުން ވިޔަފާރި ދަތުރުތަކުގައި ގޮސްއުޅެއެވެ. ޚަދީޖަތު ބިންތު ޚުވައިލިދު ރަޟިޔަﷲ ޢަންހާ އަކީ، މައްކާގައި ޤަދަރުވެރި މާތް އަންހެން ސާޙިބެކެވެ. އެކަމަނާއަކީ މުދާވެރި މުއްސަނދި ވިޔަފާރިވެރިއެކެވެ. އެކަމަނާގެ މުދަލުން ވިޔަފާރިކުރުމަށްޓަކައި، ވިޔަފާރި ދަތުރުތަކުގައި، އުޖޫރަދީގެން ފިރިހެން ބޭކަލުން ފޮނުއްވައެވެ. އެގޮތުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރިވެތި އަޚްލާޤުގެ ޚަބަރު، ޚަދީޖަތުގެފާނަށް…