ކަނޑުމަތީގައި މަރުވާ މުސްލިމެއްގެ ހަށިގަނޑު ކަނޑުފެއްތުމުގެ ޙުކުމް 3
އަނަސްގެފާނު ރިވާކުރެއްވިއެވެ. އަބޫ ޠަލްޙާ، ތައުބާ ސޫރަތް ކިޔަވާވިދާޅުވިއެވެ. ﴿انفِرُوا خِفَافًا وَثِقَالًا﴾ [سورة التوبة ٥٥] މާނައީ: “ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ!” އަދި އިސްވެދިޔަ އާޔަތާ ހަމައިން ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އަޅަމެންގެ ވެރި ރައްބު އެވަނީ މުސްކުޅިންނާ އަދި ޒުވާނުންވެސް ޖިހާދަށް ނުކުތުމަށް އަމުރުކުރައްވާފައެވެ. (ދެން ވިދާޅުވިއެވެ. ޖިހާދަށް ދިޔުއަށް) ތިމަން ތައްޔާރުކޮށްދޭށެވެ. އެކަލޭގެފާނުގެ ދަރިދަރިކަލުން ވިދާޅުވެއްޖެއެވެ. ކަލޭގެފާނުވަނީ ﷲ ގެ ރަސޫލާ މިދުނިޔެއާ އަލްވަދާޢު ކިޔުއްވަންދެން އެކަލޭގެފާނުގެ އަރިހުގައި ހަނގުރާމަކުރައްވާފައެވެ.…