މާތް ﷲ ރުއްސުން ލެއްވި ސަޢުދު ބިން އަބީ ވައްގާޞް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
(مِنْ سَعَادَةِ ابْنِ آدَمَ ثَلاَثَةٌ ، وَمِنْ شِقْوَةِ ابْنِ آدَمَ ثَلاَثَةٌ ، مِنْ سَعَادَةِ ابْنِ آدَمَ : الْمَرْأَةُ الصَّالِحَةُ ، وَالْمَسْكَنُ الصَّالِحُ ، وَالْمَرْكَبُ الصَّالِحُ ، وَمِنْ شِقْوَةِ ابْنِ آدَمَ : الْمَرْأَةُ السُّوءُ ، وَالْمَسْكَنُ السُّوءُ ، وَالْمَرْكَبُ السُّوءُ). رواه أحمد (1/168) ، وصححه الألباني رحمه الله في “صحيح الترغيب” (2/192).
މާނަ އަކީ: “އާދަމުގެ ދަރިޔާގެ ބާއްޖަވެރިކަމުގެ ތެރޭގައި ހިމެނޭ ތިންކަމެއް ވެއެވެ. އަދި އޭނާގެ އަބާއްޖަވެރިކަމުގެ ތެރޭގައި ހިމެނޭ ތިން ކަމެއްވެއެވެ. އާދަމުގެ ދަރިޔާގެ ބާއްޖަވެރިކަމުގެ ތެރޭގައި ހިމެނޭ ކަންތަކުގެ ތެރޭގައި: ޞާލިޙު އަނތްބަކާއި، އުޅޭނެ ރަނގަޅު ތަނަކާ އަދި ދުއްވާނެ ރަނގަޅު ސަވާރީއެކެވެ. އާދަމުގެ ދަރިޔާގެ އަބާއްޖަވެރިކަމުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި: ނުބައި އަނތްބަކާއި ދަތިއުނދަގޫ ގެއަކާ އަދި އުނދަގޫ ސަވާރީއެކެވެ.”.
= ނުނިމޭ =
_________________________