[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 21

womens rights

ފިރިހެނުންނަށް އެއް އަންބައްވުރެ ގިނައިން ހޯދޭ އިރު އަންހެނުންނަށް އެއް ފިރިއަކަށްވުރެ ގިނައިން އެއްފަހަރާ ނުގެންގުޅެވެނީ ކީއްވެތޯ ޝަކުވާ ކުރާ މީހުން އޭގެ ތެރޭގައި އުޅެއެވެ. ދަންނާށެވެ! އަންހެނަކާ ގިނަ ފިިރިހެނުންތަކެއް ދަރިން ހޯދުމަށް ޖިންސީ ގުޅުން ހިނގައިފި ނަމަ އެލިބޭ ދަރިއަކީ ކާކުގެ ދަރިއެއް ކަމެއް ނޭންގި ނަޞްލު އޮޅިގެން ދާނެއެވެ. ނަމަވެސް އެއް ފިރިހެނަކު ދެ އަނބިން ގެންގުޅެ އެދެމީހުންނަށް އެލިބޭ ދަރިއަކީ ކާކު ދަރިއެއްތޯ އުފެދޭނެ ޝައްކެއް ނޯންނާނެއެވެ. އެއީ ޖިންސީ ގުޅުން ހިނގީ ފިރިމީހާއެެވެ. އެއީ އެކަކެވެ. ވިހެއީ އޭނާގެ އެ އަނބިމީހާއެވެ. އެހެންކަމުން އެދަރިއަކީ ކާކުގެ ދަރިއެއްކަން އެނގިގެންދާނެއެވެ. އެހެންކަމުން ނަޞްލު އޮޅުންބޮޅުންވެގެން ދާނެ ކަމެއް ކަމުގައިވެސް އަންހެނުން އެއްފަހަރާ ގިނަ މީހުންނާ ކައިވެނިކުރުން ވެގެންދެއެވެ. އަދި އެއީ އަންހެނުންނަށް އެކަށީގެންވާ ކަމެއްވެސް ނޫނެވެ. އެކަމުގެ ސަބަބުން އޭނާގެ ކަރާމާތް ގެއްލިގެން ދެއެވެ. އަދިވެސް މިނޫން ވަަރަށް ގިނަ އުނދަގޫތައް އަންހެނުންނަށް އޭގެ ސަބަބުން މެދުވެރިވާނެއެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް