[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 14 –

  1. އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

“ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމާ ބެހޭގޮތުން އިމާމު އަޙްމަދުވަނީ ފޮތެއް ލިޔުއްވާފައެވެ. – އެކަލޭގެފާނަށް ﷲ ތަޢާލާ ރުއްސަވާވޮޑިގަންނަވާފާނދޭވެ. – އެފޮތުގައި އެކަލޭގެފާނުވަނީ، ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ ދެކޮޅުހެދުމުގެ ގޮތުން ޤުރުއާނުގެ ބޭރުފުށުގެ މާނައިން ދަލީލު ދައްކާ މީހުންނަށް ރައްދުދެއްވާފައެވެ. އަދި ސުންނަތުން ޙުއްޖަތްނެގުން ދޫކޮށްލި މީހުންނަށްވެސްމެއެވެ. އަދި ފައްޓަވަމުން ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން ﷲ ތަޢާލާ މުޙައްމަދުގެފާނު ފޮނުއްވީ ހިދާޔަތާއި ޙައްޤުދީނާއިގެންނެވެ. އެއީ މުޝްރިކުން ނުރުހުނުކަމުގައިވިޔަސް އެންމެހާ ދީންތަކުގެ މައްޗަށް އެދީން ގަދަކުރެއްވުމަށްޓަކައެވެ. އަދި އެފޮތަށް ތަބާވެއްޖެމީހަކަށް ހިދާޔަތާއި ނޫރު ލިއްބައިދޭ ފޮތް އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ. އަދި އެފޮތުގެ ފާޅުވެގެންވާ މާނައާ ވަންހަނާވެގެންވާ މާނައަށް މަގުދައްކައިދޭ ބޭކަލެއްކަމުގައި އެކަލޭގެފާނު ލެއްވިއެވެ. އަދި ޚާއްޞައާއި ޢާންމުކަންތައްތަކާއި ނާސިޚުއާއި މަންސޫޚާ އަދި ފޮތް ބާވާލެއްވުނު މަޤުޞަދުތަކަށްވެސްމެއެވެ.

ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم އަކީ ﷲ ގެ ފޮތް ބަޔާންކޮށްދެއްވާ ފަރާތެވެ. އަދި އޭގެ މާނަތަކަށް މަގުދައްކަވާ ފަރާތްވެސްމެއެވެ. އެކަމުގެ ހެއްކަކީ އެކަލޭގެފާނަށްޓަކައި ﷲ ތަޢާލާ އިޚްތިޔާރުކޮށްދެއްވާ ރުއްސުންލެއްވި ޞަޙާބީންނެވެ. އެބޭކަލުންވަނީ އެކަލޭގެފާނުގެ އަރިހުން އެ ނަޤުލުކުރައްވާފައެވެ.

ފަހެ، އެބޭކަލުންވީ އެންމެ ރަނގަޅަށް ރަސޫލާ صلى الله عليه وسلم ދެނެގަތް ބޭކަލުން ކަމުގައެވެ. އަދި ﷲ ގެ ފޮތުގެ މުރާދުވެސް އެންމެ ރަނގަޅަށް އެނގިލެއްވި ބޭކަލުންކަމުގައެވެ. އެއީ އެބޭކަލުންނަށް ފެނިވަޑައިގެން  ކަންތައްތައްތަކުގެ ސަބަބުންނެވެ. އެގޮތުން ރަސޫލާ صلى الله عليه وسلم އަށް ފަހު އޭގެ މާނަ ބަޔާންކޮށްދެއްވީ އެބޭކަލުންނެވެ.

ޖާބިރުގެފާނު ވިދާޅުވިއެވެ.

ﷲ ގެ ރަސޫލާ صلى الله عليه وسلم ތިމަން ބޭކަލުންގެ ތެރޭގައި ހުންނެވި ހިނދު އެކަލޭގެފާނުގެ މައްޗަށް ޤުރުއާން ބާވައިލެއްވުނެވެ. އަދި އޭގެ ތަފްސީރު އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެ ޤުރުއާނުގައިވާ ކަމަކަށް އެކަލޭގެފާނު ޢަމަލުކުރައްވައިފިނަމަ ތިމަން ބޭކަލުންވެސް އެކަމަކަށް ޢަމަލުކުރައްވަމެވެ.”

ދެން އެއަށްފަހު އެކަލޭގެފާނަށް ކިޔަމަންގަތުމާ ބެހޭގޮތުން އައިސްފައިވާ އާޔަތްތައް ބަޔާންކުރެއްވިއެވެ. [1]

= ނުނިމޭ =

___________________________________

[1]    إعلام الموقِّعين عن ربِّ العالمين ٢ / ٢٩٠- ٢٩١.

އެހެނިހެން ބައިތައް