ހަތަރުވަނަ ޙުކުމް
މިއާޔަތުގައިވާ ޙުކުމްތަށް ހުރިހާ ވަރިކުރުމަކަށް އާންމުވެގެން ވޭހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
“والمطلقات يَتَرَبَّصْنَ بِأَنْفُسِهِنَّ”(سورة البقرة:228)
މާނައީ: “އަދި ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ ނަފުސުތަކަށްޓަކައި އިންތިޒާރުކުރާ ހުށިކަމެވެ.”
މި ޙުކުމް المبتوتة އާއި ( އެބަހީ: ރުޖޫޢަކުރުމުގެ ބާރު ފިރިމީހާއަށް ލިބިފައި ނުވާ ވަރިއެވެ.) رجعي ވަރިއަށް އާންމުވެގެންވެއެވެ.
އަދި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
(وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ) [سورة البقرة:228]
މާނައީ: ” އަދި އެކަނބަލުންގެ ފިރިންނަށް ކާވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ.”
މި އާޔަތުގައިމިވާ ރުޖޫޢަކުރުމުގެ ޙުކުމަކީ ރަޖުޢީ ވަރިއަށް ޚާއްޞަވެގެންވާ ޙުކުމެކެވެ. އަދި المبتوتة އަށްވާ ޙުކުމެއްނޫނެވެ. އެހެނީ އެފަދަ ވަރީގައި ބާރުވަނީ އެކަނބަލުންގެ އަމިއްލަނަފުސުގެ މައްޗަށެވެ.
ابن كثير رحمه الله ވިދާޅުވެފައިވެއެވެ.
“މި އާޔަތުގައިވަނީ ރަޖުޢީވަރީގެ ވާހަކައެވެ. މި އާޔަތް ބާވާލެއްވިފައިވަނީ ބާއިން ވަރިޔާބެހޭގޮތަކުން ނޫނެވެ. ބާއިން ވަރިއަކީ ތިންފަށް ވަރިއަކުން ވަރިކޮށްފައިވުމެވެ. މި އާޔަތް ބާވާލެއްވުނުއިރު ފިރިހެނުންނަށް ސަތޭކަފަހަރު ވަރިކުރިޔަސް ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެންވެއެވެ. މި އާޔަތް ބާވާލެއްވުމުން 3 ވަރިއަށް ކުޑަކުރެވިގެންދިޔައެވެ. އޭގެ ސަބަބުން މިސްތަކުންގެމެދުގައި ތިންފަށްވަރިއާ ތިންފަށް ނޫންވަރި ކަނޑައެޅިގެން ދިޔައެވެ.”[1]
=ނުނިމޭ=
____________________________
[1] تفسير ابن كثير