[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 24 –

އެ ދާއިރާތަކަކީ:

  1. ދަސްކުރުމަށް ސަމާލުކަން ދިނުން
  2. ސަނަދާ ބެހޭގޮތުން ސުވާލުކުރުން
  3. ސަނަދުގައިވާ މީހުންނާމެދު ސުވާލުކުރުމާ އަދި އެކަމާ ގުޅުންހުރި ޚަބަރުތައް ނަޤުލުކުރުން. އޭގެ ސަބަބުން عِلْمُ الرِّجَال (ސަނަދުގައިވާ ރާވީންނާ ގުޅުންހުރި ޢިލްމު)ވަނީ ފެށިފައެވެ. އެކަން ވެފައިވަނީ މިއުންމަތާ އެހެން އުންމަތްތަކާ މެދުގައިވާ ފަރަޤަކަށެވެ.
  4. ފަތްފުށްތަކުގައްޔާއި ފޮތްތަކުގައި ސުންނަތް ރައްކާކުރުން. އެއަށްފަހު ބާބުތައް އަތުރާލެވިފައިވާ ފޮތްތަކަށް އެކަންވަނީ ބަދަލުވެފައެވެ. އެގޮތުން ކުތުބުއްސިއްތާއާ އިމާމް މާލިކުގެ މުވައްޠާއާއި އަދިވެސް އެހެންފޮތްތައް ލިޔެވިފައިވަނީ އެފަދަ ތަރުތީބަކަށެވެ. އަދި އިމާމު އަޙްމަދުގެ މުސްނަދާ ބައެއް އެހެން ފޮތްތައް އައިސްވަނީ مسند (ވަކި ރާވީއެއްގެ ކިބައިން އައިސްފައިވާ ޙަދީޘްތައް ތަރުތީބު) ކުރެވިގެންނެވެ. އަދި މިނޫން ދާއިރާތަކުންވެސް ޚިދުމަތްކުރެވިފައިވެއެވެ. ﷲ ގެ އިޛުނަފުޅާއެކު، އެކަމުގެ ތަފްޞީލު މިފޮތުގެ އެހެން ހިސާބެއްގައި ގެނެސްދޭނަމަވެ.

= ނުނިމޭ =

______________________

އެހެނިހެން ބައިތައް