[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެއްޗެއް ގެއްލުމުން ސޫރަތުއް ޟުޙާ ކިޔެވުމުގެ ޙުކުމް

gellumun-duha-soorai

ސުވާލު: މިފަހަކަށް އައިސް ފެތުރިފައިވާ ކަމެކެވެ. މީހަކަށް އެއްޗެއް ބޭއްވުނު ތަނެއް ނޭނގި ގެއްލުމުން އޭނާ ސޫރަތުއް ޟުޙާ ކިޔަވައެވެ. އަދި ﷲ ގެ އިޛުނަފުޅާއެކު އެއެއްޗެއް ފެނެއެވެ. އެއީ އެއިލާހުގެ ބަސްފުޅު ﴿وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ﴾ [މާނައީ: “އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.”]ގެ ސަބަބުންނެވެ. މިއީ ރަސޫލުﷲ صلى الله عليه وسلم  ކަންތައް ކުރައްވާފައިވާ ގޮތެއް ނޫނެވެ. ފަހެ، އެފަދައިން ބުނާ މީހަކަށް އަހަރެމެން ރައްދުދޭނީ ކިހިނެތް ހެއްޔެވެ؟

ޖަވާބު:

الحمد لله

ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ދީން ފުރިހަމަ ކޮށްދެއްވާފައެވެ. އެއީ އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.

﴿… الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا …﴾ [سورة المائدة ٣]

މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

އަދި ރަސޫލުﷲ صلى الله عليه وسلم  ވަނީ އަޅުގަނޑުމެންނަށް ފުރިހަމައަށް ފޯރުކޮށްދީފައެވެ. ފަހެ، ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ޝަރުޢު ކުރައްވާފައިވާ އެއްޗަކަށްވުރެ އިތުރަށް ކަމެއް އިތުރު ކުރާނެ މީހަކު އަޅުގަނޑުމެންނަށް ބޭނުންވެގެންނެއް ނުވެއެވެ.

ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ އެއްޗަކަށްވުރެ އިތުރަށް ކަމެއް އިތުރުކުރާމީހާ ދަންނައެވެ. ފަހެ، އޭނާގެ މައްޗަށް ދެކަމެއް ލާޒިމުވެއެވެ. އޭނާ ޝަރީޢަތަށް ފުރިހަމައަށް އީމާން ނުވަނީއެވެ. ނުވަތަ ރަސޫލުﷲ صلى الله عليه وسلم ފުރިހަމައަށް ދީން ފޯރުކޮށް ނުދެއްވާކަމަށް ދަޢުވާކުރަނީއެވެ.

އެހެންކަމުން ޝާޠިބީ رحمه الله ވިދާޅުވެފައިވެއެވެ.

“ޝަރީޢަތްވަނީ ފުރިހަމަވެފައެވެ. އެއަށް ކަމެއް އިތުރުކުރުމަކަށް ނުވަތަ އުނިކުރުމަކަށް ބޭނުންވެގެންނުވެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:

﴿… الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا …﴾ [سورة المائدة ٣]

މާނައީ: “… މިއަދު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ…” މިފަދައިންނެވެ.

އަދި ދީނާއި ދުނިޔަވީ ކަންކަން ފުރިހަމައަށް ބަޔާންކޮށްދެއްވުމަށްފަހު މެނުވީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވެވަޑައިނުގަންނަވާކަން ޘާބިތުވެފައިވެއެވެ. އަދި މިކަމަކީ ސުންނަތުގެ އަހުލުވެރިންގެ މެދުގައި ޚިލާފެއް އޮތްކަމެއް ނޫނެވެ.

ފަހެ، އެފަދައިން އެކަން އޮތްއިރު ބިދުޢަވެރިޔާއަށް އޭނާގެ ޙާލުގެ ދުލުން އެބުނެވެނީ: ހަމަކަށަވަރުން ޝަރީޢަތް ފުރިހަމައެއް ނުވެއެވެ. އަދި ހަމަކަށަވަރުން އެބައި ފުރިހަމަކުރުމަށް އިތުރު ފަރުޟު ނުވަތަ މުސްތަޙައްބު ކަންތައްތަކެއް ވެއެވެ. އެހެނީ ހުރިހާ ގޮތަކުން ޝަރީޢަތް ފުރިހަމަވެގެންވާކަމަށް ޤަބޫލުކުރާމީހާ އާކަންތައްތަކެއް އިތުރުކޮށް ކަންކަން އިތުރަށް ފުރިހަމަކުރުމަށް މަސައްކަތެއް ނުކުރާނެއެވެ. އަދި އެފަދައިން ބުނާ މީހަކު އެވަނީ ސީދާވެގެންވާ މަގުން ކައްސާލާފައެވެ. 

އިބްނުލް މާޖިޝޫން ވިދާޅުވެފައިވެއެވެ. މާލިކު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. “އިސްލާމްދީނުގައި ބިދުޢައެއް ހަދައި އެއީ ރަނގަޅުކަމެއްކަމަށް ދެކެފިމީހަކު ހަމަކަށަވަރުން އެދަޢުވާކުރަނީ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނަށް ބާވައިލެއްވުނު ރިސާލަތަށް ޚިޔާނާތްތެރިވެވަޑައިގަތްކަމަށެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:

﴿… الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ…﴾ [سورة المائدة ٣]

މާނައީ: “…މިއަދު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ…” މިފަދައިންނެވެ.

ފަހެ، އެދުވަހު ދީނުގެ ކަމެއްކަމުގައި ނުވިކަމެއް މިއަދު ދީނުގެ ކަމެއްކަމުގައި ނުބެލެވޭނެއެވެ.  

 [الاعتصام (ص 33)]

އަދި ޝައިޚް ބަކުރު އަބޫ ޒައިދު رحمه الله ވިދާލުވެފައިވެއެވެ.

“އަދި ދަލީލެއް ނެތި އާޔަތެއް ނުވަތަ ސޫރަތެއް، ވަކި ޒަމާނަކަށް ނުވަތަ ތަނަކަށް ނުވަތަ ޙާޖަތްތަކުގެތެރެއިން ޙާޖަތަކަށް ޚާއްޞަކުރުން ބިދުޢައިގެ ތެރޭގައި ހިމެނެއެވެ. އަދި ދަލީލެއް ނެތި ޙާއްޞަކުރުމަށް ޤަޞްދުކުރުންވެސްމެއެވެ.

އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

– ޙާޖަތެއް ފުއްދުމުގެ އަދި ދަތިކަމަކުން ސަލާމަތްވުމުގެ ނިޔަތުގައި ސޫރަތުލް ފާތިޙާ ކިޔެވުން.

– ޙާޖަތެއް ފުއްދުމުގެ ނިޔަތުގައި ޔާސީން ސޫރަތް ސާޅީސް ފަހަރު ކިޔެވުން.” [ޝައިޚުގެ ބަސްކޮޅުގެ ޚުލާޞާ ނިމުނީ] [ بدع القراءة ” (ص/14-15)]

ފަހެ، އެއްޗެއް ގެއްލުމުން ސޫރަތުއް ޟުޙާ ކިޔެވުމަށް ޚާއްޞަކުރުމަކީ ރަސޫލުﷲ صلى الله عليه وسلم އަށް ޙައްޤުވެގެންވާ ޤަދަރު އެކަލޭގެފާނަށް ނުދީ ހަދާފައިވާ ބިދުޢަތަކުގެ ތެރެއިން ބިދުޢައެކެވެ.

އެހެން ނޫންނަމަ… ރަސޫލުﷲ صلى الله عليه وسلم ގެ ޤަދަރު އެބައިމީހުންނަށް އެނގޭނަމަ އަޅުގަނޑުމެންގެ މައްޗަށް ޝަރުޢު ކުރައްވާފައިވާ އެއްޗަކަށް އެއްގޮތަކަށްވެސް އިތުރު ނުކުރާނެއެވެ.

ދުޢާއަކީ، އަޅުގަނޑުމެންނީ ﷲގެ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުން ދެއްކެވި މަގުގައި ހިފައިގެން ތިބޭ ބައެއްކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން ލެއްވުމެވެ.

والله أعلم

_______________________

މިއީ islamqa.info ގައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އަޞްލު ބެއްލެވުމަށް