[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 6

6. ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބިމަކީ މައްކާކަމުގައިވުން

 

މައްކާއަކީ އެންމެ ހެޔޮވެގެންވާ ބިމެވެ. އަދި ﷲ ތަޢާލާގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބިމެވެ.

ޢަބްދުއްﷲ ބުނި ޢަދިއްޔު ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގެ ޙަޒްވަރަތުއޭ ކިޔުނު ބިމުގައި ކޮޅަށް ހުއްޓިވަޑައިގެން ހުންނަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.

ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”ﷲ ގަންދީ ބުނަމެވެ. ތިބާއީ ﷲ ތަޢާލާގެ ބިންތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބިމެވެ. އަދި ﷲ ތަޢާލާގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބިމެވެ. ތިމަންކަލޭގެފާނު ތިބިމުން ނުނެރެލެވުނުނަމަ، ތިބިމުން ނުނުކުތީމުހެވެ.”

 

އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

”ތިބިމަށްވުރެ ތިމަންކަލޭގެފާނަށް ކަމުދާ، އަދި ލޮބުވެތިކަންބޮޑުވެގެންވާ އެހެން ބިމެއް ނުވެއެވެ. ތިރަށުގެ އަހުލުވެރިން (އެބަހީ މައްކާގެ މުޝްރިކުން) ތިމަންކަލޭގެފާނު ނުނެރެލިނަމަ، ތިނޫން އެހެން ބިމެއްގައި ތިމަންކަލޭގެފާނު ދިރިނޫޅުނީމުހެވެ.”

 

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.