[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 8

މައްކާގައި ޒިޔާރަތްކުރެވޭ ތަންތަން

އަޅުކަންކުރުމުގެ ނިޔަތުގައި މައްކާގައި ޒިޔާރަތް ކުރެވޭނީ ހަމައެކަނި ގެފުޅަށާއި، އެގެފުޅުގެ މިސްކިތަށެވެ.  ދެން ޙައްޖުކުރާއިރު މިނާ، ޢަރަފާތު ބިން އަދި މުޒުދަލިފާއަށެވެ.

ދެން މިނޫން އެހެންތަންތަން މިސާލަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިންގަވައިފައިވާ ތަންތަނާއި، ނަމާދުކުރެއްވިތަންތަނާއި، ދުނިޔޭގެ އަލިކން ދެކެވަޑައިގެނެނެވި ތަނާއި، ހިރާ ފަރުބަދައިގެ ހޮހޮޅައާއި ޘައުރު ފަރުބަދައިގެ ހޮހޮޅައަށް އަޅުކަމުގެ ނިޔަތުގައި ޒިޔާރަތް ކުރުމެއް ނުވެއެވެ. އަދި މަތިވެރި ސަވާބާއި ދަރުމަ ލިބޭނެކަމަށްހިތާ އެތަންތަނަށް ޒިޔާރަތް ކުރުމެއްވެސް ނުވެއެވެ.

އިބްނި ވަޟާޙް ބިން މަޢްމޫރު ރިވާކުރައްވައިފައިވެއެވެ.

އެއްފަހަރަކު އަޅުގަނޑުމެން އަމީރުލް މުއުމިނީން ޢުމަރު ބުނި އަލްޚައްތާބާއިއެކު މައްކާއިން މަދީނާއަށް ދިޔައީމުއެވެ. ދެން ފަތިސްވުމުން އެކަލޭގެފާނު އަޅުގަނޑުމެންނާއިއެކު އިމާމުވެ ނަމާދު ކުރެއްވިއެވެ. ދެން މީސްތަކުން ބައިބަޔަށް ތަނަކަށް ދާތަން އެކަލޭގެފާނަށް ފެނުނެވެ.

ދެން އެކަލެގެފާނު އެބައިމީހުން އެދާ ތަނަކާމެދު ސުވާލުކުރެއްވިއެވެ. އެކަލޭގެފާނަށް ޖަވާބު އެރުވުނެވެ. އަމީރުލް މުމިނިންނޭވެ. އެބައިމީހުން އެދަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެމިސްކިތެއްގައި ނަމާދުކުރެއްވި މިސްކިތެއްގައި ނަމާދުކުރުމަށެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވީވެސް ހަމަމިފަދަ ގޮތަކަށެވެ. އެބައިމީހުންވެސް ނަބިއްޔުންގެ އާޘާރުތަކަށް ތަބަޢަވިއެވެ. ދެން އެތަންތަނުގައި ފައްޅިތަކާއި ކަނީސާތައް ބިނާކުރިއެވެ. މީގެން މިސްކިތެއްގައި ނަމާދުކުރުމުގެ ފުރުޞަތު ލިބިއްޖެމީހާ އެމިސްކިތެއްގައި ނަމާދުކުރާށެވެ. ފުރުޞަތު ނުލިބުނުމީހާ، އެކަމާ  އިތުރަށް އަޅާނުލާށެވެ. އެމިސްކިތްތަކުގައި ނަމާދުކުރުން ޤަޞްދުކޮށް ދާން ނުހަދާށެވެ. ”

ހަމަމިފަދައިން ޢުމަރުގެފާނުވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އެގަހެއްގެ ދަށުގައި ބައިޢަތު ހިފެވުނު ގަސްވެސް ކެނޑުމަށް އަމުރުކުރައްވައިފައެވެ. އެއީ މީސްތަކުން އެގަސް ކައިރިއަށް ގޮސް ނަމާދުކޮށް ހަދާތީވެ، ފިތުނައަށް ބިރުވެތިވެވަޑައިގެންނެވެ.

 އަޅުގަނޑުމެންނަށް ވާޖިބުވެގެންވަނީ ސުންނަތުގައި ހިފެހެއްޓުމުވެ. ބިދުޢައާއި ދީނުގައި އަލަށް އުފައްދާ ކަންތައްތަކުން ދުރުވުމެވެ.

މުސްލިމް އަޅާއަށް ވާޖިބުވެގެންވަނީ ދީނުގައި ސާފުކޮށްއެނގެންހުރި، ޤުރުޢާނާއި ސުންނަތުން ސާބިތުވާ ކަންކަންކުރުމުގައި ވަޤުތުތައް ހޭދަކުރުމެވެ.

އަދި އެކަންކަމުގެ ސައްޙަކަން މާބޮޑަށް ޔަޤީންނުވާ ކަންތައްތަކުގައި ތިމާގެ ޢުމުރުނަގައިނުލުމެވެ. އެންމެހާ މަކުރޫހަ ކަންތައްތަކާއި ޙަރާމް ކަންތައްތަކުން ދުރުވެގަތުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

”ކަލޭގެފާނު ވިދާޅިވާށެވެ. ޢަމަލުތައް އެންމެ ބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަންހެއްޔެވެ؟ އެއުރެންނީ ދުނިޔަވީ ޙަޔާތުގައި އެއުރެންގެ ޢަމަލުތައް ބާތިލުވެ ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް ހީކުރެތެވެ.”  އަލްކަހްފް 104

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.