[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 14

މި އާޔަތްތަކުން ލިބިގެންދިޔަ އިރުޝާދުތައް

  1. ރަޖުޢީ ވަރިއާއި ބާއިން ވަރީގައި ޢިއްދަ ވާޖިބުވެގެންވުން. އެއީ އަންހެނާގެ ރަހިމުގެ ހުސްކަން ސާބިތުކުރުމަށެވެ.
  2. ރަޙިމުގެތެރޭގައިވާ އެއްޗެއް ފޮރުވުން ޙަރާމްވެގެންވާކަން އެނގިގެން ދިޔައެވެ. އެއީ މާބަނޑުވުން ނުވަތަ ޙައިޟެވެ. އަދި އެކަމުގެ މައްޗަށް އަންހެންމިހާ އަމާނާތްތެރިވުން ހުއްޓެވެ.
  3. ދެމަފިރިން އެކަކުއަނެކަކުގެ ޙައްޤުތަކާއި ވާޖިބުތައް އަދާކޮށްދެން ޖެހެއެވެ. އަދި ފިރިމީހަށް އަނބިމީހާގެ މައްޗަށް ބާރަކާއި ދަރަޖައަކާއި ޝަރަފުވެރިކަމެއްވެއެވެ.
  4. ރަޖުޢީ ވަރިއަކުން ވަރިކޮށްފިކަމުގައިވާނަމަ ރުޖޫޢަކުރުމުގެ ބާރު ފިރިމީހާއަށް ލިބިފައިވަނީ ހަމައެކަނި ދެފަހަރުއެވެ. އަދި ތިންވަނަފަހަރު ވަރިކޮށްފި ކަމުގައިވާނަމަ އެހެން ފިރިހެނަކާ ކައިވެނި ކޮށްފުމަށްދާންދެން ފުރަތަމަ ފިރިމީހާގެ މައްޗަށް އެ އަންހެންމީހާ ޙލާލުވެގެން ނުވެއެވެ. އަދި ދެވަނަ މީހަކާ ކުރާ ކައިވެނި ވާންޖެހޭނީ ދެމިގެންދާގޮތުގައި ހެޔޮގޮތުގައު ދިރިއުޅުމަށްޓަކައި ކުރެވޭ ޞައްޙަ ކައިވެންޏަކަށެވެ.
  5. ފިރިން އަބިންނަށް ގެއްލުންދިނުމާއި އަނިޔާވެރިވެގެން ނުވާނެކަން އެނގިގެންދިޔައެވެ.
    = ނިމުނީ =

    ____________________________

    މިލިޔުމުގެ އެހެން ބައިތައް