[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަޙިމުގެ ގުޅުން ޤާއިމުކުރުން 1

ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ﷲ ތަޢާލާއާ ނުހަނު ކުއްތަންކުރުވާ ޢަމަލެކެވެ. އަދި އެއީ އެއިލާހަށް ކިޔަމަންގަތުމުގެ ގޮތުން ކުރެވޭ އިތުރުކަންބޮޑު ޢަމަލެކެވެ. ﷲ ތަޢާލާގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން އެއިލާހުވަނީ، ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ވަޤުތުގައި ބަރަކާތްލެއްވޭ އަދި ރިޒްޤު ތަނަވަސްކޮށްދޭ ކަމެއްކަމުގައި ލައްވާފައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [متفق عليه]

މާނައީ: “ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ.”

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ރަޙިމުގެ ގުޅުން ޤާއިމުކޮށް އަދި އެ ދަމަހައްޓާ ބަޔަކަށްވުމެވެ. އެގޮތުން ކުރެވިދާނެ އެންމެ ރަނގަޅު އެއްކަމަކީ ކޮންމެ ހަފްތާއެއްގެވެސް ވަކިދުވަހެއްގައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް އެބައިމީހުންނާ ވާހަކަދައްކާލުމެވެ. އޭގެ ސަބަބަން ހިތްތައް ސާފުވެއެވެ.

އަދި އެބައިމީހުންނަށް ޒިޔާރަތްކުރުމަކީ ޢިލްމު ޙާޞިލުކުރުމާއި މީސްތަކުންނަށް ދަޢުވަތުދިނުމާ އަދި މީސްތަކުންނަށް ފައިދާ ކޮށްދިނުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ. ފަހެ އެބައިމީހުންނަށް ޒިޔާރަތްކުރުމަކީ ޢުމުރުގައި ބަރަކާތްލެއްވޭކަމެކެވެ. އެމީހެއްގެ ޙަޔާތުގައި ބަރަކާތް އިތުރުވުމަށް އެދޭމީހާ ފަހެ ރަޙިމުގެ ގުޅުން ޤާއިމުކުރުން އިތުރުކުރާށެވެ.

އިބްނުއްތީން ވިދާޅުވިއެވެ.

“ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ހެޔޮޢަމަލުތައްކުރުމަށް ތައުފީޤުލިބުމުގެ ސަބަބެކެވެ. އަދި ފާފަތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި އެމީހަކު މަރުވުމަށްފަހުވެސް ރިވެތި ޘަނާ ދެމިގެންދާ ކަމެކެވެ. އެފަދަ މީހަކީ ދިރިހުރިމީހެއް ފަދައެވެ.”

_______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް