[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 40

އަނބިކަނބަލުންގެ އަޑުލައި ހައްދެވުމުން ކެތްތެރިވެވަޑައިގަންނަވާ ކަމުގައިވިއެވެ:

އެއްދުވަހަކު އަބޫ ބަކުރު رضي الله عنه ނަބިއްޔާ صلى الله عليه وسلم އަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ގެކޮޅަށް ވަދެވަޑައިގެންނެވި ހިނދު ޢާއިޝާ رضي الله عنها ރަސޫލާ صلى الله عليه وسلم ގެ މައްޗަށް އަޑުފުޅުއުފުއްލަވައި ހައްދަވާ އަޑު އިވިވަޑައިގެންނެވިއެވެ. އެހިނދު އެކަމަނާގެ އަރިހަށް ކައިރިވެވަޑައިގެން ދެންނެވިއެވެ: “އޭ އުއްމު ރަވްމާންގެ އަންހެން ދަރިއާޔާއެވެ! ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ މައްޗަށް އަޑުއުފުލަނީ ހެއްޔެވެ؟”. އެހިނދު ނަބިއްޔާ صلى الله عليه وسلم އެދެބަފައިންގެ ދެމެދަށް ވަދެވަޑައިގެން ހުރަސްއެޅުއްވިއެވެ. އަދި އަބޫ ބަކުރު رضي الله عنه އެގެކޮޅުން ނިކުމެވަޑައިގެންނެވުމުން ޢާއިޝާ رضي الله عنها އަށް ޙަދީޘްފުޅު ކުރެއްވިއެވެ: “ކަމަނާގެ ބައްޕާފުޅާއި ކަމަނާއާ ދެމެދަށް ތިމަންކަލޭގެފާނު ހުރަސް އެޅުއްވި ތަން ދެކިވަޑައިނުގަންނަވަމުތޯއެވެ؟”. އެއަށްފަހު އަބޫ ބަކުރު رضي الله عنه އަލުން އެގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم އާއި ޢާއިޝާ رضي الله عنها ހިނިވަރުނަކުރައްވަން ތިއްބަވަނިކޮށް ފެނިވަޑައިގެން ދެންނެވިއެވެ: “އޭ ﷲ ގެ ރަސޫލާ صلى الله عليه وسلم އެވެ. ތިޔަ ދެކަލުންގެ ދެމެދުގައި ހިނގި ހަނގުރާމައިގައި ތިމަންކަލޭގެފާނު ބައިވެރި ކުރެއްވި ފަދައިން ތިޔަ ދެކަލުންގެ ޞުލްޙައިގައިވެސް ތިމަންކަލޭގެފާނު ބައިވެރި ކޮށްދެއްވާށެވެ”. أحمد 17927 صححه الألباني في الصحيحة 2901.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 39