[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ އިޤްތިޞާދު 101 (3)

އަސާސް 2: މުދާ މިލްކުކުރުމާއި ހޭދަކުރުމުގެ ޙައްޤުދެވިފައިވާ މިންވަރު

 

އިސްލާމް ދީނަކީ އެއްވެސް ކަމެއްގައި ވަކި އަތަކަށް ހައްދުފަހަނަ އެޅުމެއްނެތި ވަޒަން ހިފަހައްޓާ ދީނެކެވެ. މި ގޮތުން އިސްލާމްދީނުގައި ޢާންމު ފަރުދުންނަށް މުދާ މިލްކުކުރުމުގެ މިނިވަންކަން ދީފައިވެއެވެ. އެހެންނަމަވެސް މުޖުތަމަޢުގެ އެންމެންނަށް ބޭނުންޖެހިފައިވާ ބައެއް އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ސަރުކާރުގެ ބެލެނިވެރިކަމުގައި ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއްވެސް އިސްލާމީ އިޤްތިޞާދުގައިވެއެވެ. އަދި އެހެންމީހުންގެ ޙައްއްޤުތަކަށް އަރައިގަންނަ ވިޔަފާރިވެރިންނާމެދު ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ދީފައިވެއެވެ.

މުދާ ހޭދަކުރަންވީ ގޮތުގެ އިރުޝާދުތަކަށް ބަލާލާއިރު، އަލް އިސްރާ ސޫރަތުގައި މުށް ބާރުކުރުމެއް، އަދި އެކީއެކަށް ހުޅުވާލުމެއް ނެތި މެދުމިނުގައި ޚަރަދުތައް ބެހެއްޓުމަށް އިރުޝާދު ދެއެވެ.

﴿وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا﴾ [الإسراء: 29]

މާނައީ: “ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ ޙާލު، ތިބާ އިންނަން ޖެހިދާނެއެވެ.”

އަދި  ގާތްތިމާގެ މީހުންނާއި، މިސްކީނުންނާއި، ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެމީހުންގެ ޙައްޤު އަދާ ކުރުމަށް އަންގަވައެވެ. އަދި އިސްރާފު ނުކުރުމަށް އަންގަވައެވެ.

 

﴿وَلَا تُبَذِّرْ تَبْذِيرًا﴾ [الإسراء: 26]

މާނައީ: “އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ!”

﴿إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا﴾ [الإسراء: 27]

މާނައީ: “ހަމަކަށަވަރުން، އިސްރާފުކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރައްބަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ.”

އަދި ޔަތީމުންގެ މުދަލަށް އަރައިނުގަތުމަށް އަންގަވައެވެ. އެއްޗެއް ކިރާނަމަ ނުވަތަ މިނާނަމަ ތިލަފަތް ހަމަ ކުރުމަށް އަމުރު ކުރައްވައެވެ.

މާތްވެގެންވާ އިސްލާމް ދީނުގައި، ފައިސާ ނުވަތަ މުދާ ހޯދުމާއި، ހޭދަކުރުމުގައި، ޝަރުޠުތަކެއް ކަނޑައެޅިފައި ވެއެވެ.

އެއީ:

 (1) ޙަލާލު ގޮތުގައި ފައިސާ ނުވަތަ މުދާ ހޯދުން

(2)  ޒަކާތް ދިނުން

(3)  ހުއްދަ ކަންތަކުގައި ހޭދަކުރުން، މިއެވެ.

 

=ނުނިމޭ=

 


މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް