[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނުބައި އެކުވެރިން 1

ދީންވެރިކަމާއި ސުލޫކާއި އަދަބު އަޚްލާޤާއި އުންމީދުތަކަށް، ނުބައި އެކުވެރިންގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ» [رواه أبو داود وحسنه الألباني]

މާނައީ: “މީހާވާހުށީ އޭނާގެ ގާތް ރަޙްމަތްތެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު އޭނާ ގާތް ރަޙްމަތްތެރިންކަމުގައި ހަދަނީ ކާކުތޯ ބަލާށެވެ.”

ނުބައި އެކުވެރިންގެ ފުށުން ގެއްލުންވާކަމީ ވަރަށް ސާފުކަމެކެވެ. އިންސާނާއަށް އެބައިމީހުންގެ ފުށުން ކުރާ ނޭދެވޭ އަސަރުގެ ސަބަބުން އިސްލާމްދީންވަނީ އެފަދަ މީހުންނާއެކު އުޅުމާ ބެހޭގޮތުން އިންޛާރުދެއްވާފައެވެ. އަދި އެބައިމީހުންނާ އެކުގައި އުޅުން ޙަރާމް ކުރައްވާފައެވެ. އަދި (ކާފިރު މުޖުތަމަޢުތައް ދޫކޮށް) ރަނގަޅު (އިސްލާމީ) މުޖުތަމަޢުތަކަށް ހިޖުރަކުރުން ވާޖިބުކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَـٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا﴾ [سورة النساء ٩٧] 

މާނައީ: މާނައީ: “ހަމަކަށަވަރުން އެބައިމީހުންގެ ނަފުސުތަކަށް އަނިޔާވެރިވެގެން ތިބޭ ޙާލުގައި، މަލާއިކަތުން އެބައިމީހުންގެ މަރުހިއްޕަވާ މީހުންނަށް ވިދާޅުވާނެއެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައި ހެއްޔެވެ. އެބައިމީހުން ދަންނަވާނެއެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެއެވެ. ތިޔަބައިމީހުން، އެ ބިމުގައި ހިޖުރަކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެން ނުވޭ ހެއްޔެވެ. ފަހެ، (ޤިޔާމަތްދުވަހުން) އެބައިމީހުން ތިބެނިވި ތަނަކީ ނަރަކައެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.”

 = ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް