[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަތަނުތައް ހިދުތަސްކުރުން 2

އަހަރެން ދަސްކުރަންވީ ކޮން މަތަނުތަކެއް؟

ދީން ކިޔަވަން ފަށާއިރު، އެކަމުގެ ކުރީ ކޮޅުގައި ކީރިތި ޤުރުއާން ހިތުދަސްކުރާށެވެ. އަދި އޭގެ މާނަތައް ދެނެ ގަނެ އެއާމެދު ވިސްނާ ފިކުރުކުރާށެވެ. ދެން އެއަށްފަހުގައި ޢަޤީދާގެ މަތަނުތަކެއް ދަސްކުރާށެވެ. ފަހެ ޢަޤީދާ ރަނގަޅުވުމަކީ ނިޔަތް ރަނގަޅުވެގެން ދާނޭކަމެކެވެ. އަދި ނަފްސު ކޮންޓްރޯލުކުރުމުގެ ބާރަކަށްވެގެންދާނޭ ކަމެކެވެ. އަދި ކުރާ ޢަމަލުތަކުގައި ބަރަކާތްލެއްވޭނެ ސަބަބެކެވެ. އަދި ތިބާގެ ޛިކުރު ދެމިގެންދާނޭ ކަމެކެވެ.

ދެން އެއަށްފަހުގައި އެކި ފަންނުތަކުގެ މަތަނުތައް ދަސްކުރާށެވެ. އެގޮތުން ތަޖްވީދާއި ޙަދީޘްގެ މުޞްޠަލަޙުތަކާއި ޙަދީޘާއި ފިޤުހާއި އުޞޫލުލް ފިޤުހާއި ފަރާއިޟާއި ނަޙްވާއި (ޢަރަބިބަހުގެ ޤަވާޢިދާއި) އަދަބު ދަސްކުރާށެވެ. އެގޮތުން ދަސްކުރަންވީ އެންމެ މުހިންމު މަތަނުތައް ތިރީގައި އެވަނީއެވެ. މަތަނުތައް ތަރުތީބުކޮށްފައިވާނީ ފަންނުތަކުގެ ތަރުތީބުންނެވެ.

  1. ކީރިތި ޤުރުއާން: ޤުރުއާން ދަސްކުރަމުންދާއިރު ހަމައެކަނި ޤުރުއާން ދަސްކުރުމުގެ ބަދަލުގައި އެހެން މަތަނުތައްވެސް އެއާއެކު ދަސްކުރެވޭތޯ މަސައްކަތްކުރާށެވެ.
  2. ތަޖްވީދު: جمزوري ލިޔުއްވާފައިވާ تحفة الأطفال ގެ ޅެންބައިތުތައް ހިތުދަސްކުރާށެވެ. އެއީ 61 ބައިތެވެ.
  3. ޢަޤީދާ: އަންނަނިވި ތަރުތީބުން އެފޮތްތައް ދަސްކުރާށެވެ.

نواقض الإسلام

القواعد الأربع

ثلاثة الأصول

كتاب التوحيد

މިހަތަރު މަތަނަކީ ޝައިޚު މުޙައްމަދު ބުން ޢަބްދުލް ވައްހާބު ލިޔުއްވާފައިވާ ފޮތްތަކެވެ.

    – شيخ الإسلام ابن تيمية ގެ العقيدة الواسطية

        – العقيدة الطحاوية

  1. މުޞްތަލަޙުލް ޙަދީޘް: އަންނަނިވި ފޮތްތައް ދަސްކުރާށެވެ.

-البيقونية ޅެން ބައިތުތައް ދަސްކުރާށެވެ. އެއީ 34 ބައިތެވެ.

– ابن حجر ގެ نخبة الفكر

  1. ޙަދީޘް: މިފަންނުގައި އަންނަނިވި މަތަނުތައް ދަސްކުރާށެވެ.

الأربعون النووية

– عمدة الأحكام

– بلوغ المرام

  1. އުޞޫލުއް ފިޤުހު: الجويني ގެ الورقات ދަސްކުރާށެވެ.
  2. ފިޤުހު: މިފަންނުގައި އަންނަނިވި މަތަނުތައް ދަސްކުރާށެވެ. [1]
  1. – محمد بن عبدالوهاب ގެ شروط الصلاة

– الحجاوي ގެ زاد المستقنع

މި ފޮތަކީ ފިޤުހީ ޙުކުމްތަކާއި ގިނަ ފިޤުހީ މަސްއަލަތަކެއް ބަޔާންކޮށްފައިވާ ފޮތެކެވެ.

  1. ފަރާއިޟު (ވާރުތަ މުދާ ބެހުން): الرحبية ދަސްކުރާށެވެ. އެއީ 176 ބައިތެވެ.
  2. ނަޙްވު (ޢަރަބި ބަހުގެ ޤަވާޢިދުތައް): މިފަންނުގައި އަންނަނިވި މަތަނުތައް ދަސްކުރާށެވެ.

– الآجرومية

– ابن مالك ގެ ألفية

  1. އަދަބު އަޚުލާޤު: މިފަންނުގައި އަންނަނިވި މަތަނުތައް ދަސްކުރާށެވެ.

– أبو الفتح البستي ގެ النونية ދަސްކުރާށެވެ. عنوان الحكم ، މިނަމުންވެސް މި ޅެން ބައިތުތަކަށް ނަން ދެވިފައި ވެއެވެ. މިފޮތަކީ ޢިލްމުވެރިންގެ އަރިހުގައި އިސްލާމީ އަދަބު އަޚްލާޤުގެ އެންމެ މުހިންމު އެއް ފޮތެވެ. މިބައިތުތައްވަނީ ޙިކުމަތާއި އަދަބު އަޚުލާޤުން ފުރިފައެވެ. މިޅެން ބައިތުތަކުގެ ޢަދަދަކީ 63 އެވެ. އަދި މިބައިތުތައް ފަށާފައިވަނީ:

زيـادَةُ المَرء فـي دُنيـاهُ نقصـانُ * * * وربْحُـهُ غَيرَ محض الخَير خُسـرانُ

“ދުނިޔަވީ ކަންކަމުގައި އިތުރުކުރުމީ ޙަޤީޤަތުގައި އުނިކަމެކެވެ.

އަދި ސާފުސީދާ ހެޔޮކަމެއްގައި ފިޔަވައި އެހެންކަމަކުން ލިބޭ ފައިދާއަކީ ޙަޤީޤީ ގެއްލުމެކެވެ.”

– أبو إسحاق الإلبيري ގެ ޅެން ބައިތުތައްވެސް ދަސްކުރާށެވެ. އެއީ ވަރަށް ފުން މާނަތަކެއް އެކުލެވިގެންވާ ނަސޭޙަތާއި އިރުޝާދުން ފުރިފައިވާ ބައިތުތަކެކެވެ. އެ ޅެން ބައިތުތަކުގެ ޢަދަދަކީ 115 އެވެ. އެ ބައިތުތައް ފަށާފައިވަނީ:

تفت فؤادك الأيام فتا * * * وتنحت جسمك الساعات نحتا

“ދުވަސްތައް ވޭތުވަމުންދާ ވަރަކަށް ހިތް ބަލިކަށިވަމުން ދެއެވެ.

އަދި ވަގުތުތައް ފާއިތުވަމުންދާ ވަރަކަށް ހަށިގަނޑުވެސް ނިކަމެތިވަމުން ދެއެވެ.”

މިމަތަނުތައް ދަސްކުރަންވީ ކޮން ތަރުތީބަކުން؟

  1. ކީރިތި ޤުރުއާން
  2. نواقض الإسلام
  3. القواعد الأربع
  4. ثلاثة الأصول
  5. الأربعون النووية
  6. تحفة الأطفال
  7. البيقونية
  8. شروط الصلاة
  9. أبو الفتح البستي ގެ عنوان الحكم
  10. الآجرومية
  11. كتاب التوحيد
  12. الواسطية
  13. الطحاوية
  14. الرحبية
  15. الورقات
  16. أبو إسحاق الإلبيري ގެ ޅެން ބައިތުތައް
  17. نخبة الفكر
  18. عمدة الأحكام
  19. بلوغ المرام
  20. زاد المستقنع
  21. ابن مالك ގެ ألفية

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1] ފިޤުހީ އެކި މަޛްހަބުތަކުގައި ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެކި ފޮތްތަކުގެ މައްޗަށެވެ. މިލިޔުމުގައި މުއައްލިފު ގެންނަވާފައި މިވަނީ ޙަންބަލީ މަޛްހަބުގެ ފިޤުހުގެ މައްޗަށް ލިޔުއްވާފައިވާ މަތަނެކެވެ. ( އިތުރު ތަފްޞީލު )