[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނުގެ ބައެއް އާޔަތްތައް ކިޔެވުން ނަސްޚުކުރެއްވުން – 2

2. ((لَا تَرْغَبُوا عَنْ آبَائِكُمْ، فَإِنَّهُ كُفْرٌ بِكُمْ أَنْ تَرْغَبُوا عَنْ آبَائِكُمْ)) [މާނައީ: “ތިޔަބައިމީހުންގެ ބަފައިން ފިޔަވާ އެހެން މީހަކަށް ނިސްބަތް ނުވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ބަފައިން ފިޔަވާ އެހެން މީހަކަށް ނިސްބަތްވުމަކީ ކުފުރެކެވެ. ނުވަތަ ތިޔަބައިމީހުންގެ ބަފައިން ފިޔަވާ އެހެން މީހަކަށް ނިސްބަތްވުމަކީ ތިޔަބައިމީހުން ކިބައިގައިވާ ކުފުރެކެވެ.”] މިއާޔަތް ކިޔެވުން ނަސްޚުވުން.

ދަލީލަކީ ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ ބަސްފުޅެވެ. އެއީ އިސްވެ ބަޔާންކުރެވުނު ޙަދީޘްގެ ބައެކެވެ.

“ثُمَّ إِنَّا كُنَّا نَقْرَأُ فِيمَا نَقْرَأُ مِنْ كِتَابِ اللَّهِ: أَنْ لاَ تَرْغَبُوا عَنْ آبَائِكُمْ، فَإِنَّهُ كُفْرٌ بِكُمْ أَنْ تَرْغَبُوا عَنْ آبَائِكُمْ، أَوْ إِنَّ كُفْرًا بِكُمْ أَنْ تَرْغَبُوا عَنْ آبَائِكُمْ”

[رواه البخاري / كتاب: الحدود / باب: رجم الحبلى من الزنا إذا أحصنت / رقم: 6830]

މާނައީ: “ދެން، ﷲގެ ފޮތުން ތިމަންބޭކަލުން ކިޔެވީމެވެ. لاَ تَرْغَبُوا عَنْ آبَائِكُمْ، فَإِنَّهُ كُفْرٌ بِكُمْ أَنْ تَرْغَبُوا عَنْ آبَائِكُمْ، أَوْ إِنَّ كُفْرًا بِكُمْ أَنْ تَرْغَبُوا عَنْ آبَائِكُمْ [މާނައީ: “ތިޔަބައިމީހުންގެ ބަފައިން ފިޔަވާ އެހެން މީހަކަށް ނިސްބަތް ނުވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ބަފައިން ފިޔަވާ އެހެން މީހަކަށް ނިސްބަތްވުމަކީ ކުފުރެކެވެ. ނުވަތަ ތިޔަބައިމީހުންގެ ބަފައިން ފިޔަވާ އެހެން މީހަކަށް ނިސްބަތްވުމަކީ ތިޔަބައިމީހުން ކިބައިގައިވާ ކުފުރެކެވެ.”]” 

އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.

“ޢުމަރުގެފާނުގެ ވިދާޅުވި ‘ދެން، ﷲގެ ފޮތުން ތިމަންބޭކަލުން ކިޔެވީމޭ’ މިބަސްފުޅުގެ މުރާދަކީ އެއާޔަތް ކިޔެވުން ނަސްޚުކުރައްވާފައިވުމެވެ. އަދި ‘ތިޔަބައިމީހުންގެ ބަފައިން ފިޔަވާ އެހެން މީހަކަށް ނިސްބަތް ނުވާށެވެ.’ ގެ މުރާދަކީ އެމީހުން ނޫން އެހެން މީހުންނަށް ނިސްބަތް ނުކުރުމެވެ.”

[فتح الباري 12/149]

3. ((أَلاَ بَلِّغُوا عَنَّا قَوْمَنَا، بِأَنَّا قَدْ لَقِيَنَا رَبَّنَا، فَرَضِيَ عَنَّا وَأَرْضَانَا)) [މާނައީ: “އަހަރެމެންގެ ޤައުމުގެ މީހުންނަށް ފޯރުކޮށްދެއްވާ ހުށިކަމެވެ. ހަމަކަށަވަރުން އަހަރެމެންގެ ރައްބާ އަހަރެމެންނާ ބައްދަލުވެެއްޖެއެވެ. އަދި އެއިލާހުވަނީ އަހަރެމެންނާ ރުހިވޮޑިގެންނެވެ. އަދި އަހަރެމެންވެސް މިވަނީ އެއިލާހާ މެދު ރުހިގެންނެވެ.”] މިއާޔަތް ކިޔެވުން ނަސްޚުވުން.

ދަލީލަކީ އަނަސް رضى الله عنه ގެ އަރިހުން ޤަތާދާ ރިވާކުރައްވާފައިވާ ބަސްފުޅެވެ.

“أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَتَاهُ رِعْلٌ، وَذَكْوَانُ، وَعُصَيَّةُ، وَبَنُو لَحْيَانَ، فَزَعَمُوا أَنَّهُمْ قَدْ أَسْلَمُوا، وَاسْتَمَدُّوهُ عَلَى قَوْمِهِمْ، فَأَمَدَّهُمُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِسَبْعِينَ مِنَ الأَنْصَارِ، قَالَ أَنَسٌ: كُنَّا نُسَمِّيهِمُ القُرَّاءَ، يَحْطِبُونَ بِالنَّهَارِ وَيُصَلُّونَ بِاللَّيْلِ، فَانْطَلَقُوا بِهِمْ، حَتَّى بَلَغُوا بِئْرَ مَعُونَةَ، غَدَرُوا بِهِمْ وَقَتَلُوهُمْ، فَقَنَتَ شَهْرًا يَدْعُو عَلَى رِعْلٍ، وَذَكْوَانَ، وَبَنِي لَحْيَانَ.

قَالَ قَتَادَةُ: وَحَدَّثَنَا أَنَسٌ: “أَنَّهُمْ قَرَءُوا بِهِمْ قُرْآنًا: أَلاَ بَلِّغُوا عَنَّا قَوْمَنَا، بِأَنَّا قَدْ لَقِيَنَا رَبَّنَا، فَرَضِيَ عَنَّا وَأَرْضَانَا، ثُمَّ رُفِعَ ذَلِكَ بَعْدُ”

[رواه البخاري / كتاب: الجهاد والسير / باب: العون بالمدد / رقم: 3064]

މާނައީ: “ރިޢުލާއި، ޛަކްވާނާއި، ޢުޞައްޔަތާއި، ބަނޫ ލަޙްޔާނުގެ މީހުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައެވެ. ފަހެ، އެބައިމީހުން އެއައީ އިސްލާމްވެގެންކަމުގައި ބުންޏެވެ. އަދި އެބައިމީހުންގެ ޤައުމުގެ މީހުންނަށް މަދަދުވެރިވުމަށް ބަޔަކު ފޮނުއްވައިދެއްވުމަށް އެކަލޭގެފާނުގެ އަރިހުގައި އެދުުނެވެ. ފަހެ، އެބައިމީހުންނަށް މަދަދުވެރިވުމުގެ ގޮތުން ނަބިއްޔާ صلى الله عليه وسلم، އަންޞާރުންގެ ތެރެއިން ހަތްދިހަ ބޭކަލުން ފޮނުއްވިއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން އެބޭކަލުންނަށްް القُرَّاء އޭ (ޤުރުއާނުގެ ޢިލްމުގައި އަރާތިއްބެވި ބޭކަލުންނޭ) ކިޔަމެވެ. އެބޭކަލުން ދުވާލު ދަރު އެއްކުރެއްވިއެވެ. އަދި ރޭގަނޑު ނަމާދުކުރައްވައެވެ. ފަހެ، ބިއުރު މަޢޫނާއާ ހަމައަށް ވަޑައިގެންނެވެންދެން އެބައިމީހުންނާއެކު އެބޭކަލުން ދަތުރުކުރެއްވިއެވެ. އެތަނުގައި އެބޭކަލުންނަށް ޚިޔާނާތްތެރިވެ، އެބޭކަލުން ޤަތުލުކުރިއެވެ. ފަހެ، މަހެއް ވަންދެން ރިޢުލާއި، ޛަކްވާނާއި، ބަނޫ ލަޙްޔާނުގެ މައްޗަށް އެކަލޭގެފާނު ބަދުދުޢާ ކުރެއްވިއެވެ.”

ޤަތާދާ ވިދާޅުވިއެވެ. އަދި އަނަސްގެފާނު ތިމަންމެންނަށް ކިޔައިދެއްވިއެވެ. “އެބޭކަލުން ޤުރުއާނުން ކިޔަވައި ވިދާޅުވިއެވެ. ((أَلاَ بَلِّغُوا عَنَّا قَوْمَنَا، بِأَنَّا قَدْ لَقِيَنَا رَبَّنَا، فَرَضِيَ عَنَّا وَأَرْضَانَا)) [މާނައީ: “އަހަރެމެންގެ ޤައުމުގެ މީހުންނަށް ފޯރުކޮށްދެއްވާ ހުށިކަމެވެ. ހަމަކަށަވަރުން އަހަރެމެންގެ ރައްބާ އަހަރެމެންނާ ބައްދަލުވެެއްޖެއެވެ. އަދި އެއިލާހުވަނީ އަހަރެމެންނާ ރުހިވޮޑިގެންނެވެ. އަދި އަހަރެމެންވެސް މިވަނީ އެއިލާހާ މެދު ރުހިގެންނެވެ.”] ދެން، ފަހުން އެއާޔަތް އުފުއްލެވުނެވެ.” 

– ނުނިމޭ –

_____________________________________

މަޞްދަރު

 

މިލިޔުމުގެ އެހެން ބައިތައް