[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 9

  • އަދި މާތް ﷲ އެބަޔަކަށް ރަޙްމަތް ލެއްވި އިމާމުވެރި ބޮޑެތި ފިޤުހީ ދަންނަބޭކަލުންގެ މަޛްހަބުތައް ފާޅުވެ ފެތުރި އޭގެ ސަބަބުން މީސްތަކުންނަށް ފައިދާތައް ވަމުން އައި ދުވަސްވަރު މަޑުމަޑުން ފާޅުވެ އިސްލާމީ މުޖުތަމަޢުތަކުގައި މޫލާން ފެށި މަޛްހަބީ ކަނު ތަޢައްޞުބުގެ ނުރައްކާތެރި ފިކުރުގެ ސަބަބުން އިސްލާމްދީނަކީ ހަމައެކަނި ތިމާ އުޅޭ މަޛްހަބު ކަމުގައި ދެކި، ޤުރްއާނާއި ސުންނަތުން ޘާބިތުވާ ޙަދީޘްތައް ރައްދުކޮށް ، އެހެން ފިޤުހީ މަޛްހަބުތަކުގެ އަހުލުވެރިންނަށް ކުޑައިމީސްކޮށް ޒުވާބު އުފެދި އިޚްތިލާފު މުޢުތަބަރު މައްސަލަތަކުގައި ވެސް އަރާރުންވެ ، ތިމާގެ މަޛްހަބަށް އަނެކުން އުޅެން މަޖުބޫރުކޮށް ، ދީނީ މައްސަލަތަކުގައި އޮންނަ އިޖްތިހާދު ދޮރުވެސް ބަންދުކުރާ ހިސާބަށް ހަރުކަށިކަން ފަހަނައަޅައިގެން ދިޔައެވެ. އެހިނދު ފިޤުހު ޢިލްމުވެރިންގެ އެންމެ ބޮޑެތި މުޖްތަހިދުންނާއި އިޞްލާޙުގެ އަހުލުވެރިންނާއި އުންމަތުގެ މުޖައްދިދުންނާއި ސުންނަތުގެ އަހުލުވެރިންނާއި ސަލަފުއްޞާލިޙުންގެ މަގުގައި ދެންވެސް ޘާބިތުވެ ތިއްބެވި ބޭކަލުން ނިކުމެވަޑައިގެން މީސްތަކުގެ މެދުގައި ދީނުގެ އުޞޫލުތައް އަލުން ކޮޅަށް ޖައްސަވައި އުންމަތް ސަލާމަތް ކުރެއްވިއެވެ.

  • އަދި ހަމަ އެފަދައިން ، ދީނުގެ ޙުކުމްތަކުގެ ސަބަބުތަކާއި އޭގެ މަޤާޞިދުތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއް ނެތް ފަދައިން އެބައެއްގެ އުޞޫލުތައް ކަނޑައެޅި ޡާހިރީ (ظاهري) މަޛްހަބު ފާޅުވުމުން ވެސް އޭގެ ހުރި ގޯސްތައް ބަޔާންކޮށްދެއްވުމަށްޓަކައި ޤުރްއާނާއި ސުންނަތާއި ޚަލީފާއިންގެ ޢަމަލުފުޅުން އޭރު ތިއްބެވި ބޮޑެތިބޮޑެތި ޢިލްމުވެރިން ތެދުވެވަޑައިގެން އިސްލާމް ދީނުގެ ޙުކުމްތައް ނެރުމުގެ އެއް މަޞްދަރު ކަމުގައިވާ ޤިޔާސް އާއި ޝަރީޢަތުގެ މަޤްޞަދުތަކާއި މުރާޢާތުލް މަޞާލިޙް ވަލްމަފާސިދު ފަދަ ދީނުގެ ފިޤުހީ އުޞޫލުތައް އޮލަނބަށް ޘާބިތު ކުރެއްވިއެވެ.

===ނުނިމޭ===