[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނުގެ ބައެއް އާޔަތްތައް ކިޔެވުން ނަސްޚުކުރެއްވުން – 4

  1. އަދި އޭގެ އިތުރުން އެކިއެކި އާޔަތްތައް

 

އަލްޙާފިޡު އިބްނު ޙަޖަރު رحمه الله  ވިދާޅުވިއެވެ.

“ޤުރުއާނުން ބާވައިލެއްވުނު ބައެއް އާޔަތްތައް، އޭގެ ޙުކުމް ދެމި އޮތުމާއެކު އަދި ޙުކުމާއެކުވެސް، ކިޔެވުން ނަސްޚުވިކަން ގިނަ ޢަަދަދެއްގެ ޞަޙާބީންގެ އަރިހުން ޘާބިތުވެފައިވެއެވެ. މިޘާލަކަށް: … އުބައްޔު ބުން ކަޢުބު ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ.

((كَانَتِ الْأَحْزَابُ قَدْرَ الْبَقَرَةِ))

މާނައީ: “އަޙްޒާބު ސޫރަތް ބަޤަރާ ސޫރަތާ އެއްވަރުވެގެންވިއެވެ.”

އަދި ޙުޛައިފާގެ ޙަދީޘްގައިވެެއެވެ.

((مَا يقرؤون رُبْعَهَا))

މާނައީ: “އެއިން ހަތަރު ބައިކުޅަ އެއްބައި ނުކިޔަވައެވެ.” އެބަހީ: ބަރާއަތު ސޫރަތެވެ. (ތައުބާ ސޫރަތެވެ.)

މިހުރިހާ ޙަދީޘްތަކަކީވެސް ޞައްޙަ ޙަދީޘެވެ.

އިބްނު އައްޟުރައިސް އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

((أَنَّهُ كَانَ يَكْرَهُ أَنْ يَقُولَ الرَّجُلُ قَرَأْتُ الْقُرْآنَ كُلَّهُ وَيَقُولُ إِنَّ مِنْهُ قُرْآنًا قَدْ رُفِعَ))

މާނައީ: “މީހަކު ތިމަން ޤުރުއާން އެއްކޮން ކިޔަވައިފީމޭ ބުނުމަށް ހަމަކަވަރުން އެކަލޭގެފާނު ރުހިވަޑައި ނުގަންނަވައެވެ. އަދި ވިދާޅުވެއެވެ. ހަމަކަށަވަރުން ޤުރުއާނުން ބައެއް އުފުއްލެވުނެވެ.”

މިއިން އެއްވެސް ކަމެއް މިބާބުގައިވާ ޙަދީޘްތަކާ ތަޢާރުޟު ނުވެއެވެ. އެހެނީ ހަމަކަށަވަރުން ކިޔެވުން ނަސްޚުވި އެންމެހާ އާޔަތްތައް ނަސްޚުވީ ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައެވެ.”

[فتح الباري 9/65]

 

– ނުނިމޭ –

މަޞްދަރު

މިލިޔުމުގެ އެހެން ބައިތައް