[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްނު ޚުޒައިމާ رحمه الله 1

ނަމާއި ނަސަބު:

އެކަލޭގެފާނުގެ ފުރިހަމަ ނަމަކީ: محمد بن إسحاق بن خزيمة بن المغيرة بن صالح بن بكر، السُّلمي النيسابوري އެވެ. މަޝްހޫރުވެފައިވަނީ އިބްނު ޚުޒައިމާގެ ނަމުންނެވެ. ލަޤަބަކީ އިމާމުލް އައިއްމާއެވެ. އެއީ އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް ދެއްވި ލަޤަބެކެވެ. [1] އެކަލޭގެފާނުގެ ކުންޔާއަކީ އަބޫބަކުރެވެ. [2]

އެކަލޭގެފާނުގެ ނަމުގައިވާ السُّلمي އިން ނިސްބަތްވެވަޑައިގަންނަވަނީ سُلَيْم އަށެވެ. އެއީ ޢަރަބީންގެ މަޝްހޫރު ޤަބީލާއެކެވެ. [3]

އެކަލޭގެފާނުގެ ނަމުގައިވާ النيسابوري އިން ނިސްބަތްވެވަޑައިގަންނަވަނީ نَيْسَابُورއަށެވެ. ޢާންމުންގެ މީހުން އެތަނަށް نشاوو ވެސް ކިޔާ އުޅެއެވެ. އެއީ ޚުރާސާނުގެ ރަށެކެވެ. [4]

އެކަލޭގެފާނާ ބެހޭ ގޮތުން އައްޛަހަބީ ވިދާޅުވިއެވެ.

“އެކަލޭގެފާނަކީ އަލްޙާފިޡުއެވެ. ފިޤުހުވެރި ބޭކަލެކެވެ. ޙުއްޖަތެކެވެ. ޝައިޚުލް އިސްލާމާއި އިމާމުލް އައިއްމާގެ ލަޤަބު އެކަލޭގެފާނަށް އެރުވިގެންވެއެވެ. އެކަލޭގެފާނަކީ އަބޫބަކުރު އައްސުލަމީ އައްނައިސާބޫރީއެވެ. ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިއެވެ. އެތައް ފޮތެއް ލިޔުއްވި ބޭކަލެކެވެ.” [5]

= ނުނިމޭ =

______________________________________

[1] انظر: الإكمال لابن ماكولا (3/243).

[2] انظر: الثقات لابن حبان (9/156) والسير للذهبي (14/365) والوافي بالوفيات الصفدي (2/138) وطبقات الشافعية الكبرى للسبكبي (3/109).

[3] انظر: الأنساب للسمعاني بتحقيق المعلمي (7/181).

[4] انظر: معجم البلدان لياقوت الحموي (2/350)(5/331).

[5] السير للذهبي (14/365).

 

މިލިޔުމުގެ އެހެންބައިތައް