ފޮތްތައް:
އެކަލޭގެފާނުވަނީ ސަތޭކަ ސާޅީހަށް ވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. އެކަމުން ދަލީލުކޮށްދެނީ ޢިލްމުގައި އެކަލޭގެފާނުގެ ފުންނާބު އުސްކަމާއި އެފެތުރުމަށް އެކަލޭގެފާނު ދެއްވި އަހަންމިއްޔަތެވެ.
އަލްޙާކިމު رحمه الله ވިދާޅުވިއެވެ.
“ސަތޭކަ ސާޅީހަށް ވުރެ ގިނަ ފޮތް އެކަލޭގެފާނު ލިޔުއްވިއެވެ. އެއީ ވަކިވަކި މައްސަލަތަކުގައި އެކަލޭގެފާނު ލިޔުއްވި ފޮތްތައް ފިޔަވައެވެ. ވަކި މައްސަލަތަކުގައި އެކަލޭގެފާނުވަނީ ސަތޭކައަށް ވުރެ ގިނަ ޖުޒުއު ލިޔުއްވާފައެވެ. އެގޮތުން އެކަލޭގެފާނުވަނީ ޙަދީޘް ބަރީރާގެ ފިޤުހުގެ މައްޗަށް ތިން ޖުޒުއު ލިޔުއްވާފައެވެ. އަދި ޙައްޖާ ބެހޭގޮތުން ފަސް ޖުޒުއު ލިޔުއްވާފައެވެ.” [1]
އެކަލޭގެފާނު އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި التوحيد وإثبات صفة الرب އާއި مختصر المختصر ހިމެނެއެވެ. މިފޮތުގެ މަޝްހޫރު ނަމަކީ صحيح ابن خزيمة އެވެ. [2] އޭގެ އިތުރަށް އިބްނު ޚުޒައިމާވަނީ الكبير ކިޔާ ފޮތެއްވެސް ލިޔުއްވާފައެވެ. އެކަލޭގެފާނުގެ ޞަޙީޙުގެ އެކި ބާބުތަކުގައި އެފޮތަށް ހަވާލާ ދެއްވާފައިވެއެވެ. [3]
= ނުނިމޭ =
_________________________________
[1] معرفة علوم الحديث للحاكم (ص: 83).
[2] انظر: معجم المفهرس لابن حجر (ص: 42، 52).
[3] صحيح ابن خزيمة (1/231) (1/307).