[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة النور

ސޫރަތުގައި ވަށަރަނގު އެޅިފައިވާ މައުޟޫޢު:

 

ޢިއްފަތްތެރިކަމާއި ނިވާވެ، ފޮރުވުން

 

ސޫރަތުގެ މުހިއްމު ނުކުތާތައް

 

  1. ޒިނޭއާއި ޢިއްފަތްތެރި އަންހެނުންގެ މައްޗަށް ގަޛުފުކުރުމާއި މިކަންކަމުގެ ނޭއްގާނީކަން ބަޔާންކުރެވިފައި ވެއެވެ. މިކަންކަމަކީ މުޖުތަމަޢަށް ހުރި ބޮޑު ނުރައްކަލެއް ކަން ބަޔާން ކުރައްވާފައިވެއެވެ.
  2. އިފުކުގެ ޙާދިސާގައި ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ ބޮލުގައި އެޅުވިފައިވަނީ އެއްވެސް އަސްލެއް ނެތް ދޮގު އިލްޒާމުތަކެއްކަން ބަޔާންކޮށް ދެއްވާފައިވެއެވެ.
  3. ފާޙިޝްކަންކަމުން މުޖުތަމަޢު ސަލާމަތް ކުރެވޭނެ މަގުތައް ބަޔާން ކުރައްވާފައިވެއެވެ.
  • ފާޙިޝް ޢަމަލުތަކާއި ފާޙިޝް ކަންކަމުގެ ޚަބަރުތަކާއި ވާހަކަތައް ފެތުރުމުގެ ނުބައިކަން ބަޔާންކޮށް ތަޙްޛީރު ކުރައްވާފައިވެއެވެ. (19 ވަނަ އާޔަތް)
  • މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންގެ ބެލުން ތިރިކުރުމަށް އަމުރު ކުރައްވާފައިވެއެވެ. (30 ވަނަ އާޔަތާއި 31 ވަނަ އާޔަތް)
  • މަޙުރަމުންނަށް ނޫނީ އަންހެނުންގެ ޒީނަތްތެރިކަން ފާޅުކުރުން ނަހީކުރައްވާފައިވެއެވެ. (31 ވަނަ އާޔަތް)
  • ޒުވާން އަންހެނުންނާއި ޒުވާން ފިރިހެނުންނަށް ކައިވެނި ކުރުމަށް ބާރު އަޅުއްވާފައިވެއެވެ އެއީ ފަޤީރުންކަމުގައި ވީނަމަވެސްމެއެވެ. (32 ވަނަ އާޔަތް)
  • ގޭގެއަށް ވަނުމުގެ ކުރިން ހުއްދަ ހޯދުމުގެ އަދަބުތައް ބަޔާން ކުރެވިފައިވެއެވެ. (58 ވަނަ އާޔަތުން 59 ވަނަ އާޔަތަށް)
  • ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަވުމުގެ ނުބައިކަން ބަޔާންކުރެވި ތަޙްޛީރު ކުރައްވާފައިވެއެވެ. (21 ވަނަ އާޔަތް)
  1. މުޖުތަމަޢު އިސްލާޙްވުން ފެށެނީ ﷲ ތަޢާލާގެ ގެކޮޅުތަކުންނެވެ. (އެ ގެކޮޅުގައި ކުރެވޭ އަޅުކަންތަކުންނެވެ.) އެންމެ މައި އަޅުކަމަކީ ނަމާދެވެ. (36 ވަނަ އާޔަތުން ފެށިގެން 37 ވަނަ އާޔަތަށް)
  2. މެހެމާނުންނަށް ކަމޭހިތުމުގެ އަދަބުތައް ބަޔާން ކުރައްވާފައިވެއެވެ. (61ވަނަ އާޔަތް)
  3. ބާރުވެރިކަން ލިބުމުގެ ސަބަބުތައް ބަޔާން ކުރައްވާފައިވެއެވެ. (55 ވަނަ އާޔަތުން 56 ވަނަ އާޔަތަށް)

މިސޫރަތުން ލިބިދޭ ބައެއް ޢިބުރަތްތައް

  1. ( ٱللَّهُ نُورُ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةࣲ فِیهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِی زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبࣱ دُرِّیࣱّ یُوقَدُ مِن شَجَرَةࣲ مُّبَـٰرَكَةࣲ زَیۡتُونَةࣲ لَّا شَرۡقِیَّةࣲ وَلَا غَرۡبِیَّةࣲ یَكَادُ زَیۡتُهَا یُضِیۤءُ وَلَوۡ لَمۡ تَمۡسَسۡهُ نَارࣱۚ نُّورٌ عَلَىٰ نُورࣲۚ یَهۡدِی ٱللَّهُ لِنُورِهِۦ مَن یَشَاۤءُۚ وَیَضۡرِبُ ٱللَّهُ ٱلۡأَمۡثَـٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمࣱ)

“اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެއިލާހުގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެއިލާހު އިރާދަކުރެއްވި މީހަކަށް، އެއިލާހުގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.”

މި އާޔަތް އައިސްފައިވަނީ ބެލުންތިރިކުރުމުގެ އާޔަތާއި ވިދިގެންނެވެ. މިކަމުން ދަލާލަތު ލިބެނީ ބެލުންތިރިކުރާމީހެއްގެ ހިތުގައި މާތް ﷲ ނޫރެއް ލައްވާ، އެމީހަކަށް ޢިލްމު ދެއްވާނެކަމެވެ. (ابن تيمية)

  1. މީސްތަކުންގެ އަބުރު ރައްކާތެރި ކުރެއްވުމަށްޓަކައި މާތްﷲ ހަތަރު ކަމެއް ވާޖިބު ކުރެއްވިއެވެ.

އެއީ:

  • ތިމާގެ މުސްލިމު އަޚާ އަދި އުޚުތާއާއި މެދު ހެޔޮކޮށް ހީކުރުން
  • (ހަތަރު ހެކިންގެ ހެކިބަސް ނެތް ނަމަ) ތިމާގެ މުސްލިމު އަޚާ އަދި އުޚުތާ ޒިނޭކުރިކަން ދޮގުކުރުން
  • ތިމާގެ މުސްލިމް އަޚާ އަދި އުޚުތާއާއި މެދު ވާހަކައެއް ދެކެވޭނަމަ، އެވާހަކައިގެ ތެދުކަން ބަޔާންކޮށްދޭ ހެކިގެނައުމަށް އެދުން
  • ތިމާގެ މުސްލިމް އަޚާ އަދި އުޚުތާއާއި މެދު ވާހަކައެއް ދެކެވޭނަމަ، އެޚަބަރުގެ ތެދުދޮގު ބެލުމަށްފަހުގައި ނޫނީ، އެކަމާއި މެދު ވަކި އެއްޗެކޭ ނުބުނަން ބާރު އެޅިފައިވެއެވެ.
  1. ފަރުޖުތައް ރައްކާތެރިވެވޭނީ ގުނަވަންތަކަށް ރައްކާތެރިވެގެންނެވެ. (މިގޮތުން ލޯ، ކަންފަތް، ދޫ، އަތް، ފައި، ބޯ، ކަނދުރާ، މޭމަތި) މިގުނަވަންތަކަށް ރައްކާތެރިވާންޖެހޭނެއެވެ.
  2. ޖަޒާލިބުން ވަނީ ކުޅަ ޢަމަލުގެ މައްޗަށް ބިނާވެފައެވެ. (22ވަނަ އާޔަތް)

__________________________

މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް