[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 3

ހިޖުރަކުރެއްވުން

 

އެހެން ޞަޙާބީ ބޭކަލުންނެކޭ އެއްފަދައިން، އެކަލޭގެފާނުވެސް ހިޖުރަކުރެއްވީ ސިއްރިއްޔާތުގައެވެ. އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ رضي الله عنهما، އެކަލޭގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“اتَّعَدْتُ، لَمَّا أَرَدْنَا الْهِجْرَةَ إلَى الْمَدِينَةِ، أَنَا وَعَيَّاشُ بْنُ أَبِي رَبِيعَةَ، وَهِشَامُ بْنُ الْعَاصِي بْنِ وَائِلٍ السَّهْمِيُّ التَّناضِبَ … وَقُلْنَا: أَيُّنَا لَمْ يُصْبِحْ عِنْدَهَا فَقَدْ حُبِسَ فَلْيَمْضِ صَاحِبَاهُ.

قَالَ: فَأَصْبَحْتُ أَنَا وَعَيَّاشُ بْنُ أَبِي رَبِيعَةَ عِنْدَ التَّنَاضُبِ، وَحُبِسَ عَنَّا هِشَامٌ”. [1]

މާނައީ: “މަދީނާއަށް ހިޖުރަކުރުމަށް ބޭނުންވިހިނދު، ތިމަންކަލޭގެފާނާއި ޢައްޔާޝް ބުން އަބީ ރަބީޢާއާއި ހިޝާމް ބުން އަލްޢާޞް ބުން ވާއިލު التَّناضِبَ ގައި ބައްދަލުވުމަށް ވައުދުވީމެވެ. އަދި ތިމަންމެން ބުނީމެވެ. ހެނދުނުވާއިރު އެތަނުގައި ނެތްނަމަ، ފަހެ އެމީހަކު ބަންދުވީކަމަށް ބަލާފައި އޭނާގެ ދެ އެކުވެރިން (ހިޖުރައައިގެން) ކުރިއަށް ދާށެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ، ހެނދުނު ތިމަންކަލޭގެފާނާއި ޢައްޔާޝް ބުން އަބީ ރަބީޢާ التَّناضِبَ ގައި ބައްދަލުކުރީމެވެ. އަދި ހިޝާމަށް، ތިމަންމެންގެ ގާތަށް ނާދެވުނެވެ.”

ފަހެ، އެބޭކަލުން التَّناضِبَ ގައި ބައްދަލުވުމަށް ވަޢުދުވުމުން، އެބޭކަލުން ހިޖުރަކުރެއްވީ ސިއްރިއްޔާތުގައިކަން ދޭހަވެއެވެ. އިބްނު ސަޢުދުގެ އަރިހުންވެސް މިއާ އެއްފަދަ ރިވާޔަތެއް އައިސްފައިވެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ.

“وَكُنَّا إِنَّمَا نَخْرُجُ سِرًّا”. [2]

މާނައީ: “ތިމަންމެން (ހިޖުރަކުރުމަށް) ނުކުތީ ސިއްރިއްޔާތުގައެވެ.”

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  ابن هشام، لسيرة النبويةن تحقيق مصطفى السقا وآخرين. وقد أشار إلى صحة هذه الرواية الهتمي في مجمع الزوائد، 6 / 61.

[2]  ابن سعد، طبقات ابن سعد، 3 / 271.