[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 8

އެކަލޭގެފާނު ކުރެއްވި ކަންކަން

 

ފުރަތަމައީ: ފަތަޙަައިގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދެވުން

އަބޫބަކުރު އައްޞިއްދީޤު رضي الله عنه ގެ ޚިލާފަތުގައި ޢިރާޤާއި ޝާމުކަރައިގެ ރަށްތައް ފަތަޙަކުރެއްވިކަމުގައި ވިޔަސް، އެތަންތަނުގައި މުސްލިމުންނަށް އިސްތިޤްރާރު ނުވެވެއެވެ. އެކަމުގެ ސަބަބަކީ އެއީ ޢަރަބި ޖަޒީރާއިން ބޭރުގެ ރަށްތައް ފަތަޙަކުރަން ފެށި ދުވަސްވަރަށް ވުމެވެ.

ޢުމަރު އަލްފާރޫޤު رضي الله عنه ގެ ޚިލާފަތް ވެގެންދިޔައީ އެތަންތަން ފަތަޙަކުރައްވައި ޘާބިތުކުރެއްވި ދުވަސްވަރަށެވެ. އެ ރަށްތައް ފަތަޙަކުރެއްވި އިރު، އެ ރަށްތަކުގައި މުސްލިމުން ތިބުމުން އެކަން އިތުރަށް ފަސޭހަވެގެން ދިޔައެވެ. އަދި އެ ރަށްތައް ފަތަޙަކުރެއްވުން ނިންމަވާ، މުސްލިމުންގެ ދަށުގައިވި އެހެން ރަށްތަކާ އެ ރަށްތައް ގުޅާލެއްވިއެވެ.

 

ހ. ޢިރާޤު ފަތަޙަކުރެއްވުން

އަބޫބަކުރުގެފާނުގެ އަމުރުފުޅަށް، ޚާލިދު ބުން ވަލީދު ޢިރާޤު ދޫކުރައްވައި ޝާމުކަރައަށް ވަޑައިގަންނަވަމުން މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ބެހެއްޓެވީ އަލްމުޘައްނާ ބުން ޙާރިޘަތުއް ޝައިބާނީއެވެ. މުސްލިމުންނާ ކުރިމަތިލުމަށް ފާރިސީން ތައްޔާރުވާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވުމުން، މުސްލިމުންނާއިގެން ސަހަރާ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ބޭނުންފުޅުވީ އެނބުރި މަދީނާއަށް ވަޑައިގެން އަބޫބަކުރުގެފާނަށް އެ ޚަބަރު ދެއްވައި މުސްލިމުންނަށް މަދަދު ހޯއްދެވުމަށެވެ. ނަމަވެސް އަބޫބަކުރުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި، މީސްތަކުން ތައްޔާރުކޮށް މުޘައްނާގެ ލަޝްކަރަށް މަދަދުވެރިވުމަށް ފޮނުއްވުމަށް ޢުމަރުގެފާނަށް ވަޞިއްޔަތްކުރެއްވިކަމުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. ދެން މުޘައްނާގެ އެނބުރި ޢިރާޤަށް ވަޑައިގެންނެވިއެވެ. އަދި އަބޫ ޢުބައިދު ބުން މަސްޢޫދު އައްޘަޤަފީއާ ބައްދަލުވިއެވެ. ޢުމަރުގެފާނު ޚަލީފާކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެކަލޭގެފާނު ޢިރާޤަށް ފޮނުއްވިއެވެ. އަދި އަބޫ ޢުބައިދާގެ ލަޝްކަރާ މުޘައްނާގެ ލަޝްކަރު އެއްކޮށްލެއްވުމަށް މުޘައްނާއަށް އަމުރުކުރައްވައި، ސިޓީފުޅެއް އަބޫ ޢުބައިދުގެ އަތްޕުޅުގައި ފޮނުއްވިއެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް