[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 10

ބުވައިބު ހަނގުރާމަ

 

ޖިސްރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ނާކާމިޔާބީގެ ބަދަލު ހިފަން އެބައިމީހުން ބޭނުންވިއެވެ. އެއީ ޢިރާޤުގައި އޮތް މުސްލިމުންގެ ލަޝްކަރަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައެވެ. އަދި ފާރިސީންނަށް އެ ހަނގުރާމައިގައި ލިބުނު ކާމިޔާބުގެ ސަބަބުން އެބައިމީހުންނަށް ލިބިފައިވި ޔަޤީންކަމާމެދު އެބައިމީހުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށްޓަކައިވެސް މެއެވެ.

އެހެން ކަމުން މުސްލިމުންގެ ލަޝްކަރައިގެން ވަޑައިގެން ކޫފާގެ ކައިރީގައިވާ “އަލްބުވައިބު” އޭ ކިޔުނު ތަނުގައި ފާރިސީންނާ ބައްދަލުކުރުމަށް މުޘައްނާ ބުން އަލްޙާރިޘާއަށް ޢުމަރުގެފާނު އެންގެވިއެވެ. ދެން ފަހެ، މުސްލިމުން އެބައިމީހުންނާ ކުރިމަތިލާ ހަނގުރާމަކޮށް، އެބައިމީހުންގެ ވެރިއަކަށް ހުރި މިހްރާން ޤަތުލުކޮށް ފާރިސީންގެ މައްޗަށް ނަޞްރު ހޯދިއެވެ. އަދި ފިލަން ދިޔަ މީހުންނާ މުޘައްނާ ކުރިމަތިލެއްވިއެވެ. މިހަނގުރާމައިގައި ނަޞްރު ލިބުމުން މުސްލިމުން އެކަމާ ވަރަށް އުފާކުރިއެވެ. މިހަނގުރާމަ ހިނގީ ޖިސްރު ހަނގުރާމައިގެ މަހެއްހާ ދުވަސް ފަހުންނެވެ.

ދެން މުޘައްނާ ވަޑައިގެންނެވީ “ޛީ ޤާރު” އޭ ކިޔާ ތަނަށެވެ. މިތަނުގައި ހުންނަވަނިކޮށް، ޖިސްރު ހަނގުރާމައިގައި އެކަލޭގެފާނުގެ ހަށިކޮޅުގައި ޒަހަމްވި ތަނެއް ވިހަވެ، އެކަމުގެ އާލާސްކަންފުޅުގައި އަވަހާރަވިއެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތްފުޅުން އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ!  [1]

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: الطبري، تاريخ الأمم والملوك، (2 / 369 – 376).