[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 14

ކޫފާއާއި ބަޞްރާ ބިނާކުރެއްވުން

 

މުސްލިމުން މަދާއިން ފަތަޙަކުރުމަށް ފަހު، އެތަނުގައި ޤާއިމުވިއެވެ. ނަމަވެސް އެތަނުގެ ވައި ނުސާފުވުމުގެ ސަބަބުން މުސްލިމުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން މުސްލިމުން ބަލިވާން ފެށުމުން ސަޢުދުގެފާނު އެކަމުގެ ޚަބަރު ދެއްވާ، ޢުމަރުގެފާނަށް ސިޓީއެއް ލިޔުއްވިއެވެ. އެސިޓީގައި އެކަލޭގެފާނު އެދިވަޑައިގެންނެވީ ފާރިސީންގެ ރަށްތަކުގެ ތެރެއަށް މުސްލިމުން ނުވަނުމަށެވެ. އަދި މުސްލިމުންނަށްޓަކައި ފެންގަނޑަކުން ސަހަރާއާ ވަކިވެފައި ނުވާ ރަށެއް ބިނާކުރުމަށެވެ. އެއީ ޢިރާޤުގައި ޤާއިމުކުރާ އިސްލާމީ ލަޝްކަރު އެތަނުގައި ތިބުމަށެވެ.

ފަހެ، މުސްލިމުން ޤާއިމުވެ ތިބުމަށް ރަނގަޅު، މުނާސަބު ރަށެއް ހޯދަން ދިއުމަށް ޙުޛައިފާ ބުނުލް ޔަމާނާއި ސަލްމާނުލް ފާރިސީއަށް ޞަޢުދުގެފާނު އެންގެވިއެވެ. އެ ދެ ބޭކަލުން އިޚްތިޔާރުކުރެއްވީ ކޫފާއެވެ. ދެން އެ ރަށް ބިނާކުރުމަށް ސަޢުދުގެފާނު އަމުރުކުރެއްވިއެވެ. އަދި ހިޖުރައިން ސަތާރަވަނަ އަހަރު މުސްލިމުން މަދާއިނުން ކޫފާއަށް ބަދަލުވިއެވެ.

ޢުތުބާ ބުން ޣަޒްވާންވަނީ ހިޖުރައިން ސާދަވަނަ އަހަރު އަލްއުބުއްލާ ސަރަހައްދުގައިވާ ބަޞްރާ ބިނާކޮށްފައެވެ. ފުރަތަމަ އެރަށް ބިނާކޮށްފައިވަނީ ދަނޑިންނެވެ. ދެން ހިޖުރައިން ސޯޅަވަނަ އަހަރު އަލިފާނުން ރައްކާތެރިކުރުމުގެ ގޮތުން ގަލުން އެރަށް އަލުން ބިނާކުރިއެވެ.

 ____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް