[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 12

ދެވަނަ ނުކުތާ

އިލްޙާދުގެ އުޞޫލުތަކާއި ބަރޯސާވާ ކަންތައްތަކާއި އިލްޙާދުގެ ފިކުރު އޭގެ މައްޗަށް ބިނާވެފައިވާ އަދި ދަޢުވަތުދޭ މަންހަޖު

 

ފުރަތަމަވެސް ދަންނަވާލަން އޮތީ އިލްޙާދުގެ ފިކުރުގައި ފުރިހަމަ ނަޒަރިއްޔާއެއް ނުވެއެވެ. އެހެންކަމުން އޭގައި ހިނގާ ކަންކަން ފެށިގެން ނިމެންދެން އެބައިމީހުންނަށް ބަޔާންނުކުރެވޭނެއެވެ. އަދި ހައިރާންވެ އޮޅުންއަރާފައި ތިބި މީސްތަކުންގެ ހުރިހާ ސުވާލަކަށް އެ ފިކުރުން ޖަވާބު ނުލިބޭނެއެވެ. އެހެންކަމުން މުލްޙިދުން އެހެން މީހުންނަށް ހުށަހަޅައިދެނީ ހީތަކަކާއި ލަފާކުރެވޭ (assumption) ތަކެކެވެ. އޭގެ ސަބަބުން ބުއްދިއަކަށް އަދި ފެން ބޮވައިގަނެފައިވާ މީހަކަށް ރާޙަތެއް ނުވެއެވެ.

އެގޮތުން މުލްޙިދުންވަނީ އެތަން މިތަނުން ޢިލްމީ ނަޒަރިއްޔާތުތަކާއި ފަލްސަފާތައް އެއްކޮށްފައެވެ. އެގޮތުން މިހުރިހާ އެއްޗެއް އެއްކޮށްގެން އެބައިމީހުން ނެރުނު މަންހަޖަކީ ޤަބޫލުކުރެވޭ ވަރުގެ އެއްޗެއް ނޫނެވެ. އެބައިމީހުންގެ ކަންތައްތައް ދިރާސާކުރުމުން އެނގިގެން ދިޔައީ އެބައިމީހުން ބަރޯސާވެފައިވަނީ ދެ އަޞްލެއްގެ މައްޗަށެވެ.

ފުރަތަމައީ: ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ޢިލްމީ ނަޒަރިއްޔާތުތަކެއް

ދެވަނައީ: ފަލްސަފާގެ މައްޗަށް ބިނާކޮށްފައިވާ ފިކުރީ ނަޒަރިއްޔާތުތަކެއް

އިލްޙާދަކީ ކޮބައިކަން ރަނގަޅަށް ދެނެގަންނަން މިދެކަންތައް ރަނގަޅަށް އެނގެން ޖެހެއެވެ.

 

= ނުނިމޭ =

 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް