[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 17

ށ- ޝާމުކަރަ ފަތަޙަކުރެއްވުން

ޢިރާޤުގެ ރަށްތައް ފަތަޙަކުރަމުން ދިޔަ ދުވަސްވަރު މުސްލިމުންގެ ލަޝްކަރުތައްވަނީ ޝާމްކަރަ ފަތަޙަކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

 

ދިމިޝްޤު ފަތަޙަކުރެއްވުން

 

ޔަރްމޫކު ހަނގުރާމައަށް ފަހު، ރޫމީންގެ ލަޝްކަރު ޖަމާވީ ފިޙްލުގައެވެ. އަދި ރޫމީންގެ ރަސްގެފާނުގެ މަދަދު ދިމިޝްޤަށް ފޮނުވިއެވެ. ފުރަތަމަ ފަތަޙަކުރަންވީ ރަށަކާމެދު މަޝްވަރާކުރެއްވުމަށް އަބޫ ޢުބައިދާ رضي الله عنه ޢުރަމުގެފާނަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެކަލޭގެފާނު މަޝްވަރާދެއްވީ ފިޙްލުގައި ތިބި މީހުންނާ ކުރިމަތިލުމަށް މުސްލިމުންގެ ލަޝްކަރުން ބަޔަކު ފޮނުއްވުމަށެވެ. އަދި އެއަށްފަހު އަބޫ ޢުބައިދާގެފާނު މުސްލިމުންގެ ލަޝްކަރާއެކު ދިމިޝްޤަށް ވަޑައިގެންނެވުމަށެވެ. އެއީ އެބައިމީހުންގެ ކިއްލާއެވެ. އަދި އެމީހުންގެ ރަސްގެފާނުގެ ގަނޑުވަރުވެސް ހުރީ އެ ރަށުގައެވެ. ދެން، އަބޫ ޢުބައިދާގެފާނު އެ މަޝްވަރާއާ އެއްގޮތަށް ލަޝްކަރުން ބަޔަކު ފިޙްލަށް ފޮނުއްވުމަށް ފަހު، އެކަލޭގެފާނު ލަޝްކަރާއެކު ދިމިޝްޤަށް މިސްރާބު ޖެއްސެވިއެވެ. އެކަލޭގެފާނުގެ ކުރީގައި ހުންނެވީ ޚާލިދު ބުން އަލްވަލީދު رضي الله عنه އެވެ. ދިމިޝްޤަށް ވާޞިލުވެވުމުން އެ ރަށުގެ އެއްފަރާތުން އަބޫ ޢުބައިދާގެފާނު އަދި އަނެއް ފަރާތުން ޚާލިދުގެފާނު އެބައިމީހުން ވަށާލާ، ރަށް ޙިޞާރުކުރިއެވެ. އެ ގޮތުގައި 6 މަސް ދުވަސް ހޭދަކުރެއްވިއެވެ. ދެން ޚާލިދު ބުން އަލްވަލީދު އެބައިމީހުންނާ ކުރިމަތި ލައްވާ އެ ރަށުގެ އިރުމަތީ ފަރާތުގެ ދޮރު ފަތަޙަކުރެއްވިއެވެ. އަދި ޞުލްޙަވެރިކަމާއެކު އަބޫ ޢުބައިދާގެފާނު ބާބުލް ޖާބިޔާ ފަތަޙަކުރެއްވިއެވެ. އެއީ ހިޖުރީގޮތުން 14 ވަނަ އަހަރުގެ ކުރީކޮޅެވެ. [1]

ދިމިޝްޤު ފަތަޙަކުރެއްވުމަށް ފަހު، ޝުރަޙްބީލް ބުން ޙަސަނާގެ ޤިޔާދަތުގައި މުސްލިމުންގެ ލަޝްކަރު މިސްރާބުޖެހީ ފިޙްލަށެވެ. އޭރު އެތަނުގައި ތިބި ރޫމީންގެ ބާރު ދިޔައީ ކެނޑެމުންނެވެ. ދެން އެއަށްފަހު، ޞުލްޙަވެރިކަމާއެކު އަބޫ ޢުބައިދާގެފާނު ޙިމްޞާއި ޙަމާ ފަތަޙަކުރެއްވިއެވެ. އަދި އައްލާޛިޤިއްޔާގެ މީހުންނާ ކުރިމަތިލައްވާ އެ ރަށް ފަތަޙަކުރެއްވިއެވެ. ޞުލްޙަވެރިކަމާއެކު ޚާލިދު ބުން ވަލީދު ޙަލަބުގެ ކައިރީގައި އޮންނަ ޤިންނަސްރީން ފަތަޙަކުރެއްވިއެވެ. އެއާއެކު މުސްލިމުންގެ ވެރިކަން ސޫރިޔާއާއި ޢަރަބި ޖަޒީރާއާއި އުރުދުނަށް ފުޅާވެގެން ދިޔައެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  انظر: ابن كثير، البداية والنهاية، (7 / 19 – 23).